Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ލީގު

ބާކީ ހަތަރު މެޗު އޮއްވާ ޕީއެސްޖީ ލީގު ކާމިޔާބުކޮށްފި!

24 އެޕްރީލު 2022 | އާދީއްތަ 00:31

މެސީ މިވަނީ ފުރަތަމަ ފަހަރަށް ލަލީގާ ނޫން އެހެން ލީގެއް ކާމިޔާބުކޮށްފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 24 އެޕްރީލު 2022 | އާދީއްތަ 00:31
ޕީއެސްޖީން ފްރާންސް ލީގު ކާމިޔާބުކުރުން

ޕީއެސްޖީން ފްރާންސް ލީގު ކާމިޔާބުކުރުން

ލީގުގައި ބާކީ ހަތަރު މެޗު ނުކުޅެ އޮއްވާ ޕީއެސްޖީން ފްރާންސް ލީގު ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީއަށް މުބާރާތް ޔަގީންވީ ހޮނިހިރު ދުވަހުގެރޭ ލެންސްއާއި ބައްދަލުކުރި މެޗު އެއްވަރު ކޮށްގެންނެވެ. ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ލެންސް އާއި ބައްދަލުކުރި މެޗު ނިމުނީ ކޮންމެ ޓީމަކުންވެސް ލަނޑެއް ޖަހާ އެއްވަރު ކޮށްގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ޕީއެސްޖީންނެވެ. ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލަނޑު ޖަހައިދިނީ ލިއޮނެލް މެސީއެވެ. ނަމަވެސް ލެންސްގެ ޖީން ވަނީ މެޗު ނިމެން ދެމިނެޓަށްވެފައި ވަނިކޮށް ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ލެންސްގެ ޑަންސޯއަށް ރަތް ކާޑޫ ދެއްކުމުން ދެވަނަ ހާފުގެ 57 ވަނަ މިނެޓުން ފެށިގެން އެޓީމު ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ.

މިއީ ޕީއެސްޖީން ފްރާންސް ލީގު ކާމިޔާބުކުރި 10 ވަނަ ފަހަރެވެ. މިއާއެކު ޕީއެސްޖީން ވަނީ ފްރާންސް ލީގު އެންމެ ގިނަ ފަހަރު ކާމިޔާބުކޮށް ރެކޯޑު ހަދާފައިވާ ސެއިން އެޓިއެންގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. އެޓީމުންވެސް ވަނީ 10 ފަހަރަށް މުބާރާތް ކާމިޔާބުކޮށްފައެވެ. މިއީ ޕީއެސްޖީން ފާއިތުވި 10 އަހަރުގެ ތެރޭގައި ލީގު ކާމިޔާބުކުރި އަށްވަނަ ފަހަރެވެ. މުބާރާތް ކާމިޔާބުކުރިއިރު ޕީއެސްޖީ ވަނީ 34 މެޗު ކުޅެގެން 78 ޕޮއިންޓު ހޯދާފައެވެ.

މިއީ ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗިން ކެރިއަރުގައި ލީގެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ބާސެލޯނާގައި ރަންޒަމާން ހޭދަކުރުމަށްފަހު ޕީއެސްޖީއަށް ބަދަލުވި މެސީ މިވަނީ ފުރަތަމަ ފަހަރަށް ލަލީގާ ނޫން އެހެން ލީގެއް ކާމިޔާބުކޮށްފައެވެ. ބާސެލޯނާއާއެކު 10 ސްޕެނިޝް ލީގު މެސީ ކާމިޔާބުކުރިއެވެ.

ފްރެންޗް ލީގުޕީއެސްޖީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
07 ޑިސެމްބަރު 2024

ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

07 ޑިސެމްބަރު 2024
ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް
05 ނޮވެމްބަރު 2024

ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!

05 ނޮވެމްބަރު 2024
ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް