Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ވަޅޯމަސް

ވަޅޯމަހުގެ އަގު އުފުލިއްޖެ

މިހާރު މަސްވެރިކަން ދަށްވެފައިވުމާއިއެކު މަސްވެރިން މަހަށް ނުފުރާ މިންވަރު އިތުރުވެފައިވުމުގެ ސަބަބުން މަސް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައި ވާކަމަށް ވަޅޯ މަސް ތައްޔާރު ކުރާ ފަރާތްތަކުން ބުނޭ

އާމިނަތު ރީޝާ
އާމިނަތު ރީޝާ, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2024 | އަންގާރަ 16:21
މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ވަޅޯމަސް - ތަކެތީގެ އަގު ދަނީ މައްޗަށް

މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ވަޅޯމަސް - ތަކެތީގެ އަގު ދަނީ މައްޗަށް

ވަޅޯމަސް ލިބުންދަތިވެ ވަޅޯމަހުގެ އަގު އުފުލެމުންދާ ކަމަށް ވަޅޯމަސް ވިއްކާ ފަރާތްތަކުން ބުނެފިއެވެ.

ލޯކަލް މާރުކޭޓުގައި ވަޅޯމަސް ވިއްކާ ފަރާތަކުން މަޢުލޫމާތު ދިންގޮތުގައި މިއަހަރުގެ ތެރޭގައި ވަޅޯމަހުގެ އަގަށް އެތައް ފަހަރެއްގެ މަތިން ބަދަލު ގެންނަންޖެހުނެވެ. މާރުކޭޓުގައި ވަޅޯމަސް ވިއްކާ ފަރާތަކުން މަޢުލޫމާތު ދިންގޮތުގައި، އެފަރާތުން މަސް ކައްކަނީ މާލެއިން މަސް ގަނެގެން އަމިއްލައަށެވެ. ނަމަވެސް، މިހާރު މަސްވެރިކަން ދަށްވެފައިވުމާއިއެކު މަސްވެރިން މަހަށް ނުފުރާ މިންވަރު އިތުރުވެފައިވުމުގެ ސަބަބުން މަސް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

"މިދިޔަ މަހާ އަޅާބަލާއިރު މިހާރު މަހުގެ އަގު ވަރަށް ބޮޑުތަން މައްޗަށް ގޮސްފައިވޭ. މަސްވެރިކަން ދަށްވެފައިވާތީ، މަސް ލިބުން ވަރަށް ދަތިވެފައިވޭ. މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށްވެސް ވަޅޯމަސް ވިއްކާ އަގު ބޮޑުކުރަން ޖެހިފައިވޭ،" މާރުކޭޓުގައި ވަޅޯ މަސް ވިއްކާ ފަރާތުން ބުންޏެވެ.

މަސްވެރިން މަހަށް ފުރުން މަދުވެފައިވާ ކަމުގެ ވާހަކަ މުޅި ރާއްޖެއިން އިވެމުންދާއިރު، މަސްވެރިކަމުގައި އުޅޭ މީހުން ބުނަނީ ސަރުކާރުން މަސްކިލޯއެއް މިހާރު ގަންނަނީ 16 ރުފިޔާއަށް ކަމަށްވާއިރު، އެއީ މަހުގެ ހަމަ އަގު ނޫން ކަމަށާއި، އެ އަގުގައި މަސްވިއްކައިގެން ޚަރަދު ފޫނުބެއްދޭނެ ކަމުގައެވެ.

"މި ފާއިތުވި 18 އަހަރުގެ ތެރޭގައި މަސްވެރިންނަށް މިހާ ނިކަމެތި ކަމެއް ނުލިބޭ،" މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

މި ސަރުކާރުން ވައުދުވެފައި ވަނީ ކިރާމަހަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަށެވެ. އެހެން ނަމަވެސް ފަހުން ސަރުކާރުން ބުނެފައި ވަނީ މަސްކިރުމުން 2 ހަފްތާގެ ތެރޭގައި ފައިސާ ދައްކާނެ ކަމަށެވެ. ނަމަވެސް އެކަން ވެސް އެގޮތަށް ނުކުރެވި މަސްވެރިންނާއި އޮޑިވެރިން މާޔޫސްވެފައިވާ ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ވިޔަފާރިބާޒާރުމަތިމަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

18 ސެޕްޓެމްބަރު 2025
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
މަސްވެރިކަމުގެ ސިނާއަތުގައި ވާނުވާ ރައީސްއަށް އެނގިވަޑައިނުގަންނަވާ، މިއީ ސަރުކާރުގެ ފެއިލް ވުމެއްނޫންތޯ؟

މަސްވެރިކަމުގެ ސިނާއަތުގައި ވާނުވާ ރައީސްއަށް އެނގިވަޑައިނުގަންނަވާ، މިއީ ސަރުކާރުގެ ފެއިލް ވުމެއްނޫންތޯ؟

06 ޑިސެމްބަރު 2024
އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސް މޯލްޑިވްސް އިފްތިތާޙް ކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސް މާދަމާ

އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސް މޯލްޑިވްސް އިފްތިތާޙް ކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސް މާދަމާ

28 އޯގަސްޓު 2024
ވިޔަފާރިތަކަށް ހާއްސަކޮށްގެން ފާފު އަތޮޅުގައި ފުލުހުން ޕްރޮގްރާމެއް ހިންގައިފި

ވިޔަފާރިތަކަށް ހާއްސަކޮށްގެން ފާފު އަތޮޅުގައި ފުލުހުން ޕްރޮގްރާމެއް ހިންގައިފި

24 ޖުލައި 2024

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު