Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް ކޮލިފައިން

މިއީ ދިވެހި ފުޓްބޯޅައަށް ލިބުނު ކާމިޔާބެއް: ފެސްކޯ

ވެލެންސިއާއިން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 6 އެޕްރީލު 2022 | ބުދަ 15:21
ވެލެންސިއާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)

ވެލެންސިއާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)

އޭއެފްސީ ކަޕްގެ ޕްލިމިނަރީ ފުރަތަމަ މެޗުން ބޫޓާންގެ ޕަރޯ އެފްސީގެ މައްޗަށް ވެލެންސިއާއިން ކުރި ހޯދުމަކީ ދިވެހި ފުޓްބޯޅައަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި ވެލެންސިއާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ފާހަގަކޮށްފިއެވެ.

ޕްރިލިމިނަރީގެ ފުރަތަމަ މެޗުގައި ޕަރޯ އެފްސީގެ މައްޗަށް ވެލެންސިއާއިން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފެސްކޯ ބުނީ މިއީ ހަމައެކަނި ވެލެންސިއާއަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއީ މުޅި ދިވެހި ފުޓްބޯޅައަށް ލިބުނު ކާމިޔާބެއް ކަމަށެވެ.

ރޯދަ މަހުގެ ކުރީ ކޮޅުގައި މި މެޗަށް ނިކުތް އިރު ވެލެންސިއާ ކުޅުންތެރިންގެ ފަރާތުން ރޯދަ ވަރުބަލިކަން ފެނުނެެވެ. އަދި އަނިޔާގެ ސަބަބުން ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ފަދަ މުހިންމު ކުޅުންތެރިންނަށްވެސް މި މެޗުގައި ނުކުޅެވުނެވެ. ފެސްކޯ ބުނީ މި ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާގެ ސަމާލުކަން އޮތީ ޕްރިލިމިނަރީގެ ދެވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެންޖޭ މެޗަށް ކަމަށެވެ.

ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ވެލެންސިއާއިން ޓީސީ ސްޕޯޓްްސް ކްލަބާއި ބައްދަލުކުރަން ޖެހޭނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ. މި މެޗަށްފަހު ޕްރިލިމިނަރީގެ ދެވަނަ މެޗުގައި އަބަހާނީއާ ދެކޮޅަށް ކުޅެން ޖެހޭނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މި މެޗު ކުޅުމަށްޓަކާ ޓީމުން ދިގު ދަތުރެއް ކުރަން ޖެހޭނެއެވެ. ފެސްކޯ ބުނީ ކައިރި ކައިރީގައި މެޗުތަކެއް ކުޅެން ޖެހުމުން އޭގެ ނެދެވޭ އަސަރު ޓީމަށް ކުރާނެ ކަމަށެވެ. އެހެންކަމުން ޕްރިމިއަރ ލީގު މެޗު ތާވަލަށް ބަދަލުތަކެއް ގެނެސް ޓީމަށް ފަސޭހަ ގޮތްތަކެއް އިންތިޒާމު ކޮށްދިނުމަށް ފެސްކޯ އެދުނެވެ.

ރޭ ކުޅުނު މެޗާއި ގުޅޭ ގޮތުން ފެސްކޯ ބުނީ ޓީމުގެ ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ގިނަ ވަގުތު މެޗުގެ ކޮންޓްރޯލް އޮތީ ވެލެންސިއާ އަތުގައިކަން ފާހަގަކޮށް ފެސްކޯ ބުނީ މެޗަށް ތައްޔާރުވިއިރު، ވެލެންސިއާ އިން ޕްލޭންކުރި ގޮތަށް ގިނަ ކަންކަން ދިޔަ ކަމަށެެވެ.

ފެސްކޯ ބުނީ މެޗުގައި ޓީމުގެ ކެޕްޓަން ބޭންޑު ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އަށް ދިނީ ވަރަށް އިތުބާރު އޮތުމުން ކަމަށެވެ. ސެންޓޭއަށް އަނިޔާވި ހިސާބުން އެކި ކުޅުންތެރިންނަށް ކެޕްޓަންކަމުގެ ޒިންމާ ހަވާލު ކުރަމުން އަންނައިރު، ޓީމުގެ ކޮންމެ ކުޅުންތެރިއަކީވެސް ލީޑަރެއްގެ ގޮތުގައި ފެސްކޯ ފާހަގަ ކުރިއެވެ. ރޭގެ މެޗުގައި ޓޮޕްލަކް ވަނީ މޮޅު ކުޅުމެއް ދައްކާ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ
07 މާރިޗު 2017

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް
03 މާރިޗު 2017

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

03 މާރިޗު 2017
މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު