Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވީއޭއެމް ވޮލީ ސީޒަން ފެށުން

ބިދޭސީ ކުޅުންތެރިންނަށް ގެނައި ބަދަލާއެކު ޤައުމީ ޓީމަށް ފައިދާ ކުރާނެ: ސާޖިދު

ބިދޭސީ ކުޅުންތެރިންގެ ސަބަބުން ރާއްޖޭގެ ޤައުމީ ޓީމަށް ފައިދާ ކުރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މެއި 2022 | ހޯމަ 04:04
މުހައްމަދު ސާޖިދު (ކާއްޓޭ)

މުހައްމަދު ސާޖިދު (ކާއްޓޭ)

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން މިއަހަރު ބާއްވާ އެސޯސިއޭޝަން ކަޕްގައި ޓީމުތަކަށް މިފަހަރު ގެންނަ ބިދޭސީ ކުޅުންތެރިންގެ ސަބަބުން ރާއްޖޭގެ ޤައުމީ ޓީމަށް ފައިދާ ކުރާނެ ކަމަށް ވީއޭއެމްގެ ޓެކްނިކަލް އެންޑް ޑިވަލޮޕްމަންޓް ކޮމެޓީގެ ޗެއާމަން މުޙައްމަދު ސާޖިދު (ކާއްޓޭ) ވިދާޅުވެއްޖެއެވެ.

ވީއޭއެމުން މިއަހަރުގެ ވޮލީ ސީޒަން ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، އެ އެސޯސިއޭޝަނުން ބުނީ ޓީމުތަކަށް ދެމުން އައި ފައިސާގެ ބަދަލުގައި މި އަހަރު ދިނުމަށް ހަމަޖެހިފައިވަނީ ކުޅުންތެރިން ކަމަށެވެ. އަދި ޓީމުތަކަށް ކުޅުންތެރިން ދޭނީ އެ ޓީމަކުން ބޭނުންވާ މަޤާމަކަށް އެންމެ އެކަށީގެންވާ ކުޅުންތެރިޔާކަމަށް ވެސް ވީއޭއެމުން ބުނެއެވެ. އަދި ޕްރިލިމިނަރީ ރައުންޑްގައި ވާދަކުރާ ޓީމުތަކަށް ކުޅުންތެރިން ބޭނުންވާ މަޤާމުތައް ދެނެގަތުމަށްޓަކައި މިހާރު ޓީމުތަކުން ފޯމެއް ފުރާފައިވާ ކަމަށާއި، އެއާ އެއް ގޮތަށް އިންޑިއާއިން އެންމެ ހައި ލެވެލްގެ 18 ކުޅުންތެރިން ހިމެނޭ ޕޫލެއް މިހާރު އެކުލަވާލާފައިވާނެ ކަމަށް ވެސް ވީއޭއެމުން ބުނެއެވެ. އަދި އެ ކުޅުންތެރިންނަކީ އެ ޤައުމުގެ 600 ކުޅުންތެރިންގެ ތެރެއިން ހޮވާލެވުނު ކުޅުންތެރިންކަމަށާއި، މި ކުޅުންތެރިންނަކީ އެ ޤައުމުގެ ޤައުމީ ލީގުގައި ވެސް އެންމެ ރަނގަޅަށް ޕާފޯމެންސް ދައްކާފައިވާ ކުޅުންތެރިންކަމަށްވެސް ވީއޭއެމުން ބުނެއެވެ.

މި ކުޅުންތެރިން ޓީމުތަކަށް ބަހާނީ ޑްރާފްޓް ސިސްޓަމެެއްގެ ތެރެއިންނެއެވެ. އެއީ ގުރުއަތު ނެގިގެން ކުޅުންތެރިންގެ ތެރެއިން އެ ކުލަބަކުން ބޭނުންވާ ކުޅުންތެރިއެއް ނަގާ ގޮތަށެވެ. ވީއޭއެމުން ފާހަގަ ކުރި ގޮތުގައި މި ބަދަލާއެކު ކޯޗުންގެ މަސައްކަތް ވެސް އެހެން ހަރުފަތަކަށް ގެންދެވޭނެއެވެ.

ސާޖިދު ވިދާޅުވި ގޮތުގައި ވީއޭއެމުން މުބާރާތްތައް ރާވަންޖެހޭނީ އޭގެން ޤައުމީ ޓީމަށް އެންމެ ފައިދާ ކުރާނެ ގޮތަށް ކަމަށާއި، މުބާރާތަށް މިފަހަރު ގެނެވުނު ބަދަލާއެކު ޤައުމީ ޓީމަށް ފައިދާ ކުރާނެ ކަމަށެވެ. ސާޖިދު ވިދާޅުވީ މިފަހަރު ގެނައި ބަދަލާއެކު ޓީމުތަކަށް ދެ އެޓޭކަރުންގެ އިތުރުން ސެޓަރެއް ގެނައުމުގެ ފުރުސަތު އޮންނާނެ ކަަމަށެވެ. އަދި އެއީ ގިނަ ޓީމުތަކުން ބޭނުންވާ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސާޖިދު ވިދާޅުވީ މި ލެވެލްގެ ކުޅުންތެރިންނާއެކު ކުޅެން އާންމުކޮށް ފުރުސަތު ލިބެނީ މުބާރާތަކަށް ޓްރެއިނިން ހެދުމަށް ގައުމަށް ގޮސް ކުޅެވޭ ޕްރެކްޓިސް މެޗެއްގައި އެކަނިކަމަށެވެ. އެ ޕްރެކްޓިސް މެޗަކީ ކުޅުންތެރިންނަށް އެއްވެސް ޕްރެޝަރެއް ނޫން ކަމަށާއި، ކުލަބެއްގެ އެ ލެވެލްގެ ކުޅުންތެރިންނާއެކު މި ގޮތަށް ކުޅެލަން ލިބުމަކީ ޕްރެޝަރެއް ކަމަށެވެ. އޭގެ ސަބަބުން ތަޖުރިބާ ލިބިގެންދާނެ ކަމަށާއި، މޮޅެތި ކުޅުންތެރިންގެ ބްލޮކް ކުރުމާއި، އެޓޭކް ކުރުމާއި، ސާވިސް ކުރުން އަދި ޑިފެންސް ކުރަން ވެސް ލިބޭ ކަމަށް ސާޖިދު ވިދާޅުވިއެވެ.

މި ކުޅުންތެރިންނާއެކު ފަރިތަކުރުމަށް 13 ދުވަސް ލިބޭނެ ކަމަށް ސާޖިދު ވިދާޅުވިއެވެ. ސާޖިދު ވިދާޅުވީ އިންޓަނޭޝަނަލް ވޮލީގައި ކުޅެނީ ޕަވާ ވޮލީ ކަމަށާއި، އެންމެ ނޯމަލްކޮށް ވެސް ޖަމްޕް ސާވިސް އަންނާނީ ގާތް ގަނޑަކަށް 140 ކިލޯ މީޓަރުގައި ކަމަށާއި، އެ ބޯޅަ ރިސީވް ކުރަން މިހާރު ދިވެހި ކުޅުންތެރިންނަށް ނުލިބޭ ކަމަށެވެ. ނަމަވެސް، މި ލިބޭ 13 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް އެ ބޯޅަ ޕްރެކްޓިސް ކުރަން ލިބޭނެ ކަމަށް ސާޖިދު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ވޮލީއަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

26 އެޕްރީލު 2017
ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

23 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު

އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު

18 މާރިޗު 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު