Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮހިންޖާ ޓެލެތޯން

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

ދަރިފުޅާ އަނބިމީހާވެސް ވީތަނެއްގެ މަތިން ޚިޔާލެއްވެސް ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2017 | އާދީއްތަ 12:15
އުމުރުން 16 މަހުގެ މުހައްމަދު ޝޮހާޔެތު: އެތައް ބަޔަކަށް އަސަރުކޮށްފި

އުމުރުން 16 މަހުގެ މުހައްމަދު ޝޮހާޔެތު: އެތައް ބަޔަކަށް އަސަރުކޮށްފި

"އެފޮޓޯ ފެނުމާއެކު ހީވީ ފައިދަށުން ބިންގަނޑު ދެމިގެންހެން. ހިތައް އެރި އަމިއްލައަށް މަރުވާންވިއްޔޭވެސް." ބަނގްލަ ދޭޝްއާއި މިޔަންމާ ގުޅުނު ބޯޑަރު ކައިރީ ނަފް ކޯރުގެ އައްސޭރިފަށުގެ ޗަކަގަނޑުގެ ތެރޭގައި މޫނުވަތައް އެއްލާލާފައި އޮތް 16 މަހުގެ ތުއްތު ތުއްތު ކުއްޖާގެ ފޮޓޯ އޭނާގެ ބައްޕަ އަށް ފެނުމުން ކުރެވުނު އިހްސާސްތައް ބުނެދިނެވެ.

އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. މިޔަންމާގެ ރޮހިންޖާ މުސްލިމެއް ކަމުގައިވާ ޒަފަރު އަލަމް ބޯޓާ ދިމާލަށް ދުއްވައިގަތީ އޭނާގެ 16 މަހުގެ ދަރިފުޅު މުހައްމަދު ޝޮހާޔެތު އާއި އޭނާގެ އަންހެނުން ގޮވައިގެންނެވެ. ފަހަތުން އަނިޔާކުރަމުން އަންނަ މިޔަންމާ ސިފައިންގެ އަތްދަށުން ސަލާމަތްވެ ބަންގަލަދޭޝްއަށް ދެވޭތޯއެވެ. ޢާއިލާގެ އެހެން މީހުން މަރުވެ ދިޔުމުގެ ހިތާމައިގެ އިތުރުން ގެދޮރު އަނދާ ހުލިވުމުން ހިތާ ދެކޮޅަށްވެސް އަމިއްލަ ރަށް ރަޚައިން ސްޓޭޓް ދޫކޮށްލާފައެވެ.

ޒަފަރު އަލަމް ބުނީ ތުއްތު ދަރިފުޅާ އަންބިމީހާ ގޮވައިގެން ބޯޓަށް އެރިދާނެތޯ ބޯޓުގެ ވެރިމީހާގާތު އެހުނުހެން ހީކަމަށެވެ. ހުއްދަވެސް ލިބި ބޯޓަށް އެރުނު ކަމަށްވެސް ޤަބޫލް ކުރެވުނެވެ. އެކަމަކު އެކަން އެހެންވިކަމެއްވެސް އަދި އޭނާގެ ދަރިފުޅާ އަނބިމީހާވެސް ވީތަނެއްގެ މަތިން އޭނާއަކަށް ޚިޔާލަކަށްވެސް ނުގެނެވުނެވެ. ފަހަތުން ބަޑިތައް ތަޅަމުން އައި ސިފައިންގެ އުންޑަތައް ހީވީ ތީރުތަކެއް އޮއްސައިގެން ހެންނެވެ. ޖަހަމުންދިޔަ ބަޑީގެ އަޑަށްވުރެ ގަދަވެގެން ދިޔައީ އަނިޔާވެ ލޭއޮހެރެމުން ދިޔަ މީހުންނާއި މަރުވަމުން ބިންމައްޗަށް ތިރިވަމުން ދިޔަ މީހުންގެ ހަޅޭކުގެ އަޑެވެ. ސަލާމަތައް އެދި ރޮމުން ދިޔަ މީހުންގެ ވޭނީ ރުއިމުގެ އަޑެވެ. ގުގުމަމުން ދިޔައި ވަޒަން އަރައިގެން ޒަޚަމްވި ކުޑަކުދިންނާ މަރުވަމުންދިޔަ މީހުންގެ ތަހައްމަލް ކުރަން އުނދަގޫ ކުކުރުމުގެ އަޑުންނެވެ. މަރުވެފައިވާ މީހުންގެ ހަށިތަކާއި ވަޒަން އަރާ ޒަޚަމްވި މީހުންނާއެކު ބޯޓަށް ނައްޓާލެވިއްޖެއެވެ. ބޯޓަށް އަރަން ދުވެފައި އައި އެތައް ބަޔަކަށް ނޭރި އުޅެނިކޮށްނެވެ. ބޯޓަށް އަރައަރާއޮއްވާ އެރި ވަޒަނުން ބޯޓުން ދޫވެ ކޯރުތެރެއަށް ވެއްޓުނު މީހުންނާވެސް ނުލައެވެ. އަދި އަމުދުން އެހިނދު މަރުވި މީހުންގެ ފުރާނަ ނެތް ހަށިތައްވެސް ކޯރުގެ އައްސޭރި ފަށަށް ދޫކޮށްލާފައެވެ. އެނޫން އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ.

ސަލާމަތުން ބޯޓުން ފުރުނު މީހުންގެ ތެރޭގައި ޒަފަރވެސް ހިމެނެއެވެ. އެކަމަކު ޒަފަރ އަށް އޭނާގެ ދަރިފުޅު ނެތްކަން އެނގުނީ މީހަކު އޭނާގެ ފޯނަށް ފޮނުވި ފޮޓޯ ފެނުމުންނެވެ. އޭނާގެ ދަރިފުޅު އޭނާގެ އަތަކު ނެތެވެ. އެދަރިފުޅު އެއޮތީ ކޯރުގެ އައްސޭރިފަށުގެ ޗަކަގަނޑުތެރެއަށް ވެއްޓިފައެވެ. އަޅާލާނެ މީހަކު ނެތިއެވެ. ހަރަކާތް ހުއްޓިފައެވެ.

"އަހަރެންގެ ހިތައް އެރި އަހަރެން ދެން މިދުނިޔޭގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތޭ." އަޑުން އަޑުނަގާ ރޮމުން މަރުވެފައިވާ 16 މަހުގެ ތުއްތު ތުއްތު މުހައްމަދު ޝޮހާޔެތުގެ ބައްޕަ ސީއެންއެންއަށް ބުންޏެވެ.

އެފޮޓޯ މުޅި ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެތައް މިލިއަން މީހަކު ވަނީ އެފޮޓޯ ބަލާފައެވެ. އެފޮޓޯއަށް ބެލި ކޮންމެ މީހަކު ފެންކަޅިވެއްޖެއެވެ. އެފޮޓޯއިން މުޅި ދުނިޔެ ރޮއްވާލައިފިއެވެ. އެފޮޓޯއިން ލައްކަ ވާހަކަތައް ބުނެދީފިއެވެ. އެފޮޓޯއިން އެކަނިވެސް މިޔަންމާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ޙާލަތު ފުރިހަމައަށް ސިފަވެގެން ހިނގައްޖެއެވެ. އެޤައުމުގައި މުސްލިމުންނަށް މިނިވަންކަމެއް ދިރިއުޅުމުގެ ޙައްޤެއް ނެތެވެ. ލާއިންސާނީ އަނިޔާތަކުގެ ޝިކާރައަކަށް ވެއްޖެ ކަމެވެ. ރަހުމެއް ހަމްދަރުދީގެ ކަންފުޅެއްވެސް ރޮހިންޖާ ސިފައިންގެ ނެތްކަމެވެ. އެއްވެސް މީހަކަށް އެމީހާގެ އަމިއްލަ ޖާނު ސަލާމަތް ކުރުމުގެ ބާރުވެސް ނެތްކަމެވެ. ތިމާގެ ކުދި ޅަދަރިންނާ މައިން ބަފައިންނަށްވެސް އަޅާލެވޭނެ އެއްވެސް ބާރެއް ނެތްކަމެވެ.

ކޮންމެއަކަސް މިއީ އެންމެ ފޮޓޯއަކުން ބުނެދިން ލައްކަ ވާހަކަތަކެވެ. އަޅުގަނޑުމެންފަދަ މުސްލިމުން ތަކެއްގެ ނިކަމެތި ޙާލެވެ. ރޮހިންޖާ މުސްލިމުންގެ ޙާލެވެ. އެވެރިން އެދެނީ މުޅި ދުނިޔޭގެ އެހީތެރިކަމަށެވެ. ހަމްދަރުދީވުމަށެވެ. އެންމެހާ މުސްލިމުންގެ ހެޔޮ ދުޢާތަކަށެވެ. އެވެރިންނަށް އެނޫން އެހެން ގޮތެއް މިންވަރުކޮށް ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި އެދި ދަންނަވައިދިނުމަށެވެ. ދިރިއުޅެވޭނޭ ދިރިހުރެވޭނޭ ފަދަ އެހެން ގޮތެއް މިންވަރު ކުރެއްވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19: 9 މަހުގެ ދަރިފުޅު ޝައްކު ކުރެވޭ ކޭސްއަކަށް ވުމުން ހައިރާންވި ވަރުން މަންމަ ފެށީ ހޭން!

ކޮވިޑް-19: 9 މަހުގެ ދަރިފުޅު ޝައްކު ކުރެވޭ ކޭސްއަކަށް ވުމުން ހައިރާންވި ވަރުން މަންމަ ފެށީ ހޭން!

18 މާރިޗު 2020
ހުރިހާ ވަގުތެއް ހޭދަކުރަނީ އެކުގައި، މިއަދު ދުނިޔޭގައި ނެތަސް ލޯބިވާ ތުއްތު ކަމަނަގެ ހަނދާން ފަނޑުވުމެއް ނެތް!

ހުރިހާ ވަގުތެއް ހޭދަކުރަނީ އެކުގައި، މިއަދު ދުނިޔޭގައި ނެތަސް ލޯބިވާ ތުއްތު ކަމަނަގެ ހަނދާން ފަނޑުވުމެއް ނެތް!

20 ފެބުރުއަރީ 2020
ދީނުގެ ވާހަކަދައްކަވާއިރު، ޤާސިމް ބަރޯސާވަނީ ރަލާ އޫރު މަހުގެ ވިޔަފާރީއަށް!

ދީނުގެ ވާހަކަދައްކަވާއިރު، ޤާސިމް ބަރޯސާވަނީ ރަލާ އޫރު މަހުގެ ވިޔަފާރީއަށް!

16 ސެޕްޓެމްބަރު 2019
ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

04 ސެޕްޓެމްބަރު 2019
ތުއްތު ކޭބާން އާއި އާއިލާއަށް ކުރިމަތިވެފައިވާ ހާލަތުގެ ހިތްދަތި ވާހަކަ

ތުއްތު ކޭބާން އާއި އާއިލާއަށް ކުރިމަތިވެފައިވާ ހާލަތުގެ ހިތްދަތި ވާހަކަ

11 އޯގަސްޓު 2019

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު