Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއަރ ލީގު

ޖީސޫސްގެ ހެޓްރިކާއެކު ސިޓީ އެއްވަނައިގައި ހަމަޖެހިލައިފި

23 އެޕްރީލު 2022 | ހޮނިހިރު 16:44

ވަޓްފޯޑާއި ބައްދަލުކުރި މެޗުން ސިޓީ މޮޅުވީ 5-1 ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 23 އެޕްރީލު 2022 | ހޮނިހިރު 16:44
ވަޓްފޯޑް ކޮޅަށް ހަތަރުވަނަ ލަނޑު ޖެހުމަށްފަހު ޖީސޫސް އުފާ ފާޅުކުރަނީ

ވަޓްފޯޑް ކޮޅަށް ހަތަރުވަނަ ލަނޑު ޖެހުމަށްފަހު ޖީސޫސް އުފާ ފާޅުކުރަނީ

ބްރެޒިލްގެ ސްޓްރައިކަރު ގެބްރިއަލް ޖީސޫސްގެ ހެޓްރިކްއާއިއެކު މެންޗެސްޓަރ ސިޓީ ޕްރިމިއަރ ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ސިޓީގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ވަޓްފޯޑާއި ބައްދަލުކުރި މެޗުން ސިޓީ މޮޅުވީ 5-1 ންނެވެ. މި މެޗުގައި ޖީސޫސް ހަތަރު ލަނޑު ޖެހިއެވެ. ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީވެސް އޭނާއެވެ. ފުރަތަމަ ހާފުގައި ދެލަނޑު ޖެހިއިރު، ދެވަނަ ހާފުގައިވެސް ޖީސޫސް ދެލަނޑު ޖެހިއެވެ. އޭގެ ތެރެއިން އެއްލަނޑު ޖީސޫސް ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ.

މެޗުގައި ސިޓީގެ އަނެއް ލަނޑު ޖަހައިދިނީ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ރޮޑްރީއެވެ. ވަޓްފޯޑުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހަސާނޭ ކަމާރާއެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނާގައި ސިޓީ އޮތީ 33 މެޗު ކުޅެގެން ލިބުނު 80 ޕޮއިންޓާއެކުއެވެ. މުބާރާތުގެ ތަށްޓަށް ދެން ވާދަކުރަނީ ލިވަޕޫލްއެވެ. ސިޓީއަށްވުރެ އެއްމެޗު މަދުން ކުޅެގެން ލިވަޕޫލް އޮތީ 76 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. މެޗުގެ އަދަދު ހަމަކުރާއިރު ލިވަޕޫލް މޮޅުވި ނަމަވެސް ތާވަލުގެ ކުރީގައި އޮންނާނީ ސިޓީއެވެ.

ލީގުގައި އާދީއްތަ ދުވަހު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އާސެނަލް އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވީ 3-1 ންނެވެ. މެޗުން މޮޅުވެ އާސެނަލްވަނީ ތާވަލުގެ ހަތަރު ވަނައަށް އަރާފައެވެ. ލެސްޓަރ ސިޓީއާއި އެސްޓަން ވިލާ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނޮރިޗް ސިޓީގެ މައްޗަށް ނިއުކާސަލް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީގަބްރިއެލް ޖީސޫސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް