Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ތިން ޕޮއިންޓްގެ ލީޑަކާއެކު ސިޓީން ލީގު ދިފާއުކުރުމުގެ ފުރުޞަތު ބޮޑުކޮށްފި

9 މެއި 2022 | ހޯމަ 02:37

ސިޓީން ވަނީ ލިވަޕޫލްގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ނަގާފަ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 9 މެއި 2022 | ހޯމަ 02:37
މެޗުގައި ސްޓާލިންގ ދެ ލަނޑު ޖެހި، ފޮޑެންވެސް މެޗުގައި ލަނޑުޖެހި

މެޗުގައި ސްޓާލިންގ ދެ ލަނޑު ޖެހި، ފޮޑެންވެސް މެޗުގައި ލަނޑުޖެހި

މިހަފްތާގައި ލިވަޕޫލަށް މޮޅުނުވެވުމުގެ ފައިދާ ނަގާ, މެންޗެސްޓަރ ސިޓީން ނިއުކާސަލް ޔުނއިޓެޑް ބަލިކޮށް އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. މިމޮޅާއެކު ސިޓީއަށް ކުރިއަށް އޮތް ތިން މެޗުން ލީގު ޔަޤީން ކުރަން ބޭނުންވަނީ ހަތް ޕޮއިންޓެވެ. ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ 3 މެޗެވެ.

ރެއާލް މެޑްރިޑް އަތުން ސެމީފައިނަލް ދެވަނަ ލެގުގެ ފަހުވަގުތު ބަލިވެ, ޗެމްޕިއަންސްލީގުގެ ފައިނަލުގެ ފުރުޞަތު ގެއްލުނު ސިޓީއަށް ސީޒަންގައި އޮތީ ހަމައެކަނި ލީގު ދިފާއުކުރުމުގެ ފުރުޞަތެވެ. ނިއުކާސަލް އަތުން މޮޅުވުމުގެ އެފުރުޞަތު ވަނީ ބޮޑުވެފައެވެ. މެޗު ސިޓީން ކާމިޔާބުކުރީ 5-0 ނެވެ. މެޗުގައި ސިޓީގެ ފުރަތަމަ ލަނޑާއި ފަހު ލަނޑު ޖެހީ އިނގިރޭސި ފޯވާޑް ސްޓާލިންގއެވެ. ސިޓީގެ ދެވަނަ ލަނޑު ޖެހީ ލަޕޯޓްއެވެ. ތިންވަނަ ލަނޑު ރޮޑްރީގޯ ޖެހީ ކެވިން ޑި ބުރައިނާ ނަގައިދިން ކޯނަރު ބޮލުން ފޮނުވާލައިގެންނެވެ. ހަތަރުވަނަ ލަނޑު މެޗުގެ ފަހު މިނިޓްގައި ފޮޑެން ޖެހީ ގްރީލިޝްއާއި, ޒިންޗެންކޯ ގުޅިގެން ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. މެޗުގައި ފޮޑެން ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީވެސް ގްރީލިޝްއެވެ.

މިމޮޅާއެކު ސިޓީ އެއްވަނާގައި އޮތީ 35 މެޗުން 86 ޕޮއިންޓާއެކުއެވެ. ދެވަނާގައި ލިވަޕޫލް އޮތީ 83 ޕޮއިންޓްގައެވެ. ތިންވަނާގައި އޮތް ޗެލްސީއާއި ހަތަރުވަނާގައި އޮތް އާސެނަލްއާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަޤެކެވެ. އަދި އާސެނަލްއާއި ފަސްވަނާގައި އޮތް ޓޮޓެންހަމްއާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަޤެކެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީނިއުކާސަލް ޔުނައިޓެޑް

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް