Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން

ތަހުލީލު ރިޕޯޓުތަކުގެ ޗެއިން އޮފް ކަސްޓަޑީ ނެތުމުން، ޑްރަގް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ ބަޔަކު ދޫވެއްޖެ

އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުކޮށްދެވިފައެއްނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އެޕްރީލު 2022 | ހޮނިހިރު 07:53
ޑީއީޑީ ފުލުހުން- މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާ ގުޅިގެން 3 ތަހުލީލު ރިޕޯޓެއް ފުލުހުން ތައްޔާރުކުރި

ޑީއީޑީ ފުލުހުން- މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާ ގުޅިގެން 3 ތަހުލީލު ރިޕޯޓެއް ފުލުހުން ތައްޔާރުކުރި

ތަހުގީގުގައި ގޯސްތަކެއް ހަދާފައިވާތީ، ޑްރަގް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ ބަޔަކު ދޫވެއްޖެއެވެ.

މިއީ 12 ޑިސެމްބަރު 2017 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނަކާ ގުޅިގެން ތަހުގީގުކޮށް ދައުވާކޮށްފައިވާ މައްސަލައެކެވެ. އެގޮތުން މި މައްސަލައިގައި 6 މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލައި، ޝަރީއަތް ކުރިއަށް ގެންދިޔައެވެ.

އޭގެ ތެރެއިން ސ. ހިތަދޫ ހިތިގަސްދޮށުގެ އަބްދުﷲ އަޒްހީން ދައުވާއަށް އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅި ނަމަވެސް، ބާކީ ތިބި 5 މީހުން ދައުވާއަށް އިންކާރުކުރިއެވެ.

އެމީހުން ދައުވާއަށް އިންކާރުކޮށްފައިވާތީ އެމީހުންގެ މައްޗަށް ދައުލަތުން ވަނީ ހެކިވެސް ހުށައަޅާފައެވެ. އެހެންނަމަވެސް، މި މައްސަލައިގައި ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމާފައެވެ.

ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުން, މި މައްސަލައިގައި ފެނުނު, މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެއްޗާ ގުޅިގެން 3 ތަހުލީލު ރިޕޯޓެއް ފުލުހުން ތައްޔާރުކޮށްފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ރިޕޯޓަކާގުޅިގެން ދައުވާކުރާ ފަރާތުން ޗެއިން އޮފް ކަސްޓަޑީ ކާޑު ހުށަހަޅާފައިނުވާއިރު، 3 ރިޕޯޓާގުޅިގެން ހުށައަޅާފައިވަނީ ޗެއިން އޮފް ކަސްޓަޑީ ފޯމުތަކެވެ.

އެހެންނަމަވެސް، މިއީވެސް ފުރިހަމަ ޗެއިން އޮފް ކަސްޓަޑީއެއް ނޫންކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ހުކުމުގައި ބުނެފައިވަނީ، ހެކީގެ ގޮތުގައި ހިފެހެއްޓޭ ކޮންމެ އެއްޗަކާ ހަވާލުވާ މީހާއާއި، އެމީހާގެ ވަނަވަރާއި، ހަވާލު ކުރެވޭ ތާރީޚާއި ވަނަވަރު އެނގެންޖެހޭނެ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި ހުށައެޅިފައިވާ ޗެއިން އޮފް ކަސްޓަޑީ ފޯމުގައި އެ ކަންކަން ފުރިހަމަ ނުވާކަމަށް ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުށައެޅޭ ޗެއިން އޮފް ކަސްޓަޑީ ފޯމުތަކުގައި އެ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ހިސާބުން ފެށިގެން ތަހުލީލުކޮށް ނިމެންދެން, އެ ހެއްކެއް ނަގުލުވެގެން ދިޔަ ގޮތް ފެންނަން އޮންނަންޖެހޭކަން ފާހަގަކޮށް, ހުކުމުގައި ބުނެފައިވަނީ، މި މައްސަލައިގައި ހުށައެޅިފައިވާ ތަހުލީލު ރިޕޯޓުތަކުގައި އެކަންކަން ފުރިހަމަ ނުވާކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އިއްވެވި މި ހުކުމުގައި ވަނީ, އެ 5 މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިފައިނުވާކަމަށް ހުކުމްކުރައްވާފައެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު