Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީން އަންނަ ސީޒަނަށް ތައްޔާރުވުން

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

އަންނަ ސީޒަންގައި ޓީމަށް މުހިންމު ނޫން ކުޅުންތެރިން ދޫކޮށްލުމުގެ މަސައްކަތް މިހާރު ޕީއެސްޖީން ވަނީ ފަށާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 27 އެޕްރީލު 2022 | ބުދަ 03:06
ޕީއެސްޖީން ދޫކޮށްލުމަށް މަސައްކަތްކުރާ ބައެއް ކުޅުންތެރިން

ޕީއެސްޖީން ދޫކޮށްލުމަށް މަސައްކަތްކުރާ ބައެއް ކުޅުންތެރިން

ފްރާންސްގެ ގަދަބާރު ޕީއެސްޖީން ކުޅުންތެރިންތަކެއް ދޫކޮށްލުމުގެ މަސައްކަތް ފަށައިފިއެވެ.

މި ސީޒަންގައި ޕީއެސްޖީން ފްރާންސް ލީގު ކާމިޔާބުކުރި ނަމަވެސް ޓީމުގެ އަމާޒަކަށްވެފައިވަނީ ޗެމްޕިއަންސް ލީގު ހޯދުމެވެ. އެކަމަކު މުބާރާތުގެ ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ބަލިވެ ޕީއެސްޖީއަށް މުބާރާތް ގެއްލުނީއެވެ. އެހެންކަމުން ޓީމުން އަމާޒު ހިފާފައި ހުރީ މުހިންމު ބަދަލުތައް ގެނެސް، އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށެވެ. އެގޮތުން އަންނަ ސީޒަންގައި ޓީމަށް މުހިންމު ނޫން ކުޅުންތެރިން ދޫކޮށްލުމުގެ މަސައްކަތް މިހާރު ޕީއެސްޖީން ވަނީ ފަށާފައެވެ. މީގެ ތެރޭގައި ހިމެނެނީ އެންހެލް ޑިމާރިއާ، ތިލޯ ކޭރަރ، ލެންޑްރޯ ޕަރޭޑީސް، ހޫލިއަން ޑްރެކްސެލާ އަދި ލޭވިން ކުރްޒާވާއެވެ.

ކުރިއަށް އޮތް ސަމަރ ޓްރާންސްފަރ މާކެޓުގައި ޕީއެސްޖީ ދޫކޮށްލާނެކަން އެންމެ ޔަގީންވާ ކުޅުންތެރިއަކީ ޑިމާރިއާއެވެ. ޑިމާރިއާއާއެކު ޕީއެސްޖީން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. ފްރީ ޓްރާންސްފަރއެއްގައި އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އޮތް ޑިމާރިއާ ބަދަލުވާނެކަމަށް ބެލެވެނީ ބާސެލޯނާ ނުވަތަ އެތުލެޓިކޯ މެޑްރިޑަށް ކަމަށް ރިޕޯޓުތައް ލަފާކުރެއެވެ.

މިއީ މީގެ ކުރިން ރެއާލް މެޑްރިޑަށް ކުޅުނު 34 އަހަރުގެ ޑިމާރިއާއަށް ބޮޑު ޓީމަކަށް ކުޅުމުގެ ފުރުސަތު ލިބޭނެ ފަހު ފަހަރުކަން އޭނާއަށްވެސް ގަބޫލު ކުރެވެއެވެ. ކުޑަ މުސާރައަކަށް ފްރީ ޓްރާންސްފަރއެއްގައި ޑިމާރިއާ ލިބެން އޮތުމަކީ ތަޖުރިބާކަަރު ކުޅުންތެރިއާ ހޯދުމަށް ބޮޑެތި ކްލަބުތަކުން އެންމެ ޝައުގުވެރިވާ ސަބަބެވެ.

ޑްރެކްސްލާގެ ހާލަތު ޑިމާރިއާ އާއި މުޅިން ތަފާތެވެ. އޭނާ ޕީއެސްޖީ އާއި ގުޅުނީ ވަރުގަދަ ސްޓާރެއްގެ ގޮތުގައެވެ. ނަމަވެސް މި ފަހަކަށް އައިސް އޭނާގެ ބޭނުން ޕީއެސްޖީން މާބޮޑަށް ހިފާފައެއް ނުވެއެވެ.

ޕީއެސްޖީން ޑްރެކްސެލާ ދޫކޮށްލުމަށް މަސައްކަތް ކުރަމުން އަންނައިރު، ޖަރުމަނުގެ ބައެއް ކްލަބުތަކުން އަންނަނީ އޭނާއަށް ޝައުގުވެރިކަން ފާޅު ކުރަމުންނެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން އޭނާ އެންމެ ގުޅުން ގާތީ ސެވިއްޔާއާއެވެ.

މިއީ މިފަހަރުގެ ޓްރާންސްފަރ މާކެޓުގައި ޕީއެސްޖީން ދޫކޮށްލުމަށް މަސައްކަތްކުރާ އެންމެ ތަފާތު ހާލަތުގައި ހުރި ކުޅުންތެރިޔާއެވެ. މި ސީޒަންގެ އެންމެ މުހިންމު މެޗުތަކުގައިވެސް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ އޭނާއަށް ބަރޯސާވެފައެވެ. މީގެ ތިން އަހަރު ކުރިން، އޭނާ ހޯދުމަށްޓަކައި ޕީއެސްޖީން 40 މިލިއަން ޕައުންޑު ޚަރަދު ކުރިއެވެ. ނަމަވެސް މިއަންނަ ސީޒަންގެ ޕީއެސްޖީ ޕްލޭނުގައި އޭނާ ނުހިމެނޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕަރޭޑީސްއަކީ ޓީމުގެ މުހިންމު ތަރިން ކަމުގައިވާ ލިއޮނެލް މެސީ އާއި ނޭމާގެ ޕްރައިވެޓް ސާކަލްގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ނަމަވެސް މިއަންނަ ސީޒަންގައި އޭނާ ފެނުން އެންމެ ގާތީ އިޓާލިއަން ލީގުންކަމަށް ރިޕޯޓުތައް ލަފާކުރެއެވެ.

ޕީއެސްޖީން ކުރްޒާވާ ހޯދީ އޭނާ ގެނައުމަށްޓަކައި އެތަށް ފަހަރެއްގެ މަތީން މަސައްކަތްކޮށް ނާކާމިޔާބުވީ ފަހުންނެވެ. ޓީމުގެ ފަހަތަށް ކުޅެމުން އަންނަ ކުރްޒާވާ ވަނީ އަނިޔާގެ ސަބަބުން ބެންޗުގައި ގިނަ ދުވަހު މަޑުކުރަން ޖެހިފައެވެ. އެހެންކަމުން އޭނާ ވިއްކާލުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ކުރްޒާވާއާއެކު ޕީއެސްޖީން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން ބާކީ ދެއަހަރު އެބައޮތެވެ. އެހެންކަމުން އޭނާ ދޫކޮށްލުމަށްޓަކައި ޓީމުން ބޮޑު ޚަރަދެއް އަދި މަސައްކަތެއްވެސް ކުރަން ޖެހޭނެއެވެ.

ޕީއެސްޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު