Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިފްކޯ އިން ތައިލެންޑަށް ވިއްކާ މަސް

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ

24 މެއި 2023 | ބުދަ 05:13

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ނެތީ އެ ކުންފުނި މިނިސްޓްރީގެ ބެލުމުގެ ދަށުގައި ނެތުމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 މެއި 2023 | ބުދަ 05:13
ޑރ.ޙުސައިން ރަޝީދު ޙަސަން - މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ޑރ.ޙުސައިން ރަޝީދު ޙަސަން - މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ 3 ސުވާލުގެ ޖަވާބު ވަނީ އިއްވާފައެވެ.

މެންބަރު އިބްރާހީމް ރަޝީދު ކުރައްވާފައިވާ އެންމެ ފުރަތަމަ ސުވާލަކީ މިފްކޯއިން ތައިލެންޑަށް ވިއްކާފައިވާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލި މަހުގެ ރިޖެކްޓް ލެވެލް ފާއިތުވި 3 އަހަރު މިފްކޯގެ އިންވޮއިސްތަކުން ޑިސްކައުންޓް ކުރެވިފައިވާނަމަ ނުވަތަ ހިލޭ ދޫކޮށްލާފައިވާނަމަ އެ ފައިސާގެ ޖުމްލަ އަދަދަކީ ކޮބައިތޯއެވެ. އަދި އެ ހިސާބުތައް 2016 ،2017 އަދި 2018 ގައި ހުރި މިންވަރުގެ ތަފްސީލަކީ ކޮބާތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.

ދެ ވަނަ ސުވާލެއްގެ ގޮތުން ކުރައްވާފައި ވަނީ ފާއިތުވި 3 އަހަރު މިފްކޯ އިން ތައިލެންޑަށް ވިއްކާފައިވާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލި މަހުގެ ރިޖެކްޝަން ލެވެލް އަކީ ނުވަތަ ޝިޕްމެންޓްތަކުގެ އިންސައްތައަކީ ކިހާވަރެއްތޯ ސާފުކުރުމަށް ކުރައްވާފައިވާ ސުވާލެކެވެ.

ތިން ވަނަ ސުވާލަކީ ތައިލެންޑުގެ ބަނދަރާއި ހިސާބުން ނުވަތަ ގަންނަ ފަރާތުގެ ކޯލްޑް ސްޓޯރޭޖާއި ހިސާބުން ރިޖެކްޓްވާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލި މަހަށް ހައްދަވަނީ ކިހިނެތްތޯ ސާފުކުރުމަށް ކުރައްވާފައިވާ ސުވާލެވެ.

އެކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ އެ މައުލޫމާތަކީ މިނިސްޓްރީގެ ދަށުން ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށެވެ. އަދި އެ މައުލޫމާތަކީ މިފްކޯ އިން ބަލަހައްޓާ ކަމަށް ބެލެވޭ އެ ކުންފުނީގެ ވިޔަފާރި އާއި ބެހޭ މައުލޫމާތެއް ކަމަށް ވިދާޅުވިއެވެ. މިފްކޯ އަކީ އެ ވުޒާރާގެ ބެލުމުގެ ދަށުގައި ވާ ތަނަކަށް ނުވާތީ އެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރމިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ ޙުސައިން ރަޝީދު ޙަސަން

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
07 ޖޫން 2024

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ
27 އޮކްޓޯބަރު 2023

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި
12 އޯގަސްޓު 2023

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ
07 އޯގަސްޓު 2023

18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ

07 އޯގަސްޓު 2023
18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ
10 މެއި 2023

ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް

10 މެއި 2023
ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް
07 އެޕްރީލު 2023

ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު

07 އެޕްރީލު 2023
ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު
07 އެޕްރީލު 2023

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ކުރިން ހުއްދަ ހޯދަން އެދިއްޖެ

07 އެޕްރީލު 2023
ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ކުރިން ހުއްދަ ހޯދަން އެދިއްޖެ
05 އެޕްރީލު 2023

ގަސްތަކަށް ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރަންޖެހޭ: ޑރ. ހުސެއިން ރަޝީދު ހަސަން

05 އެޕްރީލު 2023
ގަސްތަކަށް ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރަންޖެހޭ: ޑރ. ހުސެއިން ރަޝީދު ހަސަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް