Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފޭކް ސްލިޕް ދެއްކުން

ފޭކް ސްލިޕް ދައްކައިގެން ވިޔަފާރި ކުރުމުގެ މަޅީގައި ޖެހޭވަރަށް ވުރެ ފަރުވާތެރި ވާންވެއްޖެ

ފޭކް ސްލިޕް ދައްކައިގެން ވިޔަފާރި ކުރުން ވަނީ އާންމުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 އެޕްރީލު 2022 | ހުކުރު 14:32
ބާޒާރުމަތި- ފޭކް ސްލިޕް ދައްކައިގެން ވިޔަފާރި ކުރުން ވަނީ އާންމުވެފައި

ބާޒާރުމަތި- ފޭކް ސްލިޕް ދައްކައިގެން ވިޔަފާރި ކުރުން ވަނީ އާންމުވެފައި

މިއީ އެޑްވާންސް ޒަމާނެކެވެ. މީހުންނާއި ތަންތަން އެޑްވާންސްވާ ފަދައިން މީހުންގެ ވިސްނުމާއި ފިކުރުވެސް ދަނީ އެޑްވާންސް ވަމުންނެވެ. އޭގެ ތެރޭގައި އެކި ކަހަލަ ކުށްތައް ކުރާ މީހުންވެސް ހިމެނެއެވެ. މިހާރު ކުށްވެރިންވެސް ވަނީ އެޑްވާންސް ވެފައެވެ. މޮޅެތި އުކުޅުތައް ބޭނުން ކޮށްގެން ކުށް ކުރުން އާންމުވެފައިވާއިރު، ވިޔަފާރިވެރިން މިއަދު އެފަދަ މީހުންނަށްވުރެ ހުޝިޔާރުވާން ޖެހިއްޖެއެވެ.

ދާދި ފަހުން ކްރިމިނަލް ކޯޓަށް ހުށައެޅުނު މައްސަލައެކެވެ. އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާކަމަށް ބުނާ މީހެއްގެ މައްސަލައެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާއިރު، އެ ބާވަތުގެ ގިނަ މައްސަލަތަކެއް އޭނާގެ މައްޗަށް ތުހުމަތު ކުރެވިގެން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ހައްތަހާވެސް ސައްޙަ ނޫން ލިއުންތައް ދައްކައިގެން ވިޔަފާރީގެ އެކި މުއާމަލާތްތައް ކުރުމާގުޅޭ މައްސަލަތަކެވެ. އޭގެ ތެރެއިން އެއް މައްސަލައިގައި އޭނާ އޮޅުވާލައިގެން ނެގިކަމަށް ބެލެވޭ ފިލާތަކެއް ރަޖިސްޓްރީ ނުކުރާ ކުންފުންޏެއްގެ ނަމުގައި ވިއްކާފައިވާކަމަށް ބެލެވޭ ހެކިތަކެއް ފުލުހުންނަށް ވަނީ ހޯދިފައެވެ.

މިއީ މިހާރު އާންމު ކަމެކެވެ. އެކި ކުންފުނިތަކުގެ ނަމުގައި އޮޅުވާލައިގެން މުއާމަލާތު ކުރުމާއި، މަކަރާ ހީލަތުން މުދަލާއި ފައިސާ ހޯދުން މިހާރު މިވަނީ އާންމުކަމަކަށް ވެފައެވެ. ވީއިރު، ވިޔަފާރިވެރިންނަށްވެސް މުއާމަލާތު ކުރެވެނީ ސައްޙަ ލިއެކިއުންތައް ހުރި، ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކާކަން ކަށަވަރު ކުރުމަކީ މިއަދު ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެކެވެ. އިންޓަރނެޓްއާއި މޯބައިލް ފޯނުގެ ޒަމާނުގައި މިގޮތަށް ފުރަތަމަ ޗެކް ކޮށްލުން މީ މާއުދަނގޫ ކަމަކަށްވެސް ނުވާނެއެވެ.

އެހެން މައްސަލައެކެވެ. ސައްޙަ ނޫން ސްލިޕް ދައްކައިގެން ފިހާރައަކުން ވިޔަފާރި ކުރި މީހަކު 4 މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ދާދި ފަހުން ވަނީ ޙުކުމް ކޮށްފައެވެ.

މި މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދައުވާލިބޭ މީހާ ވަނީ 29 ޖޫން 2021 ވަނަ ދުވަހު މާލޭގެ ފިހާރައަކަށް ވަދެ 2 ކެމަލް ހާޑް ސިގިރޭޓް ފޮއްޓާއި، 2 ރެޑްބުލް ދަޅާއި، 1 ސްނިކަރސް ޗޮކްލެޓާއި، 1 މާސް ޗޮކްލެޓް ނަގާފައެވެ. އަދި އެއަށްފަހު އެތަކެތީގެ އަގަށްވާ 304 ރުފިޔާ އެ ފިހާރައިގެ އެކައުންޓަށް ޓްރާންސްފަރ ކުރި ކަމަށް ދެއްކުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ ފޭކް ޓްރާންސްފަރ ރިސީޓެއް އޭނާ ވަނީ ފިހާރައިގައި އިން ކުއްޖާގެ އެކައުންޓަށް ފޮނުވާފައެވެ.

މިއީވެސް އާންމުކޮށް ހިނގާ ކަމެކެވެ. ފިހާރަތަކުން މުދާ ގަތުމަށްފަހު، އެއަށް ފައިސާ ދެއްކިކަން ދެއްކުމަށްޓަކައި ފޭކް ސްލިޕް ހެދުމަކީވެސް މިހާރު އާންމުކޮށް ހިނގާ ކަމެކެވެ. އެފަދަ އެހެން މައްސަލައަކަށް ބަލާލާނަމެވެ.

މާލޭގެ މަޝްހޫރު ފޯނު ވިއްކާ ފިހާރައަކުން އައިފޯނެއް ގަތުމަށްޓަކައި، ފޯނު ޑެލިވަރ ކުރުމުން ފައިސާ ދެއްކިކަން ދެއްކުމަށް ފޭކް ސްލިޕްއެއް ދައްކައިގެން އޮޅުވާލި މީހަކު ބަންދު ކުރުމަށް ނިމިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. މިއީ ހައްތަހާވެސް ކުޑަ ފަރުވާތެރިކަމަކާއެކު މަދު ކުރެވިދާނެ މައްސަލަތަކެވެ. ބޮޑެތި އަދަދުތަކުން މުއާމަލާތްތައް ކުރާއިރު، ހަމައެކަނި ބޭންކް ސްލިޕް ދައްކާލުމުން މިއަދު ފުއްދާލެވޭކަށް ނެތެވެ. އެ ފައިސާ ލިބުނުކަންވެސް ކަށަވަރު ކުރަން ޖެހެއެވެ.އަދި ލިބެނީ ކޮންފަރާތަކުންތޯވެސް ޔަގީން ކުރަން ޖެހެއެވެ.

ފޭކް ސްލިޕް ދައްކައިގެން ވިޔަފާރި ކުރުމުގެ މަޅީގައި ޖެހޭވަރަށް ވުރެ މިއަދު އެންމެންވެސް ފަރުވާތެރި ވާންވެއްޖެއެވެ.

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2017

ޑިވައިޑް އެންޑް ރޫލް: ބައިބައިކޮށްގެން ވެރިކަން ކުރުމުގެ ފަލްސަފާ!

23 އޮކްޓޯބަރު 2017
ޑިވައިޑް އެންޑް ރޫލް: ބައިބައިކޮށްގެން ވެރިކަން ކުރުމުގެ ފަލްސަފާ!
11 އޮކްޓޯބަރު 2017

ރާއްޖެ ޓީވީ ބަންދު ކުރުމުގެ ސިޔާސީ ހަތިޔާރަކަށް ބްރޯޑްކޮމް

11 އޮކްޓޯބަރު 2017
ރާއްޖެ ޓީވީ ބަންދު ކުރުމުގެ ސިޔާސީ ހަތިޔާރަކަށް ބްރޯޑްކޮމް
28 ޖުލައި 2017

އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

28 ޖުލައި 2017
އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!
04 ޖުލައި 2017

ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

04 ޖުލައި 2017
ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!
21 ޖޫން 2017

ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

21 ޖޫން 2017
ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު