Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނަޗްބަލިޔޭ 8

ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

ފައިނަލް ޝޯއޮތީ ހަފްތާ ބަންދުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 21 ޖޫން 2017 | ބުދަ 04:46
ނަޗްބަލިޔޭ 8 ގެ ނޮމިނޭޓާސް

ނަޗްބަލިޔޭ 8 ގެ ނޮމިނޭޓާސް

ސްޓާޕްލަސްއިން ދައްކަމުން އަންނަ "ސެލެބްރިޓީ ޑާންސް ޝޯ" ކަމަށްވާ "ނަޗްބަލިޔޭ" ގެ ފައިނަލް ޝޯ ދެއްކުމަށް މިހާރު ވަނީ ކުޑަ ދުވަސްކޮޅަކަށް ވެފައެވެ.

ފޭނުން ދަނީ މި ތިން ޖޯޑުގެ ތެރެއިން އެމީހުންނަށް އެންމެ ކަމުދާ ޖޯޑަށް ވޯޓުދެމުންނެވެ.

"ނަޗްބަލިޔޭ 8" ގެ ޖަޖުންގެ ގޮތުގައި ހިމެނެނީ ބޮލީވުޑް އެކްޓްރެސް ސޯނާކްޝީ ސިންހާ އާއި ކޮރިއޯ ގަރާފާ ޓެރެންސް ލެވިސްގެ އިތުރުން ފިލްމް ޕްރޮޑިއުސަރ މޯހިތު ސޫރީ އެވެ.

މިދިޔަ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ފެށި "ނަޗްބަލިޔޭ 8" ގެ ފިނާލޭ އަށް އައި ތިން ޖޯޑަކީ ދިވަންކާ ތްރިޕަތީ އާއި ވިވެކް ދަހިޔާ، ސަނާޔާ އިރާނީ އާއި މޯހިތު ސޭގަލް އަދި އަބީގައިލް ޕަންޑޭ އާއި ސަނަމް ޖޯހަރެވެ. މި ތިން ޖޯޑުގެ ތެރެއިން އެއްޖޯޑަށް "ނަޗްބަލިޔޭ 8" ލިބޭނެއެވެ.

މިއަންނަ ހަފްތާ ބަންދުގައި "ނަޗްބަލިޔޭ 8"ގެ ފައިނަލް ޝޯ ދައްކާއިރު މީގެ ތެރެއިން ކޮންމެ ޖޯޑަކީ ވެސް ސްޓޭޖްމަތީގައި ކުޅަދާނަ ހުނަރުތައް ދައްކާފައިވާ ބައެކެވެ.

ދިވަންކާ ތްރިޕަތީ އާއި ވިވެކް ދަހިޔާ

ދިވަންކާ އަކީ ސްޓާ ޕްލަސްގެ ޑްރާމާ ސީރީޒް "ޔޭ ހޭ މުހައްބަތެއިން" ގެ އިޝީތާ ގެ ބައިކުޅޭ ތަރިއެވެ. މިދިޔަ ޖުލައި މަހު ކައިވެނިކޮށްފައިވާ ދިވްޔަންކާ އާއި ވިވެކް ބައްދަލުވެ ގުޅުން އުފެދިފައ ވަނީ ދިވަންކާ ކުޅޭ ޑްރާމާ ކަމުގައިވާ "ޔޭ ހޭ މުހައްބަތެއިން" އިންނެވެ. ދިވަންކާ އާއި ވިވެކް ވެފައިވަނީ ޓީވީ ޝޯތަކުގެ އެންމެ ލޯބި އެއް ޖޯޑަށެވެ. "ނަޗްބަލިޔޭ 8" ފެށުމުގެ ރިހާސަލްގެ ތެރެއިން ދިވަންކާއަށް ވަނީ އަނިޔާވެ އެ ޝޯއާ ކުޑަ ދުވަސްކޮޅަކަށް ދުރަށް ދާންޖެހިފައެވެ. އޭނާއަކީ ކުރިންވެސް ބުރަކަށީގެ މައްސަލަތައް ހުންނަ މީހެއް ކަމަށްވެއެވެ. އޭނާގެ މައިބަދައިގެ ޑިސްކެއް މީގެ ކުރިން ދުރުވެފައިވާ ކަމަށްވެއެވެ. އެހެން ނަމަވެސް އެނބުރި އައިސް އޭނާ ވަނީ މޮޅު ހުނަރު ސްޓޭޖްމަތިން ދައްކާލާފައެވެ. އަނެއްކޮޅުން ދިވަންކާގެ ފިރިމީހާ ވިވެކް ގެ ފޭނުން ވެސް އަނެއް ދެ ޖޯޑަށްވުރެ އިތުރެވެ.

ސަނާޔާ އިރާނީ އާއި މޯހިތު ސޭގަލް

ސަނާޔާ އާއި މޯހިތަކީ މޮޅު ޑާންސަރުންނެވެ. ޚާއްސަކޮށް "ނަޗްބަލިޔޭ 8" ފެށިގެން މިއަދާހަމައަށް ކޮންމެ ހަފްތާއަކު ކޮންމެވެސް އާ ޑާންސް ހުނަރެއް އެދެމީހުން ސްޓޭޖްމަތިން ދައްކާލައެވެ. ޝޯގެ ތެރޭގައި މަތީ ސްކޯއެއް ހޯދަނީ ވެސް އެ ދެމީހުންނެވެ. ސަނާޔާ އިރާނީ މަޝްހޫރު ވެގެންދިޔައީ ސްޓާޕްލަސްއިން 2011 ވަނަ އަހަރު ދެއްކި ޑްރާމާ ސީރީޒް "އިސް ޕްޔާރު ކީ ކިޔާ ނާމް ދޫން" އިންނެވެ.

އަބީގައިލް ޕަންޑޭ އާއި ސަނަމް ޖޯހަރު

އަބީގައިލް އާއި ސަނަމް "ނަޗްބަލިޔޭ 8" ގައި ދައްކުވައިދީފައިވާ ހުނަރަކީ ބެލުންތެރިން އެއަށް ތައުރީފު ކުރާ ހުނަރެވެ. ގިނަ މީހުން އެއްބަސްވާ ގޮތުގައި "ނަޗްބަލިޔޭ 8" ހާސިލް ކުރާނީ އެ ދެފަންނާނުންނެވެ. މިދެ ޖޯޑުގެ ތެރެއިން ސަނަމްއަކީ ވަރަށް މޮޅަށް ޑާންސަރެކެވެ. އެހެން ނަމަވެސް އަބީގައިލްއަކީ މި ޝޯ ފެށުމުގެ ކުރިން ޑާންސް ކޮށްފައިވާ މީހެއް ނޫނެވެ. އޭނާ ޑާންސް ކުރަން ފަށާފައި ވަނީ ހަމައެކަނި މި ޝޯއަށެވެ.

ކޮންމެއަކަސް "ނަޗްބަލިޔޭ 8" ކާމިޔާބު ކުރާ ފަރާތް ކުރިއަށް އޮތް ހަފްތާ ބަންދުގެ ޝޯގައި ކަށަވަރުވާނެއެވެ. އެ ތިން ޖޯޑުގެ ފޭނުން މިހާރު އިންތިޒާރު ކުރަނީ އެ ޝޯއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

24 ނޮވެމްބަރު 2017
ނިކަމެތިންގެ ބައްޕަ ރަހީނުކޮށްފައި. ރައްޔިތުން އޯކޭ. ލަދު!

ނިކަމެތިންގެ ބައްޕަ ރަހީނުކޮށްފައި. ރައްޔިތުން އޯކޭ. ލަދު!

17 އޯގަސްޓު 2017
ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

09 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު