Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިޝަރީޒް މިނިސްޓްރީ

ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް

މި ދަތުރުގައި ހަ މަސްވެރިން ބައިވެރިވޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 10 މެއި 2023 | ބުދަ 05:52
ޖަޕާނުގެ ދަތުރުގައި ބައިވެރިވާ ދިވެހި މަސްވެރިން

ޖަޕާނުގެ ދަތުރުގައި ބައިވެރިވާ ދިވެހި މަސްވެރިން

މަސްވެރިކަމުގެ ދައިރާއިން ތަމްރީނާއި ތަޖުރިބާ ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް ފުރައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގުޅިގެން މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް އެކުލަވާލައިފައިވާ "ދަ ޕްރޮޖެކްޓް ފޮރދަ ޕްރޮމޯޝަން އޮފް ދަ ބްރލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ" ގެ ދަށުން ކުރާ ދަތުރެކެވެ. މި ދަތުރުގައި ބައިވެރިވާ މަސްވެރިން ޖަޕާނަށް ފުރާފައިވަނީ އަންގާރަ ދުވަހުއެވެ.

Advertisement - newsAdvertisement

މި ޕްރޮޖެކްޓަކީ ދިވެހި މަސްވެރިން ދޮށީގައި އަދި އަތުނަނުގައި ކުރަމުންދާ މަސްވެރިކަމުގައި ބާނާ ކަނޑުމުގެ ކޮލިޓީ ރަނގަޅު ކުރުމަށާއި، އެންވެރިކަމުގައި ދިމާވާ ބައެއް މައްސަލަކަށް ހައްލު ހޯދުމަށާއި އަދި ރަށު ފެންވަރުގައި މަހާއި މަހުގެ އުފެއްދުންތައް ތައްޔާރު ކުރަމުންދާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރުމަށް ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ފެށީ 2022 ވަނަ އަހަރުގައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން ދޮށީގެ މަސްވެރިކަން ކުރުމުގައި އެން މަރުވާ ނިސްބަތް މަދު ކުރުމަށް އެންވަތުގެ ފަރުމާއަށް ގެންނަން ޖެހޭ ބަދަލުތައް ފާހަގަކޮށް އެ ބަދަލުތައް ގެނައުމުގެ މަސައްކަތް މިިހާރު ދަނީ ކުރަމުންނެވެ. އަދިި އަތުނަނުގެ މަސްވެރިކަމުގައި ބާނާ ބޮޑުކަންނެލީގެ ކޮލިޓީ ރަނގަޅުކޮށް، ކަންނެލި ރިޖެކްޓްވާ މިންވަރު މަދުކުރުމަށް ޖަޕާނުގެ މަސްވެރިން ބޭނުން ކުރަމުންދާ އުކުލުތައް ބޭނުންކޮށްގެން ބޮޑުކަންނެލީގެ ކޮލިޓީ ރަނގަޅު ކުރުމަށް ހިންގާ މަސައްކތުގެ ރަނގަޅު ނަތީޖާ ފެނި، އެ މަސައްކަތް ރާއްޖޭގެ ހުރިހާ އުޅަނދަކަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޖަޕާނަށް ދަތުރު ކުރާ ދިވެހި މަސްވެރިންނަށް ޖަޕާނުގެ މަސްވެރިން މަސައްކަތް ކުރާ ގޮތުގެ އަޖުމަބަލައި އެކަމާ ގުޅޭ ތަމްރީން ދޭނެއެވެ. އެގޮތުން ޖަޕާނު މަސްވެރިން ދޯނީގައި އެން ގެންގުޅޭ ގޮތާއި ބޮޑު ކަންނެލީގެ ކޮލިޓީ ދަމަހައްޓާ އުކުޅުތަކާއި، މަސް ވިއްކުމުގައި އެ ޤައުމުގައި އަމަލުކުރާ ގޮތްތައް ބަލައި އެ ޤައުމުގެ މަސްވެރިކަން މެނޭޖް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ދިވެހި މަސްވެރިންގެ ޓީމަކުން ކުރާ މި ދަތުރަކީ 20 ދުވަހުގެ ދަތުރެކެވެ. މި ދަތުރުގައި ގދ. މަޑަވެލި، "ކަމަނަ ދޯނި"، އދ. މަހިބަދޫ އަސުރުމާ 2، އަސުރުމާ 3، އަދި އަސަރީ ދޯންނާއި ޒޫމް ފިޝާ، ބ، ތުޅާދޫ ހައިޝަމް ދޯނީގެ ފަރާތުން ހަ މަސްވެރިން ބައިވެރިވެއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު