Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސީރިއާގެ ރައްޔިތުންނަށް ދަތި ރޯދަ މަހެއް

މި ރަމަޟާން މަހު ސީރިއާގައި ކާނާއަށް ޖެހިފައިވާ އެތައް ބައެއް

5 އެޕްރީލު 2022 | އަންގާރަ 13:31

ސީރިއާ ހަނގުރާމައިގައި 13 މިލިއަނަށްވުރެ ގިނަ މީހުން ހާލުގައިޖެހުނު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 5 އެޕްރީލު 2022 | އަންގާރަ 13:31
ސީރިއާގެ ކުޑަކުދިންތަކެއް

ސީރިއާގެ ކުޑަކުދިންތަކެއް

ހަނގުރާމައެއްގެ ސަބަބުން އެންމެ ބޮޑަށް ހާލުގައި ޖެހުނު އެއް ބަޔަކީ ސީރިޔާގެ ރައްޔިތުންނެވެ. އަދި ހަނގުރާމައެއްގެ ސަބަބުން ބައެއްގެ އިންސާނީ ހައްގުތައްވެސް އެންމެ ބޮޑަށް ގެއްލިގެންގޮސްފައިވަނީ މި ހަނގުރާމައިގައެވެ. މި ހަނގުރާމަ އަދިވެސް ކުރިއަށްދާއިރު ހަނގުރާމައިގައި އެ ގައުމުގެ 13 މިލިއަން މީހުން ހާލުގައި ޖެހުނެވެ. އަދި ކައިރި ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި 5.6 މިލިއަން މީހުން ވަނީ ގޮސްފައެވެ. ބާކީ މީހުންނަށް ވީނުވީއެއް ނޭނގެއެވެ.

2011 ވަނަ އަހަރު ފެށި ހަނގުރާމައިގެ ކުރިން ސީރިއާއަކީ އެތައް ކަމަކުން މުއްސަނދި ގައުމެކެވެ. އެގައުމަށް ލިބިފައިވާ ގުދުރަތީ ޚާއްސަ ރީތިކަމާއި ސަގާފަތާއި އާދަކާދަތައް ފާހަގަކޮށްލެވެއެވެ. އެގައުމުގެ ރައްޔިތުންނަކީ ގަދަރުވެރި ދިރިއުޅުމެއް އުޅެމުންދިޔަ ބައެކެވެ. އެގައުމުގެ އިގްތިސާދުވެސް ވަރަށް ރަނގަޅެވެ. ސީރިއާގައި ކުރިއަށްދާ ހަނގުރާމައަށް 10 އަހަރަށް ވުރެގިނަދުވަސް ވެފައިވާއިރު، މިއަދު އެގައުމުން މިއިން އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. މުޅި ގައުމު ފެންނަނީ ތަފާތުކޮށެވެ. އެގައުމުގައި އޮތް ސަގާފަތާއި އާދަކާދަތަކެއް މިއަދަކު ނެތެވެ. ރައްޔިތުންގެ އަތްމަތި ދަށްޗެވެ. ގައުމުގެ އިގްތިސާދީ ހާލަތުވެސް ވަރަށް ދައްޗެވެ.

މި ހަނގުރާމައަށް ނިމުމެއް ނައިސް، ގައުމުގެ ހާލަތު ވަރަށް ދަށްވެފައިވާ ދަނޑިވަޅެއްގައި މި ވަނީ ރަމަޟާން މަހަކާ ކުރިމަތިލާންޖެހިފައެވެ. ގިނަ ބަޔަކު ދަތި ހާލަތުގައި އުޅެމުންދާއިރު، އެމީހުންނަށް ރޯދަ ވީއްލުން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އެކި ފަރާތްތައް އުޅެއެވެ. މިގޮތަށް ސީރިއާގައި މަސައްކަތްކުރާ އެއް ބަޔަކީ ސައީދު އެސޯސިއޭޝަންގެ ނަމުގައި މަސައްކަތްކުރަމުންދާ ޖަމިއްޔާއެކެވެ. އެހެންނަމަވެސް އެމީހުންނަށްވެސް ވަނީ މި މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަށް ދަތިވެފައެވެ. ތަކެތީގެ އަގުތައް އެގައުމުގައި އިންތިހާއަށް އުފުލިފައިވާތީއެވެ.

ރޮއިޓަރސްއާ ވަހަކަދައްކަމުން ސައީދު އެސޯސިއޭޝަންގެ ވެރިޔާ އިއްސާމް ހައްބާލް ބުނީ މިދިޔަ މަހު މި މަސައްކަތުގެ ތައްޔާރީތައް ފަށާފައިވާކަމަށެވެ. އިއްސާމް ބުނީ ސީރިއާގެ އިގްތިސާދީ ހާލަތާއި، ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ގިނަ މީހުންނަށް ރޯދަ ވީއްލާ ގަޑިއަށް ކާނެ އެއްޗެހި ހޯދުމަށް ދަތިވެފައިވާކަމަށެވެ. އެހެންކަމުން އެ ޖަމިއްޔާއިން ގެންދަނީ ބޭނުންޖެހިފައިވާ މީހުންނަށް ރޯދަވީއްލުން ފޯރުކޮށްދެމުންނެވެ. އޭނާގެ މި މަސައްކަތަށް މިއަހަރުގެ ކުރީކޮޅު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެހީ ފޯރުކޮށްދީފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާ ބުނީ ރޯދަ ވީއްލުމަށް ބޭނުންވާ ގިނަ ތަކެތި މިހާރު އެގައުމުން ލިބެން އެބަހުރި ކަމަށެވެ. އެހެންނަމަވެސް ތަކެތީގެ އަގު ބޮޑު ކަމުން ގިނަ މީހުންނަށް އެ އެއްޗެހި ގަނެ، ބޭނުންކުރުމުގެ ނަސީބު ލިބިފައިނުވާކަމަށް އިއްސާމް ބުނެފައިވެއެވެ. އެ ޖަމިއްޔާއިން މީގެ ކުރިން އެކި ބާވަތްތަކުގެ ކާނާ ފޯރުކޮށްދީފައިވާކަމަށް އިއްސާމް ބުނެފައިވެއެވެ. އެހެންނަމަވެސް ތަކެތީގެ އަގު ބޮޑުވުމުން އެކި ބާވަތްތައް ތައްޔާރުކުރަން ވެސް މިހާރު ދަތިކަމަށް އޭނާ ބުނެފައިވެއެވެ.

ސީރިއާގައި ކާނާގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު އެހީއަށް ބޭނުންވެފައިވާ މީހުންގެ އަދަދު 14 މިލިއަނުން މައްޗަށް މިހާރު ވަނީ އަރާފައެވެ. އަދި ސީރިއާގައި ދިރިއުޅެމުންދާ 18 މިލިއަން މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ ކާނާގެ ދަތިކަމާ ކުރިމަތިލާންޖެހިފައިވާ މީހުން ކަމަށް ޔޫއެން އިން ވެސް އަންދާޒާކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2017

ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން

31 ޑިސެމްބަރު 2017
ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން
11 އޮކްޓޯބަރު 2017

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!
05 އޮކްޓޯބަރު 2017

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

05 އޮކްޓޯބަރު 2017
ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން
10 ސެޕްޓެމްބަރު 2017

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ
05 ސެޕްޓެމްބަރު 2017

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!
25 ޖޫން 2017

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!
25 މެއި 2017

ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

25 މެއި 2017
ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން
24 މެއި 2017

ރަމަޟާން މަސް ފެށޭނީ ކޮން ދުވަހަކު؟

24 މެއި 2017
ރަމަޟާން މަސް ފެށޭނީ ކޮން ދުވަހަކު؟
09 މެއި 2017

ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް

09 މެއި 2017
ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް
29 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ދީލަތި 10 މަހުޖަނުން

29 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ދީލަތި 10 މަހުޖަނުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް