Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަފްޣާނިސްތާނުގެ މިސްކިތެއްގައި ދިން ބޮމުގެ ހަމަލާ

ކާބުލްގެ މިސްކިތެއްގައި ދިން ބޮމުގެ ހަމަލާއެއްގައި 60ށް ވުރެ ގިނަ މީހުން މަރުވެއްޖެ

މި ހަމަލާ ކުންވެރިކޮށް އެކަން ކުރި މީހުން ހޯދާ އަދަބުދޭނެ ކަމަށް ތާލިބާން ޖަމާއަތުން ވަނީ ބުނެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 30 އެޕްރީލު 2022 | ހޮނިހިރު 12:52
އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގެ ސުންނީ މިސްކިތެއްގައި ދިން ބޮމުގެ ހަމަލާގައި 66 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނޭ

އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގެ ސުންނީ މިސްކިތެއްގައި ދިން ބޮމުގެ ހަމަލާގައި 66 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނޭ

އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގެ މިސްކިތެއްގައި ދިން ބޮމުގެ ހަމަލާއެއްގައި 60ށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން މި އަހަރުގެ ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ޚަލިފާ ޝާހިބް މިސްކިތަށް މީހުން ގޮސްތިބި ވަގުތު އެމިސްކިތަށް ދިން މި ހަމަލާ އަކީ ސުންނީ މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާއެކެވެ. އެގޮތުން މިހަމަލާއަކީ ހުކުރު ނަމާދުކޮށް ނިންމުމަށްފަހު ޒިކުރު ކުރަން މިސްކިތުގައި މަޑުކޮށްގެން ތިބި މީހުންގެ ތެރެއިން މީހަކަށްވެ ޖާނުން ފިދާވެގެން މީހަކު ދިން ހަމަލާއެއް ކަމަށް ބެލެވޭކަމަށް އެމިސްކިތުގެ އެންމެ އިސްފަރާތާ ހަވާލާދީ އެނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މިރަމަޟާން މަހު އަފްޣާނިސްތާންގެ އެކި ހިސާބުތަކުގައި ވަނީ މިފަދަ އެތައް ހަމަލާތަކެއްދީފައެވެ. މިހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެތައް ބައެެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ސިއްހާ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން މިހަމަލާތަކުގައި 66 މީހަކު ވަނީ މަރުވެފައެވެ. އަދި 78 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެއެވެ.

ކާބޫލްގެ އިމަރޖެންސީ ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން އެހޮސްޕިޓަލަށް ގެންދިޔަ އިރުވެސް 2 މީހަކު ވަނީ މަރުވެފައެވެ. އަދި އެކިވަރުގެ އަނިޔާލިބުނު 21 މީހުންނަށް އެހޮސްޕިޓަލުން ފަރުވާދެމުންދާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ކާބުލްގެ އެހެން ހޮސްޕިޓަލެއްގައި 49 މީހަކަށް ފަރުވާދެމުންދާ ކަމަށާއި އެ ހޮސްޕިޓަލަށް ގެންދިޔަ އިރު ފަސް މީހަކު މަރުވެފައިވާ ކަމަށް ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވެއެވެ. މި ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން 10 މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށާއި 20 މީހަކު ފިހިގެން ގެންދާމީހުން ބައިތިއްބާ ޔުނިޓްގައި އެޑްމިޓްކޮށްފައިވާ ކަމަށްވެއެވެ.

އދ އަދި އެމެރިކާއިން ވަނީ މިހަމަލާ ކުށްވެރިކޮށްފައެވެ. އދ އިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަ މިޝަނުން ވަނީ މިއީ މިފަހަކުން އަފްޣާނިސްތާންގައި ދެމުން އައި ބޮމުގެ ހަމަލާތަކާ ގުޅުންހުރި ހަމަލާއެއް ކަމަށާއި މިއީ އެގައުމުގެ މައިނޯރިޓީ ގުރޫޕްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކެއް ކަމަށް ބުނެފައެވެ. އަދި ހުކުރު ދުވަގެ ހަމަލާ ދިން އިރު، އެ މިސްކިތުގައި އދ ގެ އޮފިޝަލުންތަކަކާ އެމީހުންގެ އާއިލާގެ މެމްބަރުންވެސް ތިބި ކަން ވަނީ ފާހަގަކޮށްފައެވެ.

އަފްޣާނިސްތާންގެ ސަރުކާރާ މިހާރު ހަވާލުވެފައިވާ ތާލިބާން ޖަމާއަތުގެ ތަރުޖަމާނަކު ވަނީ ހުކުރު ދުވަހުގެ މި ހަމަލާ ކުންވެރިކޮށް އެކަން ކުރި މީހުން ހޯދާ އަދަބުދޭނެ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ހުކުރު ދުވަހުގެ މިހަމަލާ ދިން މީހުން އަދި ކަށަވަރުކުރެވިފައި ނުވާއިރު، މިމަހުގެ ތެރޭގައި އަފްޣާނިސްތާންގެ އެކި ހިސާބުތަކުގައި ދިން ބައެއް ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓުން ވަނީ ނަގާފައެވެ.

އަފްޣާނިސްތާންގެ އިމަރޖެންސީ ހޮސްޕިޓަލުން ވަނީ މި އޭޕްރިލް މަހު އެކަނިވެސް ކާބުލްގައި ދިން މިފަދަ ހަމަލާތަކުގެ ސަބަބުން 100ށް ވުރެ ގިނަ މީހުންނަށް ފަރުވާދިން ކަމަށް ބުނެފައެވެ.

ބުރާސްފަތި ދުވަހު ޝިއީ މުސްލިމުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ދެ ވޭން އަކަށް ދިން ހަމަލާއެއްގައި ނުވަ މީހުން މަރުވެފައިވާއިރު، މިދިޔަ ހަފުތާގެ ހުކުރު ދުވަހު ކުންދޫޒް ސިޓީގެ ސުންނީ މިސްކިތަކަށް އަމާޒުކޮށް ދިން ހަމަލާގައި 33 މީހުން މަރުވެފައިވެއެވެ.

އަފްޣާނިސްތާންގައި މިހާރު ދެމުންދާ ބޮމުގެ ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތައް ޝިއީ މުސްލިމުންނަށް އަމާޒުވި ނަމަވެސް ސުންނީ މުސްލިމުންނަށްވެސް ހަމަލާތައް ދަނީ އަމާޒުވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު