Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޓީނިއޯ އެސްޓަން ވިލާއަށް ބަދަލުވުން

ކޮޓީނިއޯ ރަސްމީކޮށް އެސްޓަން ވިލާއަށް

ހުރިހާ އެއްބަސްވުންތަކެއް މިހާރު ވަނީ ހަދާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 12 މެއި 2022 | ބުރާސްފަތި 17:45
އެސްޓަން ވިލާއަށް ލޯނު އުސޫލުން ކުޅެމުން އަންނަ ފިލިޕޭ ކޮޓީނިއޯ

އެސްޓަން ވިލާއަށް ލޯނު އުސޫލުން ކުޅެމުން އަންނަ ފިލިޕޭ ކޮޓީނިއޯ

ލޯނު އުސޫލުގެ ދަށުން އެސްޓަން ވިލާއަށް ކުޅެމުން އަންނަ ބާސެލޯނާގެ ފިލިޕޭ ކޮޓީނިއޯ ރަސްމީކޮށް އެޓީމަށް ބަދަލުވާން އެއްބަސްވެއްޖެކަމަށް އިތުބާރުހުރި ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.

ކޮޓީނިއޯ މިހާރު އެސްޓަން ވިލާއަށް ކުޅެމުން އަންނަނީ ލޯނު އުސޫލުގެ ދަށުންނެވެ. ބާސެލޯނާއިން ކޮޓީނިއޯ އެސްޓަން ވިލާއަށް ދޫކުރީ މިދިޔަ ޖެނުއަރީ ޓްރާންސްފާގައެވެ. ނަމަވެސް ކުރިއަށް އޮތް ސަމަރ ޓްރާންސްފާގައި ޓީމަށް މުހިންމު ކުޅުންތެރިން ގަތުމަށްޓަކައި ބާސެލޯނާއިން އަންނަނީ ގިނަ ކުޅުންތެރިންތަކެއް ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ކޮޓީނިއޯވެސް ހިމެނެއެވެ. ބާސެލޯނާއާއެކު ކޮޓީނިއޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ބާސެލޯނާއިން ކޮޓީނިއޯ ވިއްކާލުމަށް މަސައްކަތް ކުރަމުން ދިޔައިރު، އެސްޓަން ވިލާއިން ވަނީ ރަސްމީކޮށް ކޮޓީނިއޯ އެޓީމަށް ގެންދަން ބޭނުންވާކަން ހާމަކޮށްފައެވެ.

ފަބްރީޒިއޯ ކުރި ޕޯސްޓެއްގައި ބުނީ ކޮޓީނިއޯ އެސްޓަން ވިލާއަށް ދިއުމަށް ހުރިހާ އެއްބަސްވުންތަކެއް މިހާރު ހަދާފައިވާ ކަމަށެވެ. އަދި މިކަން ވަރަށް އަވަހަށް ރަސްމީކޮށް އަންގާނެ ކަމަށްވެސް އޭނާ ބުންޏެވެ. މި ޑިލާއެކު ބާސެލޯނާއަށް 20 މިލިއަން ޕައުންޑް ލިބޭނެއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ލޯނު އުސޫލުން އެސްޓަން ވިލާއަށް ކޮޓީނިއޯ ކުޅެން ފެށި ފަހުން މިހާތަނަށް 15 މެޗު ކުޅެފައިވެއެވެ. އެ މެޗުތަކުގައި ކޮޓީނިއޯ ވަނީ ހަތަރު ލަނޑުޖަހާ ތިން ލަނޑު ޖެހުމަށް އެެހީތެރިވެދީފައެވެ. ބާސެލޯނާއަށް ކޮޓީނިއޯ ކުޅުނު 16 މެޗުގައި އޭނާއަށް ޖެހުނީ އެންމެ ދެލަނޑެވެ.

ބާސެލޯނާއެސްޓަން ވިލާ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު