Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް - ވެކްސިން ޖެހުން ވޭނަކަށް

ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ވޭނަކަށް، ދިގު ކިއުތަކަށް ހައްލެއް ނެތް!

ވެކްސިން ޖަހަން 3 ގަޑި އިރު ކިއުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 އެޕްރީލު 2021 | އާދީއްތަ 08:29
ވެކްސިން ޖެހުމަށް މަޖިލިސް ބޭރުގައި ހަދާފައިވާ ކިއު

ވެކްސިން ޖެހުމަށް މަޖިލިސް ބޭރުގައި ހަދާފައިވާ ކިއު

ރާއްޖޭގައި ކޮވިޑްގެ ވެކްސިން ދޭން ފެށިތާ 2 މަހަށްވުރެ ގިނަ ދުވަސް ވެފައިވާ އިރު، ދެވަނަ ޑޯޒް ޖަހަންވެސް ވަނީ ފަށާފައެވެ. ކޮވިޑްގެ ނުރައްކަލުން ސަލާމަތްވުމަށް ދެ ލައްކައަށްވުރެ ގިނަ މީހުން ފުރަތަމަ ޑޯޒް ޖެހީ ސަރުކާރާއި ސިއްހީ އިދާރާތަކުގެ އިރުޝާދުގެ ދަށުންނެވެ. ކަންކަން ދިޔައީ ވަރަށް ތަރުތީބުން އާންމުންނަށް އުނދަގޫ ނުވާނެ ބީދައިންނެވެ.

ނަމަވެސް ދެވަނަ ޑޯޒް ވެފައިވަނީ ވޭނަކަށެވެ. ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފުތާ ފަހުން ދެވަނަ ޑޯޒް ޖަހަން ޖެހޭ އިރު، އެންމެ ލަސްވެގެން 12 ވަނަ ހަފުތާގެ ކުރިން ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށް އަންނަނީ އެކި ތަންތަނުގައި އާންމުންނަށް އަންގަމުންނެވެ. ނަމަވެސް ދެވަނަ ޑޯޒް ޖެހުން ވެފައިވަނީ ހަމައެއްލަމައެއް ނެތް ބޮޑު ވޭނަކަށެވެ.

ރޯދަމަހުގެ ކުރީގައި ވެސް ދެވަނަ ޑޯޒް ޖެހި އިރު އެތައް ބަޔަކު ކިއުތަކުގައި އެތައް ގަޑިއިރުތަކެއް ވަންދެން މަޑުކޮށްގެން ތިބެން ޖެހުނެވެ. ރޯދަމަހަށް ވެކްސިން ޖެހުން މެދުކަނޑާލުމަށްފަހު އަލުން ވެކްސިން ޖަހަން ފެށުނު އިރު އެންމެން ވެސް އުއްމީދުކޮށްގެންތިބީ ލުއިފަސޭހަ ގޮތަކަށް ކަންކަން ވެގެންދާނެ ކަމުގައެވެ. ނަމަވެސް އެކަންވީ ޚިޔާލީ ފޮލާއަކަށެވެ. ދެވަނަ ޑޯޒް ޖަހަން ފެށިތާ 15 އެއް ވެގެން ދިޔަ އިރުވެސް ކަމާއި ބެހޭ އިދާރާއަކުން އާންމުންގެ ތަކުލީފަށް ހައްލެއް ގެނެސްދޭން ޚިޔާލެއް ވެސް ނުކުރިއެވެ. ރޯމަމަހުގެ ކުރިއެކޭ މިހާރެކޭ ތަފާތެއް ނެތެވެ.

ރައްޔިތުން ދެވަނަ ޑޯޒް ޖަހަން ގޮސް ތިބެން ޖެހެނީ މަޖުބޫރީ ހާލަތެއްގައި ކަން ސިފަވެއެވެ. ދެވަނަ ޑޯޒް 12 ހަފުތާގެ ކުރިން ފުރިހަމަ ކުރަން ކޮންމެ ގޮތެއް ހަދާފައި ވެސް ދާންޖެހޭތީ ކަމާއި ބެހޭ ފަރާތަކުން އަޅާނުލަނީ ކަމަށް ވެސް ވެދާނެއެވެ. ރޯދަމަހުގެ ރޯދަ ވީއްލާ އަޅުކަމުގެ ވަގުތު ނިންމާ ދެން މިޖެހެނީ އިހުގައި މިސްކިތު ވަޅުދޮށަށް ފެން ބަލާދާ އުސޫލުން ދާނި ލިބެންދެން މަޑުކޮށްގެން ތިބޭށެވެ. އަޅާލާނެ ކަތީބަކު މުދިމަކު ނެތްތަނުގައި ފެން ފުރާލަން ލަސްވޭތޯ އަހާލާނެ އާރެއް ޔާރެއް ވެސް ފެންނަން ނެތެވެ.

ކޮވިޑްގެ ވެކްސިނަކީ މުހިންމު އެއްޗެއްކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި، ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުންނަށް އަންގާ ފުރަތަމަ ޑޯޒް ޖަހާ ނިމުމުން ތިމަންނާމެންގެ ޒިންމާ ނިމުނީއޭ ބުނާ އުސޫލުން އެކަން ނިންމައިފިއެވެ. ދެން އޮތީ "ކަލޭމެންނަށޭ" ބުނާ އުސޫލުން ވާނެ ހަ އެއްޗެއް ވާން ދޫކޮށްލީއެވެ. ފެންނަމުންދަނީ ވެސް އެ މަންޒަރެވެ.

ރޯދަ މަހު ވެކްސިން ޖަހަން 2 ގަޑި އިރަށް ހުޅުވާލުމަށްފަހު މާލޭގައި 3 މަރުކަޒަކުން، ހުޅުމާލެ އަދި ވިލިމާލޭގައި 2 މަރުކަޒަކުން އެކަން ކުރަން ދޫކޮށްލާ އެމީހަކާ އެމީހަކު ތޮޅެން ދޫކޮށްލައިފިއެވެ. ކިއު ދިގުވެ ކިއުފަޅާ މައްސަލަ ވެސް ހޫނުވެ އާންމުންގެ އުދާސްތައް ވެސް އޮއްސަނީއެވެ. މުޅި ސޯޝަލް މީޑިއާގައި މިވާހަކައެވެ. އާޓް ގެލަރީގެ ކިއު ސީއެޗްއެސްސީއާއި ހަމައިގައި، ސޯޝަލް ސެންޓަރުގެ ކިއު އައިޖީއެމްއެޗްގެ ބޭރު މަގުގައި އަދި މަޖިލިސް ކިއު ގޮސް މަޖީދިއްޔާ ސްކޫލާ ހަމައަށް ދަމާލީމަ ކަންކަން ރާވަން ތިބި މީހުން ފެއިލްވެއްޖޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ފެންނަންހުރި މަންޒަރަކީ މިއެވެ.

ނުވިތާކު ވަކި ބަޔަކަށާއި، އެ ބައެއްގެ އާއިލާ މީހުންނަށް ވެކްސިން ޖެހުމަށް ކުރީ ބައިގައި ނަންބަރު ދޫކުރާ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. ނިކަމެތި ރައްޔިތު މީހާ ކިއުގައި 3 ގަޑި އިރު ވާއިރު، އަރާމުގައި ގޭގައި ތިބެފަ ވެކްސިން ޖަހަން އަންނަން ބަޔަކަށް ފުރުސަތު ދޭން ނިންމުމަކީ މިކަން ބޮއްސުންލައިގެން ގޮސްފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ.

ކިއުތައް ދިގުވެ ގަޑި އިތުރުކުރުމަށާއި، ދުވާލު ވެސް ވެކްސިން ޖަހަން އާންމުން ދަނީ ގޮވަމުންނެވެ. ނަމަވެސް މިކަމަށް ހައްލެއް އަންނާނެކަމުގެ އެއްވެސް ކޮޅުމައްޗެއް ނުފެނެއެވެ.

ކިއުގައި އެތައް ގަޑިއިރަކު އާންމުން ތިބެން ޖެހުމުން އަންނަ ޝަކުވާތައް ވެސް މަދެއް ނުވެއެވެ. ވެކްސިން ޖަހަން 3 ގަޑި އިރު ކިއުގައި މަޑުކޮށްގެން ތިބެން ޖެހުމަކީ އުނދަގޫކަމެއްގެ ގޮތުގައި އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ. އަދި އެކަން ހައްލުކޮށްދޭން ވެސް އެދެމުން ދެއެވެ.

މީގެ އިތުރުން ކިއު އެތައް މީޓަރަކަށް ދިގުވެގެންދާ އިރު، ގައިދުކުރުން ނެތުމާއި އިންތިޒާމްތައް ރޭވިފައި ނެތުމުގެ ޝަކުވާ ވެސް އާންމުން އަންނަނީ ކުރަމުންނެވެ.

"ވެކްސިން 02 ވަނަ ޑޯޒް ޖަހަން މިއަށްވުރެން ރަގަޅު އިންތިޒާމެއް ހަމަ ނުޖެއްސޭނެތޯ؟ ބައެއް މީހުން އިޝާ ނަމާދުވެސް ނުކޮށް އަނެއްބަޔަކު ތަރާވީހު ނަމާދުވެސް ނުކޮށް ގޮސް ކިޔުގައި ޖެހިގެން. ކޮބާތޯ ވެކްސިން ޖެހި މީހުން ފުރި މައުލޫމާތު ފޯމް ތައް؟" އާންމުންގެ މީހަކު އޭނާގެ ޝުއޫރުތައް ޓުވިޓާގައި ބަންޑުން ކޮށްލިއެވެ.

ހަގީގަތުގައި ވެސް އެކަން އޮތީ އެހެންނެވެ. ވެކްސިން ޖެހި މީހުންގެ ދަފްތަރެއް އެކުލަވާލިއެވެ. އަދި މައުލޫމާތު އެއްކޮށް އެ ބޭނުން ނުހިފާ ދޫކޮށްލިތަން މިއަދު ފެނިގެން އެބަދެއެވެ. އެއްވެސް ހަމައެއް ލަމެއް މިކަމުގައި ނެތެވެ. އެޗްޕީއޭ އަދި އެޗްއީއޯސީން ވެސް މިކަމާ އަޅާ ނުލިއެވެ. ފެންނަމުން ދަނީ ބަލި މަޑުކަމުން އަރައިގަތުމަށް ރައްޔިތުން ވޭން ތަހައްމަލުކުރަމުންދާ މަންޒަރެވެ.

ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމްއެޗްޕީއޭހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)ޑރ.ނަޒްލާ ރަފީގު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު