Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ދެވަނަ ބަޣާވާތެއް ކޮށްފާނެތަ؟

ރައީސް ނަޝީދު ވިދާޅުވަނީ އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ ދެ ވަނަ ބަޢާވާތެއްކޮށްފާނެ ކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 13 މާރިޗު 2019 | ބުދަ 09:34
އެމްޑީޕީން ބޭއްވި ކެމްޕޭން އެއްވުމެއްގެ ތެރެއިން

އެމްޑީޕީން ބޭއްވި ކެމްޕޭން އެއްވުމެއްގެ ތެރެއިން

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކިވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުކޮށްލީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ބަޣާވާތަކުންނެވެ. އެމަނިކުފާނުގެ ސަޕޯޓަރުންވެސް ދެކެނީ ހަމަ އެފަދައިންނެވެ. އެކަމަށް ބާރުލިބިދޭ އެތައް ކަންތައްތަކެއް އެބަ ހުއްޓެވެ.

އޭގެ 7 އަހަރު ފަހުން އަނެއްކާވެސް އެމްޑީޕީއަށް ވެރިކަންކުރަން ފުރުސަތު ލިބި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ކުރެވެމުންދާއިރު، ކުރީގެ ހަނދާންތައް އާވަމުންދެ އެވެ. އެ ވާހަކަ ރައީސް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ. އެ މަނިކުފާނަށް ކުރެއްވުނު ތަޖުރިބާތައް ގެންދަވަނީ ހިއްސާކުރައްވަމުންނެވެ.

ކުރީގެ ތަޖުރިބާއަށް ބަލާއިރު، ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދޭންޖެހޭ ގިނަ ސަބަބުތަކެއް ވިދާޅުވަމުންނެވެ. އޭގެތެރެއިން އެއް ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ދެ ވަނަ ބަޣާވާތަކަށް ފުރުސަތު ނުދިނުމަށެވެ.

ރައީސް ނަޝީދު ވިދާޅުވާގޮތުގައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ އިދިކޮޅު ފަރާތްތަކުން ދެ ވަނަ ބަޣާވާތެއްކޮށް، ރައްޔިތުންގެ ވެރިކަން ނިމުމަކަށް ގެންނާނެ އެވެ. ރައްޔިތުންނަށްޓަކައި، ރައީސް ސޯލިހްގެ ސަރުކާރުން ގެންނަ ބަދަލުތަކަށް ހުރަސް އަޅައި، ސަރުކާރުން ހިންގުމަށް ދުއްޕާން ކުރަމުންގެންދާނެކަމަށެވެ.

ހަމައެކަނިި ވިދާޅުވާ ވާހަކަފުޅެއްގެ ބަދަލުގައި ރައީސް ނަޝީދު އެ ވާހަކަ ތަކުރާރުކޮށް ވިދާޅުވަމުންގެންދަވަނީ މާޒީގައި ކަން ހިންގާ ދިޔަގޮތަށް ރިއާޔަތްކުރުމަށްފަހު އެވެ. އެމަނިކުފާނުގެ ސަރުކާރުގެ ދުވަސްވަރު، އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި، ފުރައްސާރަ އާއި، ކުރި ދުއްތުރާތައް ފާހަގަކުރެއްވުމަށްފަހު އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ މަންފާއަށް ނިންމި ހުރިހާ ނިންމުމަކަށް ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން އޭރުގެ އިދިކޮޅު ފަރާތްތަކުން ގެންދިޔައީ ފުރައްސާރަކުރަމުންނެވެ. ރާއްޖެއަށް ޓެކްސްގެ ނިޒާމް ތައާރްފުކުރުމަށް ކުރި މަސައްކަތާއި، ލާމަރުކަޒީ ނިޒާމް ތައާރަފްކުރި މަސައްކަތްތަށް އެކަނި ބަލާލިނަމަވެސް އެކަމުގެ ހެއްކަކަށް ފުދެ އެވެ. ސަރުކާރަށް ދަތިވާގޮތަށް އެކި ޤާނޫނުތައް ފާސްކުރުމާއި، ލޯނުތަކާއި، ދައުލަތަށް ފައިސާ ހޯދުމަށް ކުރި މަސައްކަތުގައި ސަރުކާރަށް ކުރި ފުރައްސާރައިގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައްވެސް ކުރިއަށްގެން ދިޔައީ ކުޅޭ ކުޅިވަރެއްހެންނެވެ.

ރައްޔިތުންގެ މަންފާއާއި، ފައިދާއަށް ކަމެއް ކުރުމަށް ފުރުސަތު ދިނުމުގެ ބަދަލުގައި، އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ބޮޑެތި ޕްރެސަރުތަކެއް ގެންދިޔައީ ކުރިމަތިކުރަމުންނެވެ.

ދެން އޮތް ސުވާލަކީ، މިއަދާއި އެ ދުވަހާއި އޮތް ގުޅުމަކީ ކޮބައިތޯ އެވެ. ދެ ވަނަ ބަޣާވާތެއް ކުރުމުގެ ފުރުސަތު އޮތީީ ކިހާވަރަކަށްތޯ އެވެ.

ޤަބޫލުކުރަން ބޭނުންނުވިނަމަވެސް، މިއަދުގެ ހަޤީޤަތަކީ އެދުވަހު އެ ބަޣާވާތަށް ފަންޑުކުރި މީހުންނާއި، އެ ބަޣާވާތަށް މަގުފަހި ކުރި މީހުން ތިބީ އެކުގައިކަމެވެ. އެއްވެސް ޝަރުތަކާއި ނުލާ އިސްތިއުފާދޭންޖެހޭނެ ކަމަށް ގޮވުންތައް ގޮވި މީހުންވެސް ތިބީ ހަމަ އެކުގައިކަމެވެ. ފުލުހުންގެ ބެރިކޭޑް މަތިން ފުއްމުންތައް ފުއްމި މީހުންނާއި، ފުލުހުންގެ ގަޔަށް އަލިފާން ބޯޅަ އުކި މީހުންވެސް ތިބީ އެކުގައިކަމެވެ. ޤައުމީ ދިފާއީ ހިދުމަތުގެ ފާރުގައި ހަރުގަނޑު ޖައްސައި، ފާރުމަތިން އަރައި، ދިފާއީ ބާރު ހިފަން ގޮވި މީހުންވެސް ތިބީ ހަމަ އެކުގައިކަމެވެ.

އެ މީހުން، އެ ދުވަހު ޤައުމު އެ ހާލަތަށް ގެނައި ސަބަބުތަކުގެ ތެރޭގައި، އަދުލު އިންސާފު ކަށަވަރުކޮށްދިނުމަށް ކުރި މަސައްކަތް ހިމެނިގެންދެ އެވެ. ސަލާންޖެހުމުގެ ސަގާާފަތް ނިމުމަކަށް ގެނެސް، ރައްޔިތު މީހާ ހަމަ އިސްކޮޅަށް ތެދުވެވޭގޮތެއް މަގުފަހި ކުރުމަށް ކުރި މަސައްކަތްތައް ހިމެނެ އެވެ. އާންމު ރައްޔިތު މީހާގެ ޖީބަށް އިތުރު ތަނަވަސްކަމެއް ލިބޭ ގޮތަށް ގެނައި ބަދަލުތައް ހިމެނެ އެވެ.

އަދުގެ ސަރުކާރުންވެސް ހިފަހައްޓަމުންގެންދަނީ އެއް ހަމަތަކެކެވެ. އަދުލު އިންސާފު ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތްތަކެވެ. ރައްޔިތުންނަށް އިތުރު ތަނަވަސްކަން ހޯދައިދިނުމަށް ގެނައި ބަދަލުތަކެވެ. ރައީސް ސޯލިހްގެ ރިޔާސީ ވައުދަށް ނަޒަރު ހިންގާލިނަމަވެސް، އެމްޑީޕީގެ އެޖެންޑާ 19 އަށް ކަޅިއެއް ހިންގާލި ނަމަވެސް އެކަން އޮތީ ވަރަށް ސާފުކޮށްފެންނާށެވެ.

އެހެންކަމުން ކޮންމެ ދިމާއަކުން ބެލިނަމަވެސް، އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ، ދެ ވަނަ ބަޣާވާތެއްކޮށް، ވެރިކަން ބަދަލުކޮށްފާނެކަމަށް ބުނެވިދާނެ އެވެ. އޭގެއިތުރުން އެ މީހުން މިއަދުވެސް ދައްކާ ވާހަކަތަކުގެ ތެރޭގައި ނުވަތަ ދޭ އިންޒާރުތަކުގެ ތެރޭގައި ވެރިކަން ވައްޓާލުން ހިމެނޭއިރު، އެކަމުންވެސް އެ ފަރާތްތަކުގެ ވިސްނުންހުރި ހިސާބު ސާފުގެންދެ އެވެ.

ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހެޅުމާއި، ސަރުކާރުން ހުށަހަޅާ ބިލްތައް ފާސްނުކޮށް، ބިލަތައް ބަދަލުކޮށް، ބިލްތަކުގެ އަސްލުތައް ނަގާލަމުންދާ ދިޔުމުންވެސް، އެ ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، ރައްޔިތުންނަށް ފެންނާނެ މަންޒަރުތައް ބުނެދެ އެވެ.

އަދުގެ ހާލަތާއި، ސިޔާސީ ބޮޑު ތަސްވީރަށް ބަލާލުމުން، ދެވަނަ ބަޣާވާތެއް ކޮށްފާނެކަމަށް ރައީސް ނަޝީދު ވިދާޅުވާ ވާހަކަފުޅަށް ބާރުލިބިގެންދެ އެވެ. މެޖޯރިޓީދޭންޖެހޭނީ ކޮން ބަޔަކަށްކަން ހާމަވެގެންދެ އެވެ. ދެވަނަ ބަޣާވާތަކަށް ފުރުސަތުދޭނީތޯ ނުވަތަ، ރައްޔިތުންނާއި ގުޅުން ހުރި ބޮޑެތި ބަދަލުތަކަށް ފުރުސަތުދޭނީތޯ ނިންމާނީ ރައްޔިތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިމިދިޔަ އަހަރަކީ މަޖިލީހުގެ ހަޔާތުގައި ވެސް އެންމެ އަނދިރި އަހަރު

ނިމިދިޔަ އަހަރަކީ މަޖިލީހުގެ ހަޔާތުގައި ވެސް އެންމެ އަނދިރި އަހަރު

01 ޖެނުއަރީ 2018
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

20 އޯގަސްޓު 2017
މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި

މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި

31 ޖުލައި 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު