Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
130 ކިލޯ ޑްރަގް މައްސަލަ

130 ކިލޯ ޑްރަގް: "ދޫކޮށްލި ދެމީހުންގެ އަވަސް ފަރުވާދޭން ޖެހޭ ސީރިއަސް ބައްޔެއް ހުރިކަން ފާހަގަކޮށްފައިނުވޭ"

އެމީހުން ބޭސްފަރުވާއަށް 2 މަހަށް ދޫކޮށްލުމަށް ނިންމެވީ 6 އޭޕްރީލް 2022 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 އެޕްރީލު 2022 | އާދީއްތަ 08:28
130 ކިލޯ ޑްރަގް މައްސަލައިގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުވާ 2 މީހުން ބޭސްފަރުވާއަށް ދޫކޮށްލި މައްސަލަ

130 ކިލޯ ޑްރަގް މައްސަލައިގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުވާ 2 މީހުން ބޭސްފަރުވާއަށް ދޫކޮށްލި މައްސަލަ

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ ދެ މީހުން ބޭސްފަރުވާއަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުކޮށް، އެކަމާއި ގުޅޭ ދައުވާ އުފުލާފައިވަނީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމްއާއި، ހއ. ހޯރަފުށި، ވައިލެޓްވިލާ އަހުމަދު މޫސާގެ މައްޗަށެވެ.

އެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ބޭސްފަރުވާއަށް 2 މަހަށް ދޫކޮށްލުމަށް ނިންމެވީ 6 އޭޕްރީލް 2022 ގައި ކުރިއަށްދިޔަ އަޑުއެހުމުގައެވެ.

މި އަޑުއެހުމުގައި ޝަހީބުގެ ފަރާތުން ވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަމުގައި އިހުމާލުވާކަމަށް ބަޔާންކޮށްފައެވެ. އެގޮތުން އޭނާގެ ނަފްސާނީ މައްސަލަތަކާއި، ކަށީގެ މައްސަލަތައް ހުރިއިރު، އެ ކަންކަމުގައި އެކަށީގެންވާ ފަރުވާ ދެވިފައިނުވާކަން ދިފާއުން ފާހަގަކުރެއެވެ. އޭނާގެ މައިބަދައިގެ 2 ޑިސްކް ގުޑާފައިވާއިރު، އެކަމާއި ގުޅިގެން ދޭންޖެހޭ ފަރުވާވެސް ދެވިފައިނުވާކަމަށް ދިފާއުން ބުނެއެވެ.

މީގެއިތުރުން، އޭނާ ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމުން އޭނާއަށް ކައުންސެލިންގ ދޭންޖެހޭނެކަމަށް ބުނެފައިވީ ނަމަވެސް އެކަންވެސް ކުރިއަށް ނުދާކަން އޭނާގެ ވަކީލު ފާހަގަކުރެއެވެ.

އަހުމަދު މޫސާގެ ނޭވާލާ ނިޒާމުގެ މައްސަލަތަކެއް ހުރިއިރު، އެކަމާއި ގުޅިގެން ހަދަންޖެހޭ ޓެސްޓުތައް ހެދިފައި ނުވާކަމަށް އޭގެ ކުރިން ބުނެފައިވެއެވެ. ނަމަވެސް އެ އަޑުއެހުމުގައި ބުނެފައިވަނީ، ބޭސްފަރުވާ އާއި ގުޅޭގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށާއި، މިހާރު ޙާލު ރަނގަޅު ކަމަށެވެ.

ޖުމުލަ ގޮތެއްގައި އެ ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ދެމީހުން ބޭސްފަރުވާއަށް 2 މަހަށް ދޫކޮށްލެއްވުމަށް ނިންމަވާފައެވެ.

ހައިކޯޓުގައި އާދިއްތަ ދުވަހު ދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ އެ ދެމީހުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރާ ސަބަބުތައް ބަޔާންކޮށްފައެވެ. އެގޮތުން ޝަހީބު އިބްރާހިމްގެ ފަރާތުންވެސް އަދި އަހުމަދު މޫސާގެ ފަރާތުންވެސް އަވަސް ފަރުވާދޭން ޖެހޭ ސީރިއަސް ބައްޔެއް ހުރިކަން ފާހަގަކޮށްފައި ނުވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މީގެއިތުރުން، ބޭސްފަރުވާއާއި ގުޅޭގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށާއި، މިހާރު ޙާލު ރަނގަޅު ކަމަށް އަހުމަދު މޫސާގެ ފަރާތުން ބުނެފައިވާއިރު، ޝަހީބު އިބްރާހިމްގެ ފަރާތުން ސިއްޙީ ޙާލަތާއި ގުޅޭގޮތުން ފާހަގަކުރި ކަންބޮޑުވުންތަކާއި ގުޅިގެން ޖަލުގެ ޑޮކްޓަރުންނަށް ދައްކައި، ބޭސްފަރުވާ ފޯރުކޮށްދެވިފައިވާކަމަށް ވަކީލާ ވިދާޅުވިއެވެ.

އަދި އޭނާ ފަހުން ޑޮކްޓަރަށް ދެއްކިއިރު، ކަށީގެ ޑޮކްޓަރަކަށް ދެއްކުމަށް އެއްވެސް ޑޮކްޓަރަކު ރިފަރކޮށްފައި ނުވާކަމަށް ވަކީލާ ވިދާޅުވިއެވެ.

ނަފްސާނީ މައްސަލަތަކަށް ކައުންސެލިންގ ނުދޭ ޝަކުވާއާއި ގުޅިގެން ދައުލަތުން ބުނީ، އޭނާ ކޮންމެ 3 މަހަކުން ރިވިއުއަށް ގެނެސް ބޭސްދެމުންދާ ކަމަށެވެ. އަދި ސައިކޯ ތެރަޕީ ކައުންސެލިންއަށް އޭނާ ފަހުން ރިފަރކޮށްފައިވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެގޮތުން ރޯދަމަސް ނިމުމާއެކު އޭނާގެ ކައުންސެލިންގ ފެށޭނެކަމަށް ކަރެކްޝަންސްއާއި ޙަވާލާދީ ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އަދި ޝަހީބުގެ ކޭސް އާރޖެންޓް ކޭސްއެއްގެ ގޮތުގައި ރިފަރކޮށްފައި ނުވާކަމަށާއި، ކައުންސެލިންގ ތެރަޕީ ދެމުންގެންދަނީ ކޭސްތަކުގެ އާރޖެންސީއަށް ބަލައިގެންކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އޭނާގެ ނަފްސާނީ ޙާލަތު ދަށްވަމުންދާކަން އެނގެން ނެތްކަންވެސް ޑޮކްޓަރުންގެ މައުލޫމާތުތަކާއި ޙަވާލާދީ ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މީގެއިތުރުން، އެމީހުންގެ މައްސަލައިގައި ހިމެނޭ ހެކިންނަކީ އެމީހުންނާ އެކުގައި އުޅޭ މީހުންކަމަށްވުމާއެކު، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތުވެސް ބޮޑުކަމަށް ދައުލަތުން ބުނެއެވެ. އެ ދެމީހުން ބަންދުން ދޫކޮށްލަން ޖެހޭފަދަ ޙާލަތެއް ވުޖޫދުވެފައި ނުވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެ ނުކުތާތަކަށް ޝަހީބުގެ ފަރާތުން ވަނީ ރައްދުވެސް ދީފައެވެ. އެގޮތުން ޝަހީބުގެ ފަރާތުން ހުށައަޅާފައިވާ ޝަކުވާތަކަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ފޯރުކޮށްދެވިފައިނުވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ. ވަކީލު ވިދާޅުވި ގޮތުގައި ދައުލަތުން އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށް ނުދޭކަން ލިޔެކިޔުންތަކުން އެނގެއެވެ.

އޭނާއަކީ ޑިޕްރެޝަނާއި އެންޒައިޓީ ތަހައްމަލު ކުރަމުންދާ ފަރާތެއްކަމަށްވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ. އޭނާ މީގެ ކުރިން ދަންޖެހުމަށްވެސް މަސައްކަތް ކޮށްފައިވާކަމަށް ޝަހީބުގެ ވަކީލު މަހުފޫޒު ސައީދު ފާހަގަކުރެއްވިއެވެ.

އެއަށްފަހު އަހުމަދު މޫސާގެ ފަރާތުން އިސްތިއުނާފަށް ޖަވާބުދީފައިވާއިރު، އޭނާގެ ފަރާތުންވެސް ވަނީ އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާ ފޯރުކޮށްދެވިފައި ނުވާކަމަށް ބަޔާންކޮށްފައެވެ.

އެއަށްފަހު ޚުލާސާ ގޮތެއްގައި ދައުލަތާއި، ދައުވާ ލިބޭ ފަރާތްތަކުންވެސް ވަނީ ވާހަކަދައްކާފައެވެ.

ދެން މި މައްސަލައިގައި އިތުރަށް ސާފުކުރަން ޖެހޭ ކަމެއް ނެތްނަމަ އޮންނާނީ ޙުކުމް ކުރުމެވެ.

ކްރިމިނަލް ކޯޓްހައި ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު