Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއަރ ލީގު

ވެލެންސިޔާ ކޮޅަށް މާޒިޔާއިން 13 ލަނޑު!

މިއީ ލީގުގެ ރެކޯޑެއް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 17 އެޕްރީލު 2022 | އާދީއްތަ 20:06
ހަމްޕު މެޗުގައި ފަސްގޯލް ޖެހި

ހަމްޕު މެޗުގައި ފަސްގޯލް ޖެހި

ޕްރެޒިޑެންޓްކަޕްގެ ޗެމްޕިއަން ވެލެންސިޔާ ކޮޅަށް ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި މާޒިޔާއިން 13 ލަނޑު ޖަހައިފިއެވެ. މެޗު މާޒިޔާއިން ކާމިޔާބުކުރީ 13-0 ނެވެ. މިއީ ލީގުގައި ރެކޯޑެކެވެ.

މިބޮޑު މޮޅާއެކު މާޒިޔާ ވަނީ އަލުން ލީގު ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. އެއީ 24 ޕޮއިންޓާއެކުއެވެ. 9 މެޗު ކުޅުނުއިރު ދެވަނާގައި އޮތީ އީގަލްސްއެވެ. އެއީ 22 ޕޮއިންޓާއެކުއެވެ. ވެލެންސިޔާ ތިންވަނާގައި އޮތީ 13 ޕޮއިންޓާއެކުއެވެ.

މާޒިޔާއިން ވަނީ ވެލެންސިޔާ ކޮޅަށް ފުރަތަމަ ހާފްގައިވެސް 7 ގޯލް ޖަހާފައެވެ. ފުރަތަމަ ހާފްގައި މާޒިޔާގެ ގޯލްތައް ޖެހީ ކޯނޭއާއި, ހަމްޒާއާއި, އައިސަމްއެވެ. ފުރަތަމަ ހާފްގައި ހަމްޒާ މުޙައްމަދު (ހަމްޕު) ހެޓްރިކެއް ހެދިއެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖެހި ލަނޑާއެކު ފުރަތަމަ ހާފްގައިވެސް އޭނާ ހަތަރު ލަނޑު ޖެހިއެވެ. އަދި ދެވަނަ ހާފްގައި ލަނޑެއް ޖަހާ ހަމްޕުގެ ޖުމްލައަކީ ފަހެކެވެ. މެޗުގައި ކޯނޭއާއި ނާއިޒް ހަސަން (ދާދު) ވެސް ހެޓްރިކް ހެދިއެވެ. ކޯނޭ ދެ ލަނޑު ޖެހީ ފުރަތަމަ ހާފްގައެވެ. ހެޓްރިކް ފުރިހަމަކުރީ ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައެވެ. ނާއިޒު ހެޓްރިކް ހެދީ ދެވަނަ ހާފްގައި ތިން ލަނޑު ޖަހައިގެންނެވެ. އޭނާ ހެޓްރިކް ފުރިހަމަކުރީ މެޗުގެ އިތުރު ވަގުތުގައެވެ. މެޗުގައި މޮޅަށް ކުޅުނު ޓަނާވެސް ދެގޯލް ޖެހިއެވެ. މެޗުގެ އިތުރު ވަގުތުގައި ވެލެންސިޔާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ބޯހާސް ފޮނުވާލި ބެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ވެލެންސިޔާއިން ވަނީ ޕްރެޒިޑެންޓްކަޕްގައި ދެފަހަރު މާޒިޔާ ބަލިކޮށްފައެވެ. އަދި އޭއެފްސީކަޕް ގްރޫޕް ސްޓޭޖަށް ދިއުމަށް ގިރާކުރަންޖެހޭ ފުރަތަމަ ފިޔަވަޅު ބޫޓާންގެ ޕަރޯ އެފްސީ ބަލިކޮށް ގިރާކުރިއެވެ. އެކަމަކު ދެވަނަ ފިޔަވަޅަށް ބަނގްލަދޭޝްގެ ޑާކާ އަބަހާނީއާ ވާދަކުރަން އެޤައުމަށް ނުދެވުނީ ޓިކެޓްވެސް ނަގާފައެވެ. އެއީ އެހެން ޚަރަދުތައް ކުރަން ފައިސާ ނެތްކަމަށް ބުނެއެވެ.

ދިވެހި ޕްރިމިއާ ލީގުދިރާގު ދިވެހި ޕްރިމިއާ ލީގުކުލަބު ވެލެންސިއާމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު