Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ވަރަށް ބޮޑު ތާއިދަކާއެކު، މިހާރު އެ ތާއިދެއް ނެތް

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 4 ޖުލައި 2017 | އަންގާރަ 12:29
ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކާއެކުއެވެ. އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކާއި ސިޔާސީ ބުރަދަނެއް ހުރި ބޭފުޅެއް ނަމަ ރައީސް ޔާމީނަށް ތާއިދު ކުރެއްވެވިއެވެ. މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ސަރުކާރަށް ދިނެވެ. ނަމަވެސް، ރައީސް ޔާމީންގެ ވެރިކަމަށް ހަތަރު އަހަރު ވުމަށް ގާތްވެފައިވާއިރު، މިހާތަނަށް ފެނިފައިވަނީ ދުވަހެއް ދުވަހަކަށް ރައީސް ޔާމީންގެ ތާއިދު ގެއްލިގެން ދާތަނެވެ.

އެމަނިކުފާނު ވެރިކަމަށް ގެންނެވުމުގައި ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން، ގާތް އެކުވެރިޔާ، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ފިޔަވައި އެހެން ހުރިހާ ބޭފުޅުން އެ ވަނީ ދުރަށްވަޑައިގެންފައެވެ. އެ މަނިކުފާނަށް ކުރެއްވި ތާއިދު އަނބުރާ ގެންދަވާފައެވެ. ރައީސް މައުމޫނުގެ އިތުރުން، އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި ކާނަލް ނާޒިމް އަދި އެހެން ބައެއް ބޭފުޅުން ވެސް ވަނީ ރައީސް ޔާމީން ދޫކުރައްވައިފައެވެ. ސަރުކާރަށް އެތަށް ޕްރެޝަރެއް ކުރިމަތިވަމުންދާއިރު ބަހެއް ވިދާޅުނުވެ ހުންނަވާތީ ސިޔާމުވެސް މިހާރު ހުންނެވީ ކިހިނެއްކަން ޔަޤީނެއް ނޫނެވެ.

ސަބަބަކީ ކޮބައި ހެއްޔެވެ؟ މި ސަރުކާރުގެ އަނިޔާވެރިކަން ބޮޑުވުމެވެ. އެންމެ ފުރަތަމަ އަނިޔާވެރިކަން ފެށީ، އަމިއްލަ ޕާޓީގެ ތެރެއިންނެވެ. ކާނަލް ނާޒިމް ފްރޭމްކޮށް، އެ މަނިކުފާނަށް ހުކުމްކުރިއެވެ. އެއަށްފަހު ސިޔާސީ ލީޑަރުންނަށް ހަތިޔާރު އަމާޒު ކުރެއްވެވިއެވެ. ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ހައްޔަރުކޮށް ހުކުމްކުރިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މުދާ އަތުލިއެވެ. އެންމެ ފަހުން އެ މަނިކުފާނުގެ މައްޗަށް ދޮގު ތުހްމަތުތަކެއްކޮށް ހައްޔަރުކުރިއެވެ. އެހެން ވާދަވެރިން ވެސް ދަނީ ހައްޔަރުކުރަމުންނެވެ.

ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތެވެ. ގާނޫނު އަސާސީއާ ޚިލާފަށް ގާނޫނުތައް ހެދިއެވެ. ފިޔަވަޅު އެޅިއެވެ. މީހުން މަގާމުތަކުން ދުރުކުރުވިއެވެ. މެމްބަރުންނަށް ބިރު ދެއްކީ ސަރުކާރުގެ ވެރިން ހިންގަމުންދިޔަ ކޮރަޕްޝަނުގައި ޖެއްސުމަށް ފަހުއެވެ. މިހިސާބަށް ކަންކަން ދިޔުމުގެ ކުރިން ވެސް އެކަންކަން ރަނގަޅުކޮށް، ދައުލަތް ޚަރާބުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ލަފާ ދެއްވިއެވެ. އެ ލަފާ އެ މަނިކުފާނު އަޑެއް ނޭއްސެވިއެވެ. ނަމަވެސް، ކޮނޑާއި ކޮނޑު ޖައްސަވައިގެން ހުރިހާ ކަމެއްގައި އުޅުއްވި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބަކީ މުޖުރިމަކަށް ހެއްދެވީ، އަމިއްލަ ފޫކޮޅަށް ހޫނުވި ހިސާބުންނެވެ. އެއީވެސް ގޮތް ނޭނގޭ ބޮޑު ރޭވުމެއްކަމަށް ބައެއް ބޭފުޅުން ތުހުމަތު ކުރައްވައެވެ. އޭގެ ކުރިން، އަދީބުގެ ޖަރީމާތައް ފެންނަންޖެހޭ ފަރާތްތަކަށް އޭގެން އެއްކަމެއްވެސް ނުފެނެއެވެ. އޭގެ ކުރިން ރައީސް ޔާމީންވެސް، ޕޮލިސް ކޮމިޝަނަރުވެސް، ޑިފެންސް މިނިސްޓަރާއި ސަލާމަތީ ކަންކަން ތަންފީޒުކުރަން ތިއްބެވި ހުރިހާ ބޭފުޅުންގެ ފެނުމުގެ ހިއްސާއި އަޑު އުވުމުގެ ހިއްސަށް ހުރީ ގޮތެއް ވެފައި ބާވައެވެ؟ އެ ހިއްސުތައް ސަލާމަތުން ހުރި ނަމަ، ގައުމަށް ހަދަމުން ދިޔަގޮތް އެނގޭނެއެވެ.

މި ސަރުކާރުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ އެހެން ބާރުތަކާއި މުއައްސަސާތަކުން ރައްޔިތުންނަށް ހަރާންކޯރުވުމުގެ ނަތީޖާއަކީ ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިއުމެވެ. ބާރުގަދަކަން ދައްކާ ވެރިޔާ ބޭނުންވާ ގޮތަށް ކަންކަން ބައްޓަންކޮށް، ދައުލަތުގެ ނިޒާމު ކިލަނބުކޮށް ޚަރާބުވުމެވެ. އަދުލު އިންސާފާއި ހަމަހަމަކަން ނެތުމެވެ. ކޮރަޕްޝަންގެ އަމަލުތައް ފަތުއަޑުކިޔާފައި މައްޗަށް ދިއުމެވެ. ބިރެއް ނެތި، ކޯޓުގެ އިޖުރާއަތްތައް ބަދަލުކޮށް ގޯތި ފޭރެން ޖެހިލުން ނުވުމެވެ. ރައްޔިތުންގެ ފައިސާއަކީ ތިމާގެ ފައިސާކަމަށް ހެދުމެވެ. ރައްޔިތުންގެ ބާރަކީ އަމިއްލަ އިހުތިޔާރަކަށް ހެދުމެވެ. ހައްގުތައް ނިގުޅައިގަތުމަކީ އުފަލަކަށްވުމެވެ. ނުހައްގުން ޖަލަށްލުމަކީ އާދައަކަށްވުމެވެ. މީހުންނަށް އަނިޔާދިނުމަކީ ހިތްހަމަޖެހުމަކަށްވުމެވެ. ގައުމުގެ ލޭ ބޯލުމަކީ އެވެރިންގެ ފުރާނައިގެ ކާނާއަށްވުމެވެ.

މިދަރަޖައަށް ކަންކަން ގެންގޮސްގެންވެސް ވެރިޔާއަށް ލިބުނު މޮޅެއް ނެތެވެ. މިސާލެއްގެ ގޮތުގައި ބުނާނަމަ، ހުރީ ހުސް ހެލޭ ދަތެވެ. ވެއްޓޭނެ އިރެއް ނޭނގެއެވެ. ނުވެއްޓޭނަމަ، ދަތް އަޅާނެ ހިނދެއް ނޭނގެއެވެ. ހުދުމުހުތާރު ވެރިކަން ކުރަން އުޅެ، އެކަން ކާމިޔާބު ނުވާނެކަން އަދި ރައްޔިތުން ތިބީ އެގޮތުގައި ނޫންކަން ސާބިތުކޮށްދީފިއެވެ.

ކައުންސިލް އިންތިހާބުގައި ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފައި ވަނިކޮށް، މަޖިލީހުގެ މެޖޯރިޓީ ވެސް ވަނީ ގެއްލިފައެވެ. މަޖިލީހުގެ 45 މެމްބަރުން އެ ވަނީ މަޖިލީހުގެ ރައީސާ ދެކޮޅަށް ސޮއިކުރައްވާފައެވެ. ދެން އޮތީ އަނިޔާވެރިކަން އަޒުލުވުންކަމަށް އަނިޔާވެރިޔާއަށް ވެސް އެނގޭ ހިނދު، އަނިޔާވެރިކަން އެ ދަނީ ވަރުގަދަ ކުރަމުންނެވެ.

ތިބާ ވިސްނާށެވެ. އަނިޔާވެރިކަމުން ލިބުނު ކާމިޔާބެއް އެބަ އޮތް ހެއްޔެވެ. އުފަލެއް އެބަ އޮތްހެއްޔެވެ. ރައްޔިތުންގެ ލޯތްބެއް ލިބުނު ހެއްޔެވެ. ތާއިދެއް ލިބުނު ހެއްޔެވެ. ތައުރީފުގެ ބަހެއް ލިބުނު ހެއްޔެވެ. ވީއިރު، ތިބާ އަނިޔާ ދިން މީހުންނަށް ލިބިފައިވާ ތަކުލީފަށް ވުރެ، ތިބާ ތަހައްމަލުކުރަން ޖެހިފައިވާ އަނިޔާއާއި ހިތްދަތިކަން ވަކި ކުޑައެއް ނޫނެވެ. ތަގުދީރުކުރައްވާފައިވާ ގޮތަށް ތިބާގެ ބާރުވެރިން، ނިމިގެން މިދަނީ ތިބާގެ ލޯ ކުރިމަތީގައެވެ. ތިބާއަށް މިއަދު ތިޔަ ލިބޭ އަނިޔާއަކީ ތިބާ ގައުމަށްވި ޚިޔާނާތުގެ ނަތީޖާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ އެތެރެއިން ރައީސް ޔާމީނަށް އޮތް ބިރުވެރިކަން މާބޮޑު!

ޕީޕީއެމްގެ އެތެރެއިން ރައީސް ޔާމީނަށް އޮތް ބިރުވެރިކަން މާބޮޑު!

04 ޖޫން 2018
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!

އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!

25 ޖުލައި 2017
ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

29 ޖޫން 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު