Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއަރ ލީގު

ރޮނާލްޑޯގެ ހެޓްރިކުން ޔުނައިޓެޑަށް އުންމީދެއް

ނޮރިޗް ސިޓީ ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 3-2 ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 16 އެޕްރީލު 2022 | ހޮނިހިރު 19:05
ނޮރިޗް ކޮޅަށް ލަނޑު ޖެހުމަށްފަހު ރޮނާލްޑޮ އުފާ ފާޅު ކުރަނީ

ނޮރިޗް ކޮޅަށް ލަނޑު ޖެހުމަށްފަހު ރޮނާލްޑޮ އުފާ ފާޅު ކުރަނީ

މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން އެޓީމަށް ލީގު ތާވަލުގެ ގަދަ ހަތަރެއްގެ އުންމީދު އައުކޮށްދީފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ނޮރިޗް ސިޓީ ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 3-2 ންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ތިން ލަނޑުވެސް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. ފުރަތަމަ ހާފުގެ ތެރޭގައި ރޮނާލްޑޯ ޔުނައިޓެޑަށް ދެލަނޑުގެ ލީޑެއް ނަގައިދިނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނޮރިޗްގެ ކީރަން ޑޯވެލް ލަނޑެއް ޖަހާ ފަރަގު ކުޑަކުރިއެވެ.

ދެވަނަ ހާފުގައި ނޮރިޗްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޓީމޫ ޕުކީއެވެ. ޔުނައިޓެޑް މޮޅުވީ މެޗުގެ 76 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހި ލަނޑުންނެވެ.

މި ނަތީޖާއާއެކު ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޔުނައިޓެޑް އޮތީ 32 މެޗު ކުޅެގެން ލިބުނު 54 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނާގައެވެ.

ލީގުގައި ހޮނިހިރު ދުވަހު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބްރައިޓަން ވަނީ ޓޮޓެންހަމް ކައިރިން 1-0 ން މޮޅުވެފައެވެ. މިވަގުތު ހަތަރު ވަނާގައި އޮތް ނަމަވެސް މިބައްޔާއެކު, ހޮނިހިރު ދުވަހުގެރޭގެ މެޗުތައް ނިމޭއިރުވެސް ޓޮޓެންހަމް ހަތަރުވަނައިން ސޮއްސާލުމުގެ ފުރުޞަތު އޮތެވެ. އެއީ އާސެނަލް މެޗު ކާމިޔާބު ކޮށްފިނަމައެވެ. ޓޮޓެންހަމް ހަތަރު ވަނާގައި އޮތީ 32 މެޗުން 57 ޕޮއިންޓާއެކުއެވެ. ނަމަވެސް ސައުތެމްޕްޓަން އަތުން އާސެނަލް ބަލިވީ 1-0 ންނެވެ. މިއާއެކު އާސެނަލް އޮތީ ތާވަލުގެ ފަސް ވަނާގައި 54 ޕޮއިންޓު ލިބިގެންނެވެ. ވަޓްފޯޑްގެ މައްޗަށް ބްރެންޓްފޯޑް ކުރިހޯދީ 2-1 ންނެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްކްރިސްޓިއާނޯ ރޮނާލްޑޯ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު