Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިއްދޫ އައިސް ޕްލާންޓް

ދިއްދޫ އައިސް ޕްލާންޓް ބަޔަކާއި ހަވާލު ނުވެ އޮތީ އެކަށީގެންވާ ބިޑެއް ނުލިބޭތީ - މިނިސްޓަރު

މަސައްކަތުގެ މުއްދަތު 6 މަހުން 8 މަހަށް ބަދަލުކޮށްފައިވާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 11 އެޕްރީލު 2022 | ހޯމަ 06:42
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން އާއި ސުވާލުކުރެއްވުން

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން އާއި ސުވާލުކުރެއްވުން

ހއ.ދިއްދޫ އައިސް ޕްލާންޓްގެ މަސައްކަތް ބަޔަކާއި ހަވާލުނުވެ އޮތީ، އެކަށީގެންވާ ފަރާތަކުން ބިޑް ހުށައަޅާފައި ނުވާތީކަމުގައި ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، 2021 ސެޕްޓެމްބަރު 8 ވަނަ ދުވަހު، ސަޢޫދީ ފަންޑުގެ އެހީގައި ހއ. ދިއްދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކުރުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން އިޢުލާންކުރެއްވުމަށްފަހު، އެ ޕްރޮޖެކްޓްގެ އެއްވެސް މައުލޫމާތެއް ފަހުން ލިބިފައި ނުވާތީ އެކަން ސާފުކުރެއްވުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުުﷲ ވަހީދު ކުރެއްވި ސުވާލަށް މަޖިލީހުގެ ތަޅުމުގައި ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ، އެމަސައްކަތަށް ބިޑަށް ހުޅުވާލުމުން ބިޑް ހުށައަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށެވެ. އަދި މި ބިޑަކީ އިންޓަރނޭޝަނަލް ބިޑަކަށްވާތީ، ބިޑް ހުށައަޅާ ފަރާތުން ފިނޭންސް މިނިސްޓްރީގައި ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް ބިޑް ހުށައެޅި ފަރާތުން ކުރިން ފިނޭންންސް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ނުވާތީ، އެ ބިޑް ކެންސަލްވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެތަން ހެދުމަށް 6 މަސް ދުވަސް ކަނޑައަޅާފައިވާތީ، ބޭރުން ތަކެތި ގެނައުމަށް ހުރި ދަތިކަމުގެ ސަބަބުން އެ މުއްދަތުގެ ތެރޭގައި އެ ތަން ނުނިމިދާނެތީ، އެކަށީގެންވާ ބިޑް ލިބުމުގެ ދަތިކަން ހުރި ކަމަށެވެ.

އަދި މި މަސައްކަތުގެ ފައިނޭންޝަލް އެލިޖިބިލިޓީ ހުރި ގޮތުން ދިވެހި ކުންފުނިތަކަށް ބިޑް ހުށައެޅުމުގެ ފުރުސަތު ކުޑަ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ހުރިހާ ކަމަކަށް ބަލައި، މަސައްކަތުގެ މުއްދަތު 6 މަހުން 8 މަހަށް ބަދަލުކޮށްފައިވާނެ ކަމަށެވެ. އަދި ބީލަން ކަރުދާހަށް ބަދަލު ގެނެސް ދެވަނަ ފަހަރަށް ބިޑަށް ހުޅުވާލުމަށް 4 އެޕްރީލް 2022ގައި ފިނޭންސަށް ފޮނުވާފައިވާ ކަމަށެވެ. ބީލަން ކަރުދާހަށް ގެނެސްފައިވާ ބަދަލުތަކަށް ސައުދީ ފަންޑުގެ ރުހުން ލިބުމުން ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލެވޭނެ ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެމަސައްކަތް ނިންމާނެ ތާރީޚެއް އެނގިގެންދާނީ، ދެވަނަ ފަހަރަށް ބީލަން ހުޅުވާލެވި، މަސައްކަތް ހަވާލުކުރުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ސައުދީ ފަންޑުން ގާއިމް ކުރުމަށް ނިންމާފައިވާ އެހެނިހެން އައިސް ޕްލާންޓްތަކުގެވެސް ކަން ހިނގަމުން އަންނަ ގޮތް ކަމަށްވެސް މިނިސްޓަރު ސާފުކޮށްދެއްވިއެވެ.

އިތުރު ބައެއް އައިސް ޕްލާންޓްތަކުގެ ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގުރައިދޫ އައިސް ޕްލާންޓް ނުހިނގާ ހުރީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި، އެމައްސަލަ ރަނގަޅު ކުރުމަށް ފެނަކަ އާއި ހަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެއިތުރުން ގެމަނަފުށީގައި 50 ޓަނުގެ އައިސް ޕްލާންޓްގެ މަސައްކަތަކީ، އިންޑިއަން އެގްޒިމް ބޭންކްގެ މަސައްކަތެއް ކަމަށާއި، އެމަސައްކަތް ހިމެނެނީ ފެލިވަރުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަޝްރޫއުގެ ތެރޭގައި ކަމަށެވެ. އަދި ފެލިވަރު ކޭނިން ކެޕޭސިޓީ އަދި ކޯލްޑް ސްޓޯރޭޖް ހެދުމަށް ފުރަތަމަ ޕްރި ކޮލިފައި ކުރާނެ ފަރާތެއް ލިބިފައިނުވާކަމަށެވެ. އެހެންކަމުން ދެވަނަ ފަހަރަށް ހުޅުވާލުމުން ޕްރި ކޮލިފިކޭޝަނަށް އެއް ފަރާތަކުން ހުށައަޅާފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ އިވެލުއޭޝަން މަރުހަލާ ކަމުގައި ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރމިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގަރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން

ކޮމެންޓް

އިތުރަށް ކިޔާލަން

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު

ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު

17 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު