Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެސަލް ލޮކޭޓިންގ ޑިވައިސް

18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ

ލައިސަންސް ސަސްޕެންޑުކުރާނީ 30 އޮކްޓޯބަރުން ފެށިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 އޯގަސްޓު 2023 | ހޯމަ 12:18
މަސްވެރިކަންކުރާ އުޅަނދުތަކެއް

މަސްވެރިކަންކުރާ އުޅަނދުތަކެއް

ދިގުމިނުގައި 18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް (ވީ.އެލް.ޑީ) ހަރުނުކުރާނަމަ, ލައިސަންސް ސަސްޕެންޑްކުރަން ނިންމާފައި ވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 30 އޮކްޓޯބަރުން ފެށިގެން، ދިގުމިނުގައި 18 މީޓަރު ހަމަވާ އުޅަނދުތަކުން ވީ.އެލް.ޑީ ހަރުކޮށްފައި ނުވާނަމަ، އަދި އެ އުޅަނދުގެ ޓްރެކް މިނިސްޓްރީއަށް ނުފެންނަނަމަ، އެއުޅަނދަށް ދޫކޮށްފައިވާ ކަނޑުމަހުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް، އެ އުޅަނދެއްގައި ވީ.އެލް.ޑީ ހަރުކުރެވި އުޅަނދުގެ ޓްރެކް މިނިސްޓްރީއަށް ލިބެން ފެށުމާ ހަމައަށް ސަސްޕެންޑް ކުރެވޭނެކަމަށެވެ.

އެހެންކަމުން، މިހާތަނަށް ވީ.އެލް.ޑީ ހަރުކޮށްފައި ނުވާ އުޅަނދުތަކުންނާއި ވީ.އެލް.ޑީ އެކްޓިވޭޓްކޮށްފައިވާ ނުވާ އުޅަނދުފަހަރުން، އުރީދޫގެ ހޮޓްލައިން 221 (ދިރާގު ނަންބަރުތަކުން 9613221)ށް ގުޅައި، ވީ.އެލް.ޑީ ހަރުކުރުމުގެ ކަންކަން ވީ އެންމެ އަވަހަކަށް ނިންމުމަށް ވަނީ އަންގާފައެވެ. އަދި އެއްވެސް ސަބަބަކާހުރެ އުޅަނދުގެ ޓްރެކް މިހާރު ފެންނަމުން ނުދާ އުޅަނދުފަހަރުން، އުރީދޫގެ ހޮޓްލައިންއަށް ގުޅައި އެމައްސަލަތަކަށް ހައްލު ހޯދުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދުގެ ދަށުން، ކަނޑުމަހުގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ދިގުމިނުގައި 18 މީޓަރު (59 ފޫޓު) ހަމަވާ ހުރިހާ އުޅަނދުތަކުގައި، މިނިސްޓްރީއިން ކަނޑައަޅާފައިވާ ގޮތުގެ މަތިން ވެސަލް ލޮކޭޓިންގ ޑިވައިސް (ވީ.އެލް.ޑީ) ހަރުކުރުމަކީ ކަނޑުމަހުގެ މަސްވެރިކަން ކުރުމަށް ދޫކުރެވިފައިވާ މަސްވެރިކަމުގެ ލައިސަންސްގެ ޝަރުތެކެވެ.

އެހެންކަމުން، ލައިސަންސް ލިބިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ދިގުމިނުގައި 18 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރުން މަތީގައި ހަވާލާދީފައިވާ ކަނޑުމަހުގެ މަސްވެރިކަން ރާވައި ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ވީ.އެލް.ޑީ ހަރުކޮށްފައި ނުވުން ބެލެވޭނީ އެ އުޅަނދަކުން މަސްވެރިކަމުގެ ލައިސަންސްގެ ޝަރުތަކާ ޚިލާފުވުން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ލައިސަންސް ލިބިގެން ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްވެރިވަމުންދާ އުޅަނދުފަހަރުގެ ހަރަކާތްތައް ވެސަލް މޮނިޓަރިންގ ސިސްޓަމް މެދުވެރިކޮށް ބެލުމުގެ މަސައްކަތް 2020 ވަނަ އަހަރުން ފެށިގެން އެ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ، ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރާއި އެ އުޅަނދުފަހަރުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، ބައިނަލްއަގުވާމީ ގޮތުން ދިވެހިރާއްޖޭގެ މައްޗަށް ލާޒިމުވާ ވެސަލް ޓްރެކިންގ ނިޒާމެއްގެ ތެރެއިން މަސްވެރިކަމުގެ ހަރަކާތްތައް މޮނިޓަރކޮށް, ބެލެހެއްޓުން ހަރުދަނާކުރުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
07 ޖޫން 2024

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ
27 އޮކްޓޯބަރު 2023

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި
12 އޯގަސްޓު 2023

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ
10 މެއި 2023

ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް

10 މެއި 2023
ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް
07 އެޕްރީލު 2023

ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު

07 އެޕްރީލު 2023
ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު
07 އެޕްރީލު 2023

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ކުރިން ހުއްދަ ހޯދަން އެދިއްޖެ

07 އެޕްރީލު 2023
ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ކުރިން ހުއްދަ ހޯދަން އެދިއްޖެ
05 އެޕްރީލު 2023

ގަސްތަކަށް ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރަންޖެހޭ: ޑރ. ހުސެއިން ރަޝީދު ހަސަން

05 އެޕްރީލު 2023
ގަސްތަކަށް ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރަންޖެހޭ: ޑރ. ހުސެއިން ރަޝީދު ހަސަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު