Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބޯކޯ ހަރާމްގެ ލީޑަރު މަރުވުން

ބޯކޯ ހަރާމްގެ ލީޑަރު އަމިއްލައަށް މަރުވެއްޖެކަމަށް އިދިކޮޅުން ބުނެފި

އިދިކޮޅު ހަނގުރާމަވެރި ގުރޫޕުން ބުނީ އޭނާ މަރުވީ އަމިއްލަ ބޮމެއް ގޮއްވާލައިގެން ކަމަށް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 7 ޖޫން 2021 | ހޯމަ 15:48
ބޯކޯ ހަރާމްގެ ލީޑަރު އަބޫބަކުރު ޝެކާއު، އޭނާ އަމިއްލައަށް  މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

ބޯކޯ ހަރާމްގެ ލީޑަރު އަބޫބަކުރު ޝެކާއު، އޭނާ އަމިއްލައަށް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

ނައިޖީރިއާގެ ޓެރަރިސްޓް ގުރޫޕެއްކަމަށްވާ ބޯކޯ ހަރާމްގެ ލީޑަރު, އަބޫބަކުރު ޝެކާއު މަރުވެއްޖެ ކަމަށް އެގައުމުގެ އިދިކޮޅު އަސްކަރިއްޔާގެ ގުރޫޕުން ހާމަކޮށްފިއެވެ.

އިދިކޮޅު ހަނގުރާމަވެރި ގުރޫޕުން އާންމުކޮށްފައިވާ އޯޑިއޯ ރިކޯޑިންއެއްގައި ބުނެފައިވަނީ އަބޫބަކުރު ޝެކާއު މަރުވެފައިވަނީ, މިދިޔަ މަހު އެގްރޫޕާއެކު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި، އޭނާ އަމިއްލަ ބޮމެއް ގޮއްވާލައިގެންކަމަށެވެ.

"ޝެކާއު އަމިއްލައަށް މަރުވީ، މިދުނިޔޭގައި ފަލީހަތްނުވެ، އާޚިރަތުގައި ފަލީހަތްވާން" އިދިކޮޅުގެ އޯޑިއޯގައި ބުނެފައިވެއެވެ.

މިދިޔަ 12 އަހަރު ދުވަހުގެ ތެރޭގައިވެސް، ޝެކާއު މަރުވެފައިވާކަމުގެ ޚަބަރުތައް އެކި ފަހަރު މަތިން ފެތުރިފައިވެއެވެ. އެކަމަކު މިފަހަރު ލިބިފައިވާ ޚަބަރު ތެދުކަން ދެ ފަރާތަކުން ޔަގީންކޮށްދީފައިވެއެވެ. އޭގެތެރެއިން އެކަކީ އައި.އެސް.ޑަބްލިއު.އޭ.ޕީ ގެ ލީޑަރު ކަމަށްވާ އަބޫ މުސާބު އަލް ބަރްނަވީ އެވެ. ނައިޖީރިއާގެ އިންޓެލިޖެންސް ރިޕޯރޓަކުންވެސް، އަދި ބޯކޯ ހަރާމްއާ ބެހޭ ގޮތުން ދިރާސާކުރާ ބަޔަކުވެސް ވަނީ، މި ޚަބަރު ތެދުކަމަށް ބުނެފައެވެ.

ޝެކާއުގެ މަރަކީ ގުރޫޕްތަކުގެ މެދުގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުން ހުއްޓުމަކަށް އަންނާނެފަދަ ކަމެއްކަމަށް، ސިޔާސީ ފާޑުކިޔުންތެރީން ބުނެފައިވެއެވެ. އަދި މީގެ ސަބަބުން އައި.އެސް.ޑަބްލިއު.އޭ.ޕީއާ، މިހާރު ބޯކޯ ހަރާމް ގްރޫޕްގައި ތިބި މީހުނާ ދެމެދު އޮތް ދެކޮޅުވެރިކަން ނައްތާލާ ނައިޖީރިއާގެ އިރުއުތުރު ސަރައްދުގެ ބާރު ގަދަކުރެވޭނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މީގެ ފަސް އަހަރު ކުރިން އައި.އެސް.ޑަބްލިއު.އޭ.ޕީ އަކީވެސް ބޯކޯ ހަރާމްގެ ބައެކެވެ. ނަމަވެސް ބޯކޯ ހަރާމް އިން އާންމު ރައްޔިތުން މަރާތީ އެކަމާއި ދެކޮޅުހެދުމަށްފަހު، އައި.އެސް.ޑަބްލިއު.އޭ.ޕީން ބޯކޯ ހަރާމްއާއި ވަނީ ވަކިވެފައެވެ.

ބޯކޯ ހަރާމްއިން 2014 ވަނަ އަހަރު ވަނީ ސްކޫލެއްގައި ކިޔަވަމުން ދިޔަ 270 އަށްވުރެ ގިނަ އަންހެންކުދިން ރަހީނުކޮށްފައެވެ. އެއަހަރު މި ޚަބަރުވަނީ އެކި ނޫސްތަކުގެ ފަލަސުރުޚީއަށް އަރާފައެވެ. ރަހީނުކުރި ކުދިން ދޫކުރުމަށްއެދި ވަނީ ބައިނަލްއަގްވާމީ ކެންޕޭނެއްވެސް ކޮށްފައެވެ. އެކަމަކު މިހާތަނަށް ވެސް އޭގެ ތެރެއިން 100 ކުދިން ފެނިފައެއް ނުވެއެވެ. ބައެއް ކުދިން ބަންދުކޮށްފައި ތިއްބާ މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޯކޯ ހަރާމް އިން ވަނީ މިހާތަނަށް 30,000 (ތިރީސްހާސް) އެއްހާ މީހުން މަރާފައެވެ. އަދި 2 މިލިއަން މީހުންނަށް އެމީހުންގެ ގެދޮރު ދޫކޮށް އެހެންތަނަކަށް ދިޔުމަށް މަޖުބޫރުކޮށްފައިވެއެވެ.

ނައިޖީރިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިރާގެ ލުކްމަން

އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިރާގެ ލުކްމަން

17 ޑިސެމްބަރު 2024
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި

05 އެޕްރީލު 2024
ރާއްޖޭގައިވެސް ވަރުގަދަ ޓެލެކޮމް ކުންފުނިތަކެއް...އެއްވެސް ބަޔަކަށް މިފަދަ ޚިދުމަތަކާ މެދު ވިސްނާލެވުނުބާ؟

ރާއްޖޭގައިވެސް ވަރުގަދަ ޓެލެކޮމް ކުންފުނިތަކެއް...އެއްވެސް ބަޔަކަށް މިފަދަ ޚިދުމަތަކާ މެދު ވިސްނާލެވުނުބާ؟

20 މާރިޗު 2024
ނައިޖީރިޔާގައި ހިނގަމުންދާ ދާޚިލާ ހަމަނުޖެހުންތައް އިތުރު ނުރައްކަލަކަށް، ހަތިޔާރު އެޅި ޖަމާޢަތަކުން ޙަމަލަދީ 160 މީހުން މަރައިލައިފި

ނައިޖީރިޔާގައި ހިނގަމުންދާ ދާޚިލާ ހަމަނުޖެހުންތައް އިތުރު ނުރައްކަލަކަށް، ހަތިޔާރު އެޅި ޖަމާޢަތަކުން ޙަމަލަދީ 160 މީހުން މަރައިލައިފި

28 ޑިސެމްބަރު 2023
ނައިޖީރިއާގެ ރިޔާސީ އިންތިޚާބު ބޮލާ ޓިނުބޫ ކާމިޔާބު ކުރައްވައިފި

ނައިޖީރިއާގެ ރިޔާސީ އިންތިޚާބު ބޮލާ ޓިނުބޫ ކާމިޔާބު ކުރައްވައިފި

01 މާރިޗު 2023

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު