Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީ ގްރޭސްގެ މަރުގެ މައްސަލަ

މޭރީއަށް އެއްވެސް ގޮތަކަށް ޖިސްމާނީ އަނިޔާއެއް ކޮށްފައި ނުވާނެ: މާވިން

26 އެޕްރީލު 2022 | އަންގާރަ 07:53

މާވިންގެ މައްޗަށް ކުރާ ދައުވާއަކީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އެޕްރީލު 2022 | އަންގާރަ 07:53
މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް

މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް | ރާއްޖެއެމްވީ

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމަކީ މާވިންގެ މައްޗަށް ކުރާ ދައުވާ އިއްވުމާއި ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން ދައުލަތުން މާވިންގެ މައްޗަށް ކުރާ ދައުވާއަކީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން ދައުވާ އިއްވަމުން ބުނެފައިވާ ގޮތުގައި މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. އެހެންނަމަވެސް، މާވިން އިއުތިރާފުވެއްޖެނަމަ، ކުށުގެ އަސާސީ އަދަބު 1 ދަރަޖަ ދަށްކޮށް، އަންނާނެ އަދަބަކީ 7 އަހަރާއި 6 މަސްކަމަަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ސަބަބެއްގެ ގޮތުން ޕީޖީ އޮފީހުން ބުނީ، މާވިން 19 އޮކްޓޫބަރު 2021 ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ.އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި އޭނާގެ އަންހެނުން، ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރާލާފައިވާ ކަމަށެވެ.

ދައުލަތުން ބުނާ ގޮތުގައި މޭރީއަކީ އިސްލާމީ ދައުލަތެއްގެ ބެލުމުގެ ދަށުގައި ހުރި މީހެއްކަމަށްވުމާއެކު، މި ދައުވާ ސާބިތުވެއްޖެނަމަ، މަރުގެ އަދަބުވެސް ދެވިދާނެއެވެ. މޭރީގެ އާއިލާއިން އެދޭނަމަ މާވިންގެ ކިބައިން ޤިސާސް ހިފިދާނެކަމަށް ދައުލަތުން ދެކެއެވެ.

މި ދައުވާތަކަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުން މާވިންގެ ވަކީލު ވަނީ މާވިން މޭރީގެ ބޮލަށާއި، ކަރަށް ޙަމަލާދީ އަދި އެއަށްފަހު ނޭވާ ހާސްކޮށްލައިގެން މަރާލާފައިވާކަމަށް ދައުލަތުން ކުރާ ދައުވާގައި ބުނާއިރު، އޭނާ މޭރީގެ ބޮލަށް ޙަމަލާ ދިނީ ކިހިނެއްތޯއާއި، ކޮން އެއްޗެއް ބޭނުންކޮށްގެންތޯ ސުވާލު ކޮށްފައެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، މޭރީގެ ބޮލަށާއި ކަރަށް ޙަމަލާ ދީފައިވާކަން އޭނާގެ އޮޓޮޕްސީ ރިޕޯޓުން އެނގޭ ކަމަށެވެ. ހަމަ އެއާއެކު، އެ ދުވަހު އެތަނުގައި ހުރީ މާވިން އެކަނިކަމަށް އޭނާ ތަހުގީގުގައި ބުނެފައިވުމާއި، އޭނާގެ ސާރޗް ހިސްޓަރީގައި "ހައު ޓު ނޮކް ސަމްވަން އައުޓް" އޭ ލިޔެ ސަރޗް ކޮށްފައިވާކަން އެނގެން އޮތުމުން، އެ ކަންކަން ދައުލަތުން ވަނީ ގުޅުވާލާފައެވެ.

ދައުލަތުން ދައުވާ އިއްވުމުން ދިފާއުން ވަނީ ދައުވާއަށް މުތުލަޤުކޮށް އިންކާރު ކޮށްފައެވެ. ދިފާއުން ބުނާ ގޮތުގައި މާވިން އެއްވެސް އިރެއްގައި، ގަސްތުގައިވެސް އަދި ގަސްތެއް ނެތިވެސް މޭރީއަށް އެއްވެސް ބާވަތެއްގެ ޖިސްމާނީ އަނިޔާއެއް ކޮށްފައެއް ނުވާނެއެވެ.

މި މައްސަލައިގައި ދައުވާ އިއްވައި، ދައުވާއަށް ޖަވާބުދާރީވެފައިވުމާއެކު، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެފަރާތުން ހެކި ހާމަ ކުރުމެވެ. މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ނިންމަވާފައެވެ.

އޭގެ އިތުރުން، ދިފާއުން ކުރި ސުވާލަކާއި ގުޅިގެން ގާޒީ ފާއިޒު ވިދާޅުވީ، މި މައްސަލައިގައި ދައުވާ އުފުލާފައިވާ ޙަލީމަތު ލަމްހާއާއި މާވިންގެ ބައި ވަކިން ކުރިއަށް ގެންދަވަނީ މިއީ އިބްތިދާއީ މަރުޙަލާކަމަށްވެފައި، ޝަރީއަތް ވީހާވެސް އަވަސް ކުރުމުގެ ގޮތުންނެވެ. އެހެންނަމަވެސް، ޝަރީއަތުގެ މަރުޙަލާ ފެށުމުން އެ ދެމީހުންގެ ބައިވެސް އެކުއެކީގައި ކުރިއަށް ގެންދަވާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

މޭރީ ގްރޭސްކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

06 ޖުލައި 2026

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!

06 ޖުލައި 2026
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!
05 ޖުލައި 2026

"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން

05 ޖުލައި 2026
"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން
01 ޖުލައި 2026

މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!

01 ޖުލައި 2026
މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!
01 ޖުލައި 2026

މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

01 ޖުލައި 2026
މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
01 ޖުލައި 2026

އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު

01 ޖުލައި 2026
އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު
30 ޖޫން 2026

މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

30 ޖޫން 2026
މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
30 ޖޫން 2026

ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި

30 ޖޫން 2026
ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި
30 ޖޫން 2026

ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި

30 ޖޫން 2026
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި
28 ޖޫން 2026

އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް

28 ޖޫން 2026
އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް
25 ޖޫން 2026

ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި

25 ޖޫން 2026
ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް