Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވީ.އެލް.ޑީ ހަރުކުރުމުގެ މަސައްކަތް

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

ލައިސަންސް ލިބިފައިވާ 534 އުޅަނދުގެ ތެރެއިން 318 އުޅަނދަކުން މިހާރު ވީ.އެލް.ޑީ ހަރުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 12 އޯގަސްޓު 2023 | ހޮނިހިރު 05:07
މަސްވެރި ދޯންޏެއް

މަސްވެރި ދޯންޏެއް

ލައިސަންސް ލިބިގެން ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ބޭނުންކުރާ ވެސަލް ލޮކޭޓިންގ ޑިވައިސް (ވީ.އެލް.ޑީ) އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އެދިއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ވީ.އެލް.ޑީ ހިލޭ ފޯރުކޮށްދީ ހަރުކޮށްދިނުމުގެ މަސައްކަތް، އޫރިދޫ މޯލްޑިވްސް މެދުވެރިކޮށް، 2020 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ކަމަށެވެ.

އެގޮތުން، ކަނޑުމަހުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ލިބިފައިވާ 534 އުޅަނދުގެ ތެރެއިން 318 އުޅަނދަކުން މިހާރު ވީ.އެލް.ޑީ ހަރުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. ކަނޑުމަހުގެ މަސްވެރިކަންކުރާ މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ކަނޑުމަހުގެ މަސްވެރިކަމުގެ ހަރަކާތްތައް މޮނިޓަރކޮށް ބެލެހެއްޓުމަށް އުޅަނދުފަހަރުގައި ވީ.އެލް.ޑީ ހަރުކޮށް ވެސެލް ޓްރެކިންގ ނިޒާމެއް ގާއިމްކޮށް ހިންގުމަށް ރާއްޖޭގެ މައްޗަށް ލާޒިމުވެއެވެ. އަދި މަތީ އަގުލިބޭ ޔޫރަޕިއަން ޔޫނިއަންފަދަ ބޭރުގެ ބާޒާރުތަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ވިއްކުމަށްޓަކާވެސް މިއީ ކުރަންޖެހިފައިވާ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން ކަނޑުމަހުގެ މަސްވެރިކަމަށް ލައިސަންސް ނަގާފައިވާ، ދިގުމިނުގައި 18 މީޓަރު (59 ފޫޓު) ހަމަވާ ހުރިހާ އުޅަނދެއްގައި ވީ.އެލް.ޑީ ހަރުކުރަންޖެހޭ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކަނޑުމަހުގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ ދިގުމިނުގެ އުޅަނދުތަކުގެ ތެރެއިން 90 އުޅަނދެއްގައި، އެކިއެކި ސަބަބުތަކަށްޓަކާ، މިއަދާއި ހަމައަށް ވީ.އެލް.ޑީ ހަރުކޮށްފައިނުވާތީ، 30 އޮކްޓޫބަރު 2023 ގެ ކުރިން، ވީ.އެލް.ޑީ ހަރުކުރުމަށް 7 އޯގަސްޓް 2023ގައި އަންގައި އިރުޝާދު ދީފައިވާ ކަމަށެވެ. ނަމަވެސް މިމުއްދަތުގެ ކުރިން ވީ.އެލް.ޑީ ހަރުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ބައެއް އޮޑިވެރިން ފާހަގަކޮށް، އެކަން މިމިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެހެންކަމުން ދިގުމިނުގައި 18 މީޓަރު ހަމަވާ އުޅަނދުފަހަރުގެ ތެރެއިން އެއްވެސް އުޅަނދަކަށް 30 އޮކްޓޫބަރު 2023 ގެ ކުރިން ވީ.އެލް.ޑީ ހަރުކުރުމުގެ މަސައްކަތް ނިންމުމަށް އެއްވެސް ހުރަހެއް ކުރިމަތިވާނަމަ، އެކަން، އުޅަނދުގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރާއެކު އެންގުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މިގޮތަށް ފޮނުވާ ލިޔުން މިނިސްޓްރީގެcompliance@fishagri.gov.mv އަށް އީމެއިލުން ނުވަތަ މިނިސްޓްރީގެ ކޮންޕްލަޔަންސް ސެކްޝަންގެ ވައިބަރ ނަންބަރ 7928721 އަށް ފޮނުވުމަށް ވަނީ އެދިފައެވެ.

މަސްވެރިންމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
10 ޑިސެމްބަރު 2024

މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

10 ޑިސެމްބަރު 2024
މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި
10 ޑިސެމްބަރު 2024

ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ

10 ޑިސެމްބަރު 2024
ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ
09 ޑިސެމްބަރު 2024

ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް

09 ޑިސެމްބަރު 2024
ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް
07 ޑިސެމްބަރު 2024

"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"

07 ޑިސެމްބަރު 2024
"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު