Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަހުގެ އަގު ބޮޑުކުރުން

ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު

17 ސެޕްޓެމްބަރު 2023 | އާދީއްތަ 07:04

ރާއްޖެއިން އިނގިރޭސިވިލާތަށާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުމުން، މަހުގެ އަގު ބޮޑުކުރާނެކަމަށް ސަރުކާރުން މީގެކުރިން ވެސް ބުނި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ސެޕްޓެމްބަރު 2023 | އާދީއްތަ 07:04
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވާހަކަފުޅުދައްކަވަނީ

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވާހަކަފުޅުދައްކަވަނީ | ރައީސް އޮފީސް

ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މަސް ގަންނަ އަގު ބޮޑުކުރުމާ ގުޅޭގޮތުން މިނިސްޓަރު ރާއްޖެއެމްވީއަށް ވިދާޅުވީ ރާއްޖެއިން އިނގިރޭސިވިލާތަށާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުމުން، މަސް ގަންނަ އަގު ބޮޑުކުރާނެކަމަށް ސަރުކާރުން މީގެކުރިން ވެސް ބުނި ކަމަށެވެ. އަދި އެގޮތަށް މިހާރު ހަމަޖެހުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން މަސް ގަންނަ އަގު ބޮޑުކުރެއްވީ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ވަރަށް ގިނަ ރިޔާސީ ކެންޑިޑޭޓުން މަސް ގަންނަ އަގު ބޮޑުކުރާނެކަމަށް މީގެކުރިން ވެސް ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް މަސް ގަންނަ އަގު ބޮޑުކުރެއްވީ ރައީސް ސާލިހު ކަމަށެވެ.

ބައެއް ފަރާތުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެގޮތުން މަސްވެރިންނަށް ދެރަ ދޭން މަސް ގަންނަ އަގު މިހުރިހާ ދުވަހު ބޮޑުނުކުރީ ކަމަށް ބުނެ ބައެއް މީހުން ދޮގު ވާހަކަ ފަތުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މަސް ބާނާ އަދަދު މިހާރު ދަށް ކަމަށާއި މަހަށްދާ މީހުންގެ އަދަދު ވެސް ދަށް ކަމަށެވެ. ބައެއް ފަރާތްތަކުން މަސް ނުގަންނަން ނިންމި ނަމަވެސް ސަރުކާރުން ބަލަން ޖެހޭނީ ޖުމްލަ ގޮތެއްގައި މިކަމުގެ ސަބަބުން ނުކުންނަ ނަތީޖާއަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން މަސްވެރިކަން މިހާ ދަށް ދަނޑިވަޅެއްގައި، މި ނިންމުމުގެ ސަބަބުން މީހުން މަހަށްދާން މީހުންނަށް ބާރު އެޅެންޏާ އެއީ އެހީތެރިވެދޭނެ ކަމަކަށްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި މަސްވެރިންނަށް ހަމައަގު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، މިފްކޯއިން މަސް ގަންނަ އަގުބޮޑުކުރީ 17 ސެޕްޓެމްބަރުން ފެށިގެންނެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ބުނީ އެ ކުންފުންޏަށް މަސްގަންނާނީ ކިލޯއެއް 25 ރުފިޔާއަށް ކަމަށެވެ. މިފްކޯއިން މި ނިންމުން ނިންމާފައި މިވަނީ މަސްވެރިންގެ ކަންބޮޑުވުންތަކުގެ ވާހަކަވެސް އެހުމަށްފަހު ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. އެ ކުންފުނިން އަންނަނީ މަސް ގަނެވޭ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ބާނާ މަހަށް ހަމައަގު ނުލިބުމާއި، އައިސް ލިބުމުގައި ދަތިތައް ކުރިމަތިވުމާއި، މަސް ކިރޭނެވަރުގެ ކެޕޭސިޓީ ރާއްޖޭގައި ނެތުމަކީ ޒަމާނުއްސުރެ އޮންނަ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް މިސަރުކާރުން މިކަމަށްވަނީ ވަރަށް ބޮޑު ހައްލެއް ގެނެސްދީފައެވެ.

ފިޝަރީސް މިނިސްޓްރީމިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގަރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންމަސްވެރިކަން

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

27 ޖުލައި 2026

"މަސްވެރިކަން ކުރުމަށް ހޭދަކުރާ ދުވަސްތަކަށްވުރެ ކަންނެލި ކިރުމަށާއި އައިސް ހޯދުމަށް ހޭދަކުރަންޖެހޭ ދުވަސްތައް ގިނަވުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ ދަށްވާ ސަބަބެއް!"

27 ޖުލައި 2026
"މަސްވެރިކަން ކުރުމަށް ހޭދަކުރާ ދުވަސްތަކަށްވުރެ ކަންނެލި ކިރުމަށާއި އައިސް ހޯދުމަށް ހޭދަކުރަންޖެހޭ ދުވަސްތައް ގިނަވުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ ދަށްވާ ސަބަބެއް!"
19 އެޕްރީލު 2026

2 ދުވަސް ވަންދެން ކޫއްޑޫއިން މަސްވެރިންނަށް ވިއްކާ ތެޔޮ ހުސްވިކަމެއް މިނިސްޓަރ ޝިޔާމަކަށް އެނގިވަޑައިނުގަންނަވާ

19 އެޕްރީލު 2026
2 ދުވަސް ވަންދެން ކޫއްޑޫއިން މަސްވެރިންނަށް ވިއްކާ ތެޔޮ ހުސްވިކަމެއް މިނިސްޓަރ ޝިޔާމަކަށް އެނގިވަޑައިނުގަންނަވާ
12 އެޕްރީލު 2026

ފީއަލީ ތެޔޮ ބޯޓުގައި ރޯވެ އައިސްޕްލާންޓް އަނދާ ހުލިވުން: ލިބުނު ގެއްލުން ބަލަން މިނިސްޓްރީގެ ޓީމެއް އެ ރަށުގައި.

12 އެޕްރީލު 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވެ އައިސްޕްލާންޓް އަނދާ ހުލިވުން: ލިބުނު ގެއްލުން ބަލަން މިނިސްޓްރީގެ ޓީމެއް އެ ރަށުގައި.
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
10 ޑިސެމްބަރު 2025

ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް

10 ޑިސެމްބަރު 2025
ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް
06 ޑިސެމްބަރު 2024

މަސްވެރިކަމުގެ ސިނާއަތުގައި ވާނުވާ ރައީސްއަށް އެނގިވަޑައިނުގަންނަވާ، މިއީ ސަރުކާރުގެ ފެއިލް ވުމެއްނޫންތޯ؟

06 ޑިސެމްބަރު 2024
މަސްވެރިކަމުގެ ސިނާއަތުގައި ވާނުވާ ރައީސްއަށް އެނގިވަޑައިނުގަންނަވާ، މިއީ ސަރުކާރުގެ ފެއިލް ވުމެއްނޫންތޯ؟
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
25 ޖޫން 2024

ކުޑަހުވަދޫ މަސްވެރިން މުޒާހަރާ ކުރަނީ، އައްޑޫ މަސްވެރިން މުޒާހަރާ ކުރަނީ

25 ޖޫން 2024
ކުޑަހުވަދޫ މަސްވެރިން މުޒާހަރާ ކުރަނީ، އައްޑޫ މަސްވެރިން މުޒާހަރާ ކުރަނީ
22 ޖޫން 2024

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

22 ޖޫން 2024
"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
08 ޖޫން 2024

ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި

08 ޖޫން 2024
ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް