Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ހިންމަފުށީ ކައުންސިލާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ހިންމަފުށީ ކައުންސިލާއާއި ބައްދަލުކުރައްވާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އެރަށުގެ ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކޮށް އިތުރު ޚިދުމަތްތައް ތަޢާރަފުކުރަން ބޭނުންވާކަމާއި ޕިކްނިކް އައިލެންޑެއްގެ މުހިންމުކަން ކައުންސިލަރުން ފާހަގަކުރެއްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 އެޕްރީލު 2022 | ހޯމަ 12:43
ރައީސް ކ.ހިންމަފުށީ ކައުންސިލާ ބައްދަލުކުރެއްވުން

ރައީސް ކ.ހިންމަފުށީ ކައުންސިލާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއް އިބްރާހީމް މުހައްމަދު ޞާލިހު ކ. ހިންމަފުށީ ކައުންސިލާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްގެންދާ އެކިއެކި މަޝްރޫޢުތަކާ ގުޅޭގޮތުންނާއި ކައުންސިލާއި ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ދަތި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގެ ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކޮށް އިތުރު ޚިދުމަތްތައް ތަޢާރަފުކުރަން ބޭނުންވާކަމާއި ޕިކްނިކް އައިލެންޑެއްގެ މުހިންމުކަމާއި، ގިރާ ސަރަޙައްދު ހިމާޔަތްކޮށް އެ ސަރަޙައްދުގައި ބީޗެއް ތަރައްޤީކުރަން ބޭނުންވާކަން ހިމެނެއެވެ. މީގެ އިތުރުން ކައުންސިލް އިދާރާގެ އައު އިމާރާތެއްގެ މުހިންމުކަމާއި އެކިއެކި ޖަލްސާ އަދި ހަރާކާތްތައް ބާއްވާނެ މަލްޓިޕާޕަސް ހޯލެއްގެ މުހިންމުކަމާއި އަދި ފުލުހުންގެ ޚިދުމަތް ފުޅާކުރަން ބޭނުންވާކަމާއި ޒުވާނުންނަށް ޓާފް ދަނޑެއް ތަރައްޤީކުރަން ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ގެނެވެން ހުރި މުހިންމު ބަދަލުތައް ގެނެސްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ރަށްރަށުގައި ކުރިޔަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދަވާނީ ކައުންސިލާއި ރައްޔިތުންގެ މަޝްވަރާއާ އެކުގައިކަން ފާހަގަކުރައްވާފައެވެ.

ރައީސް ސާލިހު ކ.ހިންމަފުށި

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2023

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

05 އޮކްޓޯބަރު 2023
ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި
02 އޮކްޓޯބަރު 2023

އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

02 އޮކްޓޯބަރު 2023
އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި
02 އޮކްޓޯބަރު 2023

''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

02 އޮކްޓޯބަރު 2023
''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''
14 ސެޕްޓެމްބަރު 2023

ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

14 ސެޕްޓެމްބަރު 2023
ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި
11 ސެޕްޓެމްބަރު 2023

ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!

11 ސެޕްޓެމްބަރު 2023
ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!
11 ސެޕްޓެމްބަރު 2023

އިންތިޚާބުގެ ކެންޕޭނާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހުނު ބައެއް ކަންތައްތަކަށް ފަރުވާ ކުޑަކުރެވިފައިވޭ: ރައީސް ސާލިހު

11 ސެޕްޓެމްބަރު 2023
އިންތިޚާބުގެ ކެންޕޭނާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހުނު ބައެއް ކަންތައްތަކަށް ފަރުވާ ކުޑަކުރެވިފައިވޭ: ރައީސް ސާލިހު
11 ސެޕްޓެމްބަރު 2023

ބޭރުގެ ސިފައިންނާއި ގުޅުވައިގެން ދައްކަނީ ދޮގުވާހަކަ، މިފަހަރުގެ ކެންޕޭންގައި މިކަންކަން ރައްޔިތުންނަށް ސާފުކޮށްދޭނަން: ރައީސް ސާލިހު

11 ސެޕްޓެމްބަރު 2023
ބޭރުގެ ސިފައިންނާއި ގުޅުވައިގެން ދައްކަނީ ދޮގުވާހަކަ، މިފަހަރުގެ ކެންޕޭންގައި މިކަންކަން ރައްޔިތުންނަށް ސާފުކޮށްދޭނަން: ރައީސް ސާލިހު
01 ސެޕްޓެމްބަރު 2023

އިންތިޚާބުގައި ވޯޓުލާއިރު އަންހެނުން ބާރުވެރިކުރުވައި ތައުލީމަށް ޚިދުމަތް ކުރެއްވުމުގެ ރިކޯޑު އޮތް ވެރިއެއް އިޚުތިޔާރު ކުރަންޖެހޭ: ދިޔާނާ

01 ސެޕްޓެމްބަރު 2023
އިންތިޚާބުގައި ވޯޓުލާއިރު އަންހެނުން ބާރުވެރިކުރުވައި ތައުލީމަށް ޚިދުމަތް ކުރެއްވުމުގެ ރިކޯޑު އޮތް ވެރިއެއް އިޚުތިޔާރު ކުރަންޖެހޭ: ދިޔާނާ
01 ސެޕްޓެމްބަރު 2023

ރައީސް ސާލިހަކީ ފޮޓޯ ނަންގަވާ ކަންކަން ދައްކަވަން އުޅުއްވާ ރައީސެއް ނޫން، އެއީ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ ރައީސެއް: އަސްލަމް

01 ސެޕްޓެމްބަރު 2023
ރައީސް ސާލިހަކީ ފޮޓޯ ނަންގަވާ ކަންކަން ދައްކަވަން އުޅުއްވާ ރައީސެއް ނޫން، އެއީ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ ރައީސެއް: އަސްލަމް
28 އޯގަސްޓު 2023

އެއްބޭފުޅަކު ގޮވަނީ ވަގަށް، އަނެއް ބޭފުޅަކު ކުރައްވަނީ އިހްތިރާމް

28 އޯގަސްޓު 2023
އެއްބޭފުޅަކު ގޮވަނީ ވަގަށް، އަނެއް ބޭފުޅަކު ކުރައްވަނީ އިހްތިރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު