Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޝައިހް ކަމާލް ކަޕް

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

ސެމީގައި ޓީސީ ބައްދަލުކުރާ ޓީމެއް އެނގޭނީ ގްރޫޕް ބީގެ މެޗުތަކަށްފަހު

ލީވާން އަލީ
ލީވާން އަލީ | 23 ފެބުރުއަރީ 2017 | ބުރާސްފަތި 17:34
ޓީސީ އަދި ޕޮޗެއޮން ބައްދަލުކުރި މެޗުގެ ތެރެއިން

ޓީސީ އަދި ޕޮޗެއޮން ބައްދަލުކުރި މެޗުގެ ތެރެއިން

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ކޮރެއާގެ ޕޮޗިއޮން ސިޓިޒެންއާ އެއްވަރުކޮށް ޓީސީ ސްޕޯޓްސް ކްލަބް ގްރޫޕް އޭގެ އެއްވަނަ ޓީމު ގޮތުގައި ސެމީފައިނަލުން ޖާގަ ހޯދައިފި އެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މި މެޗު ޓީސީއާ ވާދަކޮށް ޕޮޗިއޮންއިން މެޗު އެއްވަރުކުރީ 1-1 ގެ ނަތީޖާއިންނެވެ.

ބަންގްލަދޭޝްގެ ޗިޓަގޮންގައި ކުރިޔަށްދިޔަ މި މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓީސީންނެވެ. މި ލަނޑު ފުރަތަމަ ހާފްގެ އިތުރުވަތުތުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވިންސެންޓްގެ ކޯނެލިއަސް ސްޓެވާޓް އެވެ.

މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޕޮޗިއޮންގެ މައްޗަށް ޓީސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ފުރަތަމަ ކޮޅު ޓީސީން ކުޅުނު ނަމަވެސް މެޗުގެ ފަހު 20 ވަރަކަށް މިނެޓު ޕޮޗިއޮން އިން ވަނީ ކޮންޓްރޯލް ހޯދާފައެވެ. އެގޮތުން އެޓީމުން ވަނީ ޓީސީގެ ގޯލަށް ފުލުފުލުގައި ނުރައްކާކޮށް ހަމަލާ އުފައްދާފައެވެ.

މީގެ އިތުރުން ޓީސީ އަށްވެސް ވަނީ ދެވަނަ ހާފްގައި ލަނޑު ޖަހަން ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އިބްރާހިމް މަހުދީ (އިއްބެ) އަށް ލިބުނު ފުރުސަތު ހިމެނެއެވެ.

ޕޮޗިއޮން އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 77 ވަނަ މިނެޓުގައި ޕާކް ޖުން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަށް ފަހުވެސް ޕޮޗިއޮން އަށް ވަނީ ލީޑު ނެގުމަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެހެންނަމަވެސް ޓީސީގެ ގޯލު ކީޕަރު ނޭޕާލްގެ ކިރަން ކުމާރު ވަނީ ގިނަ ބޯޅަތަކެއް ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ހަތް ޕޮއިންޓާއެކު ޓީސީ ވަނީ ގްރޫޕްގެ އޭގެ އެއްވަނަ ހޯދާފައެވެ. ސެމީ ފައިނަލްގައި ޓީސީ ބައްދަލުކުރާ ޓީމެއް ކަށަވަރުވާނީ ހުކުރު ދުވަހު ގްރޫޕް ބީގައި ކުޅޭ ފަހު މެޗުތަކަށް ފަހު އެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު