Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫންގެ ނަންފުޅު ބޭނުންކުރުން

ރައީސް މައުމޫންގެ ނަންފުޅު ބޭނުންކޮށްގެން ތާއިދު ހޯދުމަށް މަސައްކަތް ކުރާތީ އެކަން އެމަނިކުފާނު ކުށްވެރިކުރައްވައިފި

13 މެއި 2022 | ހުކުރު 13:56

ސިޔާސީ ގޮތުން އެމަނިކުފާނާއެކު ކުރިން މަސައްކަތް ކޮށްފައިވާ ފަރާތެއް ނަމަވެސް، ދައްކާ އެފަދަ ވާހަކަތަކަކީ އޭގައި އެއްވެސް ޙަޤީޤަތެއް ނެތް، ދޮގު ވާހަކަތަކެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 މެއި 2022 | ހުކުރު 13:56
ކުރީގެރައީސް މައުމޫން އަބްދުލް ގަޔޫމް ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ -- ޕޮޓޯ : ޔޫސުފް ސޮފްވާން

ކުރީގެރައީސް މައުމޫން އަބްދުލް ގަޔޫމް ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ -- ޕޮޓޯ : ޔޫސުފް ސޮފްވާން

ކުރީގެ ރައީސް, ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ނަންފުޅު ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ތާއިދު ހޯދުމަށް މަސައްކަތް ކުރައްވާތީ އެކަން އެމަނިކުފާނު ކުށްވެރިކުރައްވައިފިއެވެ.

ކުރީގެ ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ މިހާރު އެމަނިކުފާނަކީ، ހަމައެކަނި އެމް.އާރް.އެމް.ގެ މެންބަރެއް ކަމަށެވެ. އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫން ކަމަށާއި، އެހެން ޕާޓީއަކަށް ތާއީދުކުރައްވާ ފަރާތެއްވެސް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ފަހަކަށް އައިސް ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންނާ، އަދި ޚާއްޞަކޮށް އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާ ބައްދަލުކުރާއިރު، އެމަނިކުފާނު މިހާރު ތާއީދުކުރައްވަނީ އެ ފަރާތްތަކަށް ކަމަށް ވިސްނައިދިނުމަށް ދޮގު ވާހަކަތައް ދައްކަމުންދާ ކަމުގެ ޝަކުވާއާއި ކަންބޮޑުވުން އެކި ފަރާތްތަކުން ޙިއްޞާ ކުރަމުންދާ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނާއި، ކިތަންމެ ގާތް ފަރާތެއް ނަމަވެސް، ނުވަތަ ސިޔާސީ ގޮތުން އެމަނިކުފާނާއެކު ކުރިން މަސައްކަތް ކޮށްފައިވާ ފަރާތެއް ނަމަވެސް، ދައްކާ އެފަދަ ވާހަކަތަކަކީ އޭގައި އެއްވެސް ޙަޤީޤަތެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށެވެ.

މޯލްޑިވްސް ރީފޯމް މޫވްމަންޓަކީ، ދިވެހިން އެދޭ އިސްލާޙީ ބަދަލުތަކެއް ޙާޞިލުކުރުމަށް އުފެދިފައިވާ އުންމީދީ ޕާޓީއެއް ކަމަށާއި، އެމް.އާރް.އެމް.ގެ އަސާސްތަކަކީ، ދިވެހިންގެ ތެރޭގައި، އިހު އޮތް ދާޚިލީ ހަމަޖެހުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފަހައްޓައި، އީޖާދީ ޚިޔާލުތަކާއެކު، ފުދުންތެރި، އަމާން މާދަމައެއް ބިނާ ކުރުމަށް ކުރެހެމުންދާ މަގެއް ކަމަށް ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން މިއަދު ޤަބޫލުކުރައްވާ ތާއީދުކުރައްވާ އަސާސްތަކާއި، އަޚްލާޤާއި، ދުރުވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީއަކީ އެމް.އާރް.އެމް ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެމަނިކުފާނަށާއި، ޕާޓީގެ އަސާސްތަކާއި ދުރުވިސްނުމަށް ތާއީދުކުރައްވާ އެއްވެސް ބޭފުޅަކު ސިޔާސީ ވާދަވެރިންގެ މަކަރުވެރި ވާހަކަތަކުގައި ޖެހިވަޑައިނުގެން، އެމް.އާރް.އެމް.އަށް ތާއީދުކޮށްދެއްވައި، ޕާޓީއާއެކު ތިއްބެވުމަށް ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްމޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2025

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ
03 ނޮވެމްބަރު 2024

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން
03 ނޮވެމްބަރު 2024

ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

03 ނޮވެމްބަރު 2024
ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"
03 ނޮވެމްބަރު 2024

ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު

03 ނޮވެމްބަރު 2024
ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު
25 ޑިސެމްބަރު 2023

ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި

25 ޑިސެމްބަރު 2023
ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި
11 ނޮވެމްބަރު 2023

ދިގު 30 އަހަރު ދިވެހި ޤައުމާއި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަފާތު ކުރިއެރުންތަކާއި ތަރައްޤީ ޙާސިލުކުރެވުނު: ރައީސް މައުމޫން

11 ނޮވެމްބަރު 2023
ދިގު 30 އަހަރު ދިވެހި ޤައުމާއި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަފާތު ކުރިއެރުންތަކާއި ތަރައްޤީ ޙާސިލުކުރެވުނު: ރައީސް މައުމޫން
03 ނޮވެމްބަރު 2023

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއަކީ ދިވެހިރާއްޖޭގެ ތާރީހުގަައި ވެސް ކުރިމަތިވި އެންމެ ބިރުވެރި ދުވަސް - ކުރީގެ ރައީސް މައުމޫން

03 ނޮވެމްބަރު 2023
ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއަކީ ދިވެހިރާއްޖޭގެ ތާރީހުގަައި ވެސް ކުރިމަތިވި އެންމެ ބިރުވެރި ދުވަސް - ކުރީގެ ރައީސް މައުމޫން
29 އޮކްޓޯބަރު 2023

އަރަބި ޤައުމުތަކުން ފަލަސްޠީނަށް އެހީނުވާތީ ކުރީގެ ރައީސް މަޢުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

29 އޮކްޓޯބަރު 2023
އަރަބި ޤައުމުތަކުން ފަލަސްޠީނަށް އެހީނުވާތީ ކުރީގެ ރައީސް މަޢުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
20 ސެޕްޓެމްބަރު 2023

ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް

20 ސެޕްޓެމްބަރު 2023
ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް
06 އޯގަސްޓު 2023

ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން

06 އޯގަސްޓު 2023
ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް