Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

ރެއާލް މެޑްރިޑާއި ދެކޮޅަށް ސެމީގައި މެންޗެސްޓަރ ސިޓީ

13 އެޕްރީލު 2022 | ބުދަ 21:40

ސިޓީއާއި އެތްލެޓިކޯ ވާދަކުރި ދެވަނަ ލެގު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 އެޕްރީލު 2022 | ބުދަ 21:40
މެޗުގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ގުންޑޮގާން

މެޗުގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ގުންޑޮގާން

ކުއާޓަރ ފައިނަލް ދެވަނަ ލެގުގައި ލަނޑެއް ނުޖެހި އެއްވަރުވިޔަސް ސެމީފައިނަލްގައި ރެއާލް މެޑްރިޑާއި ވާދަކުރާނެ ޓީމަކަށް މެންޗެސްޓަރ ސިޓީ ވެއްޖެއެވެ. ޗެމްޕިއަންސް ލީގު ކުއާޓަރ ފައިނަލް ދެވަނަ ލެގުގައި އެތްލެޓިކޯ މެދްރިޑްގެ ދަނޑުގައި ކުޅެ މެންޗެސްޓަރ ސިޓީން މެޗު ނިންމާލީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެކަމަކު ފުރަތަމަ ލެގުގައި ސިޓީގެ ދަނޑުގައި 1-0 ން ކުރިހޯދާފައިވާތީ ސިޓީއަށް ވަނީ ސެމީގެ ޖާގަ ލިބިފައެވެ.

އެތްލެޓިކޯގެ ފަރާތުން ފިޒިކަލް ކުޅުމެއް ފެނުނު މެޗުގައި ލަނޑުޖަހަން ސިޓީން މަދު ފުރުޞަތުތަކެއް ތަނަވަސްކުރިއެވެ. މުޅި މެޗަށްބަލާއިރުވެސް އެންމެ ރަނގަޅު އެޓޭކަކީ ފުރަތަމަ ހާފްގައި ގުންޑޮގާން ފޮނުވާލި ބޯޅައެވެ. ތިރިތިރިން ފޮނުވާލި އެބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. މެޗުގެ ފަހު މިނިޓްގެ ތެރޭގައި ދެޓީމްގެ ކުޅުންތެރިން ހޫނުވެ, ހަމަނުޖެހުން ހިނގާ މެޗު ކޮންޓްރޯލްކުރަން ރެފްރީއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. އެހަމަނުޖެހުންތައް ނިމުމަކަށް އައީ އެތްލެޓިކޯގެ ޑިފެންޑަރު ފެލިޕެއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑް ދައްކައިގެންނެވެ. ފުރަތަމަ ރީނދޫ ކާޑު އޭނާއަށް ދެއްކީ ފުރަތަމަ ހާފްގައި ފޮޑެންއަށް ކުރި ނުރައްކާތެރި ފައުލަކަށެވެ. ހަމަނުޖެހުންތަކާއި ގުޅިގެން އިތުރު ވަގުތުގެ ގޮތުގައި 9 މިނިޓް ދެއްކިއެވެ. އަދި 12 މިނިޓް ކުޅުނެވެ. 12 މިނިޓް އެތްލެޓިކޯއިން ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ.

މިދިޔަ ސީޒަންގައި ފައިނަލްގައި ޗެލްސީ އަތުން ބަލިވި މެންޗެސްޓަރ ސިޓީއަށް މިފަހަރު ސެމީގައި އޮތީ އުނދަގޫ އިމްތިހާނެކެވެ. އެއީ ޗެލްސީ ބަލިކޮށް ސެމީން ޖާގަ ހޯދި ރެއާލް މެޑްރިޑް ބަލިކުރުމެވެ. ސެމީފައިނަލް ފުރަތަމަ ލެގު ކުޅޭނީ މިމަހު 26 އަދި 27 ގައެވެ. ދެވަނަ ލެގު ކުޅޭނީ މެއި މަހުގެ 3 އަދި 4 ގައެވެ.

ޗެމްޕިއަންސް ލީގުމެންޗެސްޓަރ ސިޓީއެތުލެޓިކޯ މެޑްރިޑް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
28 ސެޕްޓެމްބަރު 2025

އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި

28 ސެޕްޓެމްބަރު 2025
އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި
28 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

28 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް