Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫދާނުގެ ހަމަނުޖެހުން

ސޫދާނުގެ ހަމަނުޖެހުން: މަދަނީ ބަސްނޭހުމަކަށް އިދިކޮޅުން ގޮވާލައިފި

9 ޖޫން 2019 | އާދީއްތަ 05:57

އިދިކޮޅު ފަރާތްތަަކުންދަނީ މަދަނީ ސަރުކާރަކަށް ގޮވާލަމުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 9 ޖޫން 2019 | އާދީއްތަ 05:57
އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު ގެންދަވަނީ ދެ ފަރާތް މަޝްވަރާގެ މޭޒަށް ގެނެވޭތޯ މަސައްކަތްކުރައްވަމުން

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު ގެންދަވަނީ ދެ ފަރާތް މަޝްވަރާގެ މޭޒަށް ގެނެވޭތޯ މަސައްކަތްކުރައްވަމުން

ސޫދާނުގެ އަސްކަރިިއްޔާއިން އާއްމުންނާ ދެކޮޅަށް ހިންގި ލޭއޮހޮރުވުން ބޮޑު ހަރަކާތްތަކުގައި އެތައް ބަޔަކު މަރުވުމުން، އެ ގައުމުގައި މަދަނީ ބަސްނޭހުމަކަށް ދިއުމަށް ސޫދާނުގެ ޑިމޮކްރަސީއަށް ގޮވާލާ ހަރަކާތުގެ އިސްކޮށް އުޅޭ އަމްބްރެއްލާ ގްރޫޕުން ގޮވާލައިފިއެވެ.

އެ ޖަމާއަތުން ވަނީ އާދީއްތަ ދުވަހު އެ ހަރަކާތް ފަށައި މަދަނީ ސަރުކާރެއް ގާއިމްކުރެވެންދެން ކެމްޕެއިން ކުރިޔަށް ގެންދިއުމަށް ގޮވާލާފައެެވެ.

ނަމަވެސް މަދަނީ ބަސްނޭހުމުގެ ތެރެއިން ކުރިޔަށް ގެންދަނީ ކޮން ހަރަކާތްތަކެއް ކަމެއް ސާފެއް ނުވެއެވެ.

މި ގޮވާލުން އައިސްފައި މިވަނީ އަސްކަރިއްޔާ އާއި މުޒާހަރާ ކުރާ ފަރާތްތަކާ ދެމެދު ވާހަކަދެއްކުމުގައި އިދިކޮޅު ފަރާތްތައް ތަމްސީލުކުރާ ތިން މީހަކު ހައްޔަރު ކުުރުމާ އެކުއެވެ.

އެ މީހުން ވަނީީ ސުލްހައިގެ ވާހަކަތައް އަލުން ފަށައިގަނެވޭތޯ އިތިއޯޕިއާގެ ބޮޑުވަޒީރާ ބައްދަލުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދުއާ ބައްދަލުކުރިތާ ގިނަ އިރެއް ނުވެ އިދިކޮޅު ސިޔާސީ ލީޑަރެއް ކަމަށްވާ މުހައްމަދު އިސްމަތު ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް އޭނާގެ އަރިސް ފަރާތަކުން ވަނީ ބުނެފައެވެ. މީގެ އިތުރުން ރިބެލް އެސްޕީއެލްއެމް-އެން ގްރޫޕުގެ ލީޑަރ އިސްމާއީލް ޖަލަބް އާއި އޭނާގެ ތަރުޖަމާނު މުބާރަކް އާދިލް ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ހައްޔަރުކޮށްފައެވެ.

މުޒާހަރާގެ ލީޑަރުން ވަނީ އެ ގަައުމުގެ ވަގުތީ ސަރުކާރު، ޓްރާންސިޝަނަލް މިލިޓަރީ ކައުންސިލް (ޓީއެމްސީ) އިން ލޭ އޮހޮރުވުން ހިންގާފައިވާ ކަމަށް ބުނެ މަޝްވަރާއަށް ގޮވާލި ގޮވާލުމަށް ދެކޮޅު ހަދާފައެވެ.

ސޫދާނުގެ ދުވަސްވީ ލީޑަރު އުމަރު އަލްބަޝީރުގެ ވެރިކަން މުޒާހަރާތަކަކަށް ފަހު އޭޕްރީލް މަހު ވައްޓާލިފަހުން އެގައުމުގެ ކޮންޓްރޯލް އޮތީ ޓީއެމްސީގެ އަތުގައެވެ.

މަދަނީ ވެރިކަމަކަށް ބަދަލުކުރާނެކަމަށް އަސްކަރިއްޔާއިން ވައުދުވެފައި ވީނަމަވެސް،މިދިޔަ ހަފްތާގެ ހޯމަ ދުވަހު ސަލާމަތީ ބާރުތަކުން އެތަނުން ފައްސާލުމާ ހަމައަށް މުޒާހަރާކުރާ ފަރާތްތައް ތިބީ ވެރިރަށް ޚަރްތޫމްގައި ހުންނަ އަސްކަރިއްޔާގެ މައި މަރުކަޒުގެ ކުރިމަތީގައި އިށީނދެގެންނެވެ.

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2017

ކެތަލީނާ މިނިވަންކުރުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓުގައި ހަމަނުޖެހުން ހިނގާ 460 މީހުން ޒަޚަމް ވެއްޖެ

01 އޮކްޓޯބަރު 2017
ކެތަލީނާ މިނިވަންކުރުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓުގައި ހަމަނުޖެހުން ހިނގާ 460 މީހުން ޒަޚަމް ވެއްޖެ
26 ސެޕްޓެމްބަރު 2017

މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު މަޝްވަރާ ކުރުުމަށް ސެކިޔުރިޓީ ކައުންސިލް އެއްވަނީ

26 ސެޕްޓެމްބަރު 2017
މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު މަޝްވަރާ ކުރުުމަށް ސެކިޔުރިޓީ ކައުންސިލް އެއްވަނީ
17 އޯގަސްޓު 2017

ވެނެޒުއޭލާގެ ދެކުނުގެ ޖަލެއްގައި ހިންގި ހަމަނުޖެހުންތަކެއްގައި 37 މީހުން މަރުވެއްޖެ

17 އޯގަސްޓު 2017
ވެނެޒުއޭލާގެ ދެކުނުގެ ޖަލެއްގައި ހިންގި ހަމަނުޖެހުންތަކެއްގައި 37 މީހުން މަރުވެއްޖެ
28 ޖުލައި 2017

އަގްސާ މިސްކިތުގައި ހަމަނުޖެހުން ހިނގައި 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

28 ޖުލައި 2017
އަގްސާ މިސްކިތުގައި ހަމަނުޖެހުން ހިނގައި 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
06 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު ހަދާ މަޖިލީހަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފި

06 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު ހަދާ މަޖިލީހަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފި
27 މެއި 2017

ލީބިޔާގެ ޓްރިޕޮލީގައި ހިނގި ހަމަނުޖެހުންތަކުގައި 28 މީހުން މަރުވެއްޖެ

27 މެއި 2017
ލީބިޔާގެ ޓްރިޕޮލީގައި ހިނގި ހަމަނުޖެހުންތަކުގައި 28 މީހުން މަރުވެއްޖެ
18 މެއި 2017

ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި

18 މެއި 2017
ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި
10 އެޕްރީލު 2017

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

10 އެޕްރީލު 2017
ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
05 މާރިޗު 2017

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް