Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑް-19ގެ ހާލަތު

ކޮވިޑާއެކު ދެވަނަ ރަމަޟާން މަސް، ނުރައްކަލުގެ ރަނގަބީލަށް ބެލުމެއް ނެތް

އިތުރު ލޮކްޑައުނަކަށް ދާންޖެހިދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 10 މެއި 2021 | ހޯމަ 16:50
މާލޭގެ ބޮޑުތަކުރުފާނު މަގުގައި އާންމުން ހޭލަ މޭލަވަނީ

މާލޭގެ ބޮޑުތަކުރުފާނު މަގުގައި އާންމުން ހޭލަ މޭލަވަނީ

ނިމިދިޔަ ރަމަޟާން މަސް ދިވެހީން ނިންމާލީ ތަކުލީފުތަކަކާ އެކުގައެވެ. މުޅި ދުނިޔެ ކުޑަ ކަކޫ މައްޗަށް ތިރިކުރުވީ ލޮލަށް ނުފެންނަ މަޚުލޫގެކެވެ. ކޮވިޑް ވައިރަހެވެ. މީގެ ކުރިން ދިވެހީން ކޮށްފައިނުވާ އެތައް ތަޖުރިބާއެއް މި ވައިރަހަކާ ޖެހިގެންގޮސް ނިމިދިޔަ ރަމަޟާން މަހު ދިވެހީން ވަނީ ކޮށްފައެވެ.

ނިމެމުން މިދާ ރަމަޟާން މަހާއި ދިވެހީން ކުރިމަތިލިއިރުވެސް އެވަބާއިން ސަލާމަތްވެފައެއް ނުވެއެވެ. މި ރަމަޟާން މަހަކީ ނިމިދިޔަ ރަމަޟާން މަހަށްވުރެ އެތައް ގޮތަކުން ފަސޭހަ ރަމަޟާން މަހެކޭ ބުނެވިދާނެއެވެ. އެކަމަކު އޭގެ ފައިދާ ގިނަ ދިވެހީން ނެގީ ނާޖައިޒު ގޮތުގައެވެ. އޭގެ ހިތިކަން ދިވެހީންނަށް މިއަދު ފެންނާން ފަށައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިންތަކުން ލިބުނު ލުއިތަކުގެ ބޭނުން ނަހަމު ގޮތުގައި ހިފުމުގެ ނަތީޖާއަކަށް ވެފައި ވަނީ ބަލި ފެތުރޭ މިންވަރު އިތުރުވުމެވެ. އަޅުގަނޑުމެންގެ އަވައްޓެރި ގައުމުތައް އޮތް ހާލަތަށް މިކުޑަކުޑަ ގައުމުވެސް ވެއްޓެން ފެށުމެވެ.

ކޮވިޑްގެ ހަތަރުވަނަ ރާޅު ބިންދާލާފައިވާއިރު، މި ރާޅާއިއެކު ޕޮޒިޓިވްވާ މީހުންގެ އަދަދު ދެ ގުނައަށް ވަނީ މަތިވެފައެވެ. މިހާރު އަދަދުތައް މިވަނީ ހާހުން މަތިވެފައެވެ. އަދި ބަލީގައި މަރުވާ މީހުންގެ އަދަދު މިވަނީ އެތައް ގުނައެއް މަތިވެފައެވެ. މިއީ މިއަދު ދިވެހީން ވިސްނަން ވެއްޖެ ކަންކަމެވެ. އެޗްޕީއޭއިން އަޅަމުންދާ ފިޔަވަޅުތަކަށް ފާޑު ކިޔުމުގެ ބަދަލުގައި މިއީ ފިޔަވަޅުތަކަށް ބޯލަނބައި ފަރުދީ ޒިންމާ ނަގަންވީ ވަގުތެވެ.

އެހެން ނޫންނަމަ ދިވެހީންނަށް ނިމިދިޔަ ރަމަޟާން މަހެކޭ އެއްފަދައިން އަނެއްކާވެސް ލޮކްޑައުންގެ އުނދަގޫ ދަތި ހާލު ތަހައްމަލު ކުރަން ޖެހިދާނެއެވެ. އެ ހާލުގައި އުޅުން އެއީ އަޅުގަނޑުމެން އެކަކުވެސް ބޭނުންވާނެ ގޮތެއް ނޫނެވެ.

މިފަހުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދިވެހީން އެ ހާލަތަށް ގޮސްދާނެ ކަމުގެ އެތައް އިންޒާރެއް ޑޮކްޓަރުން ވަނީ ދީފައެވެ. އަވައްޓެރި އިންޑިއާއެކޭ އެއްދަރަޖައަށް ނުވަތަ ހާލަތަށް ދިވެހި ގައުމު ގޮސްދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ.

އިންޑިއާގެ ހާލަތަށް ކުޑަކުޑަކޮށް ބަލައިލަމާ ހެއްޔެވެ. ސިއްހީ ގޮތުންނާއި ތަރައްގީގެ ގޮތުން ދިވެހިރާއްޖެއާއި އަޅާ ބަލާއިރު، އެތައް ގޮތަކުން ކުރިއަރާފައިވާ އިންޑިއާއަކީ ދުނިޔޭގައިވެސް ނަން ހިނގާ ބޮޑު ބާރެކެވެ. އެކަމަކު ކޮވިޑްގެ ތިންވަނަ ރާޅު އެގައުމަށް ބިންދާލުމާއެކު މުޅި ގައުމު އޮތީ ހުއްޓުމަކަށް އައިސްފައެވެ. އޮކްސިޖަން ނުދެވި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް މަތިވަމުން އަންނައިރު، ބޮޑު ބިޔަ އިންޑިއާއަށް ވަނީ ދުނިޔޭގެ ގައުމުތަކުގެ އެހީއަށް ސަލާން ޖަހަން ޖެހިފައެވެ. މިއީ އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް މާދަމާވެސް އެހީވެދޭން އޮތް ގައުމުގެ ހާލަތެވެ.

އިންޑިއާގެ ހާލަތަށް ނުގޮސް ސަލާމަތްވުން އޮތީ ދިވެހީންގެ އަތްމަތީގައެވެ. އެހެންކަމުން ފަރުދީ ޒިންމާ އަދާކޮށް އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރަމާތޯއެވެ. އަދި ބަލިން ރައްކާތެރިވުމަށް ބޭރުތެރޭގައި އުޅުމުގެ ބަދަލުގައި ގޭގައި ވަގުތު ހޭދަކުރަމާތޯއެވެ. ނުރައްކަލުގެ ރަނގަބީލާއިއެކު ދިވެހީން ދިވެހީންގެ ސަލާމަތް ހޯދަމާތޯއެވެ.

ކޮވިޑް-19އެޗްޕީއޭ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު