Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީކަޕް ކޮލިފައިންގ

ގްރޫޕް ސްޓޭޖަށް ދިޔުމަށް ވެލެންސިޔާއިން ފުރަތަމަ ފިޔަވަޅު ގިރާކޮށްފި

ކޮލިފައިންގ ދެވަނަ މެޗުގައި ވާދަކުރަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 6 އެޕްރީލު 2022 | ބުދަ 02:26
ލަނޑުޖެހުމަށްފަހު ބޯހާސް އުފާފާޅުކުރަނީ

ލަނޑުޖެހުމަށްފަހު ބޯހާސް އުފާފާޅުކުރަނީ

އޭއެފްސީކަޕް ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމަށް ކްލަބް ވެލެންސިޔާއިން ފުރަތަމަ ފިޔަވަޅު ގިރާކޮށްފިއެވެ. ވެލެންސިޔާއިން ފުރަތަމަ ފިޔަވަޅު ގިރާކުރީ ޕްރިލިމިނަރީ މަރުހަލާގެ ފުރަތަމަ ބުރުގައި ބޫޓާންގެ ޕަރޯ އެފްސީ ބަލިކޮށްގެންނެވެ.

ޕްރިލިމިނަރީ މަރުހަލާގެ ދެވަނަ ބުރުން ވެލެންސިޔާ ޖާގަ ހޯދީ ގަލޮޅު ރަސްމީ ފުޓްބޯޅަ ސްޓޭޑިއަމްގައި 2-1 ން ޕަރޯ އެފްސީ ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު 1-1 ން ދެޓީމް އެއްވަރުވުމުން ނަތީޖާ ނެރުނީ 15 މިނިޓްގެ ދެހާފް ކުޅެގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ވެލެންސިޔާއަށް ކުރި ހޯދައިދިނީ އަބުދުالله ޔާމީންއެވެ. ގޯލް އޭރިޔާ ބޭރުގައި ހުރި ޔާނުއަށް ބޯހާސް ޖައްސާލި ބޯޅަ ފޮނުވާލީ ގޯލްގެ އިރުމަތީ ފަރާތު މަތީ ކަނަށެވެ. އެބޯޅަ ގޯލަށް ވަންއިރު ޕަރޯ އެފްސީގެ ކީޕަރަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އެކަމަކު ޕަރޯ އެފްސީން ވަނީ މާގިނައިރެއް ނުވެ ނަތީޖާ ހަމަހަމަކޮށްފައެވެ. ކޯނަރަކުން ގޯލް ކުރިމައްޗަށް ހުރަސްވި ބޯޅަ ބޮލުން ޖަހާ ނަތީޖާ ހަމަހަމަކޮށްދިނީ މެކްސްވެލް އެލޮންއެވެ. ފުރަތަމަ ހާފްގައި އޭނާ ފޮނުވާލި ބޯޅައެއް ވެލެންސިޔާގެ ގޯލް ބެލެހެއްޓި ޠޮލާލް (ޓޮޕްލަކް) މަތަކުރިއެވެ. ދެވަނަ ހާފްގައިވެސް އޭނާ ރަނގަޅު ބޯޅައެއް ފޮނުވާލިއެވެ.

ފުރަތަމަ ހާފް ނިމެނިކޮށް, ވެލެންސިޔާގެ ބޯހާސްއަށް ލިބުނު ފުރުޞަތުވެސް ބޭނުން ނުކުރެވުނެވެ. އޭރިޔާ ތެރޭ ހުރެ ދެފަހަރު މަތިން އޭނާ މަސައްކަތްކުރީ ޕަރޯ އެފްސީ ކުޅުންތެރިން ނައްޓާފަ ބޯޅަ ފޮނުވާލާށެވެ. ދެވަނަ ހާފްގައި ޔާން ފޮނުވާލި ބޯޅައެއް ޕަރޯ އެފްސީ ކުޅުންތެރިއަކު އަތުގައި ޖެހުމުން ވެލެންސިޔާއިން ޕެނަލްޓީއަކަށް ވަރަށް ބޮޑަށް އެޕީލް ކުރިއެވެ. އެކަމަކު މެޗުގެ ރެފްރީ އެންގީ ކުޅުން ކުރިއަށް ގެންދާށެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވާން 5 މިނިޓަށް ވެފައިވަނިކޮށް ޕެރޯގެ ޔެޝީ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑީގެ ކުޑަތަންކޮޅެއް މަތިންނެވެ.

ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފް ފަށައިގެން މިދުހަތު ފަހުމީ (ބިޗަޑް) ފޮނުވާލި ރަނގަޅު ބޯޅައެއް ޕަރޯގެ ކީޕަރު ދިފާއުކުރިއެވެ. ވެލެންސިޔާއިން މިހާފްގައި ލަނޑު ޖެހީ ޔާނު ތަނަވަސްކޮށްދިން ފުރުޞަތެއްގައި ބޯހާސްއެވެ. ކްލަބް ލެެވެލްގައި ޔާނުގެ ބައިނަލްއަޤްވާމީ ފުރަތަމަ މެޗުގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ. ގޯލް ޖެހުމުގެ އިތުރުން އެހެން ކުޅުންތެރިންނަށް ފުރުޞަތުތައް ތަނަވަސްކޮށްދިނެވެ.

ކޮލިފައިންގ ދެވަނަ ބުރުގައި ވެލެންސިޔާ ވާދަކުރަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާއެވެ. މިމަހުގެ 12 ވަނަ ދުވަހު އެމެޗު ކުޅޭނީ ބަންގްލަދޭޝްގައެވެ. އެމެޗުން މޮޅުވެގެން އަދި ގްރޫޕް ސްޓޭޖްގެ ޖާގަ ހޯދަން ޕްލޭއޮފް މެޗެއް ކުޅެން ޖެހޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު