Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަހުޖަނުން

ދުނިޔޭގެ އެންމެ ދީލަތި 10 މަހުޖަނުން

ދުނިޔޭގެ މަޝްހޫރު މުއްސަނދިން ވަނީ އެ މީހުންގެ މިލްކިއްޔާތުގެ ބޮޑު ބައެއް އެހީގެ ގޮތުގައި ފޯރުކޮށްދީފައި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2017 | އާދީއްތަ 13:15
ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުން

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުން

އެމެރިކާގެ ފިލަންތްރޮޕިސްޓެއް ކަމަށްވާ އެންޑްރޫ ކާނެގީ ވިދާޅުވެފައި ވެއެވެ.

"އަނެކާ އަށް އެހީތެރިކަން ފޯރުކޮށްނުދީ އެކަކު ވެސް މުއްސަނދި ނުވާނެތެވެ. މުއްސަނދިކަމުގައި މަރުވާ މީހާއީ ލަދުވެތިކަމުގައި މަރުވާ މީހެކެވެ."

އާންމު ގޮތެއްގައި ދުނިޔޭގެ މަޝްހޫރު މުއްސަނދިން ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއެވެ. ބައެއް މީހުންނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެހީތައް ދޭ ފަރާތްތަކެކެވެ. އަނެއް ބަޔަކީ ސިއްރިއްޔާތުގައި އެކަންކުރާ މީހުންނެވެ. މާތް ﷲގެ މަގުގައި ހޭދަކުރުން މޮޅު އިތުރުވެގެން ވަނީ ހެޔޮ ނިޔަތުގައި ސިއްރިއްޔާތުގައެވެ. ބައެއް މުއްސަނދިން އެހީ ދެނީ ދެއްކުންތެރިކަމުގައެވެ. ތިރީގައި މި ވަނީ ދުނިޔޭގެ ބިލިއަނަރުންގެ ތެރެއިން އެންމެ ދީލަތު ނުވަތަ އެންމެ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކެވެ.

10- ޖޯޖް ކައިސާ

އެމެރިކާގެ ބިލިއަނަރެއް ކަމަށްވާ ޖޯޖް ކައިސާއަކީ ބީއޯކޭ ގެ ފައިނޭންސް ކޯޕަރޭޝަންގެ ވެރިޔާއެވެ. އޭނާގެ މިލްކިއްޔާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޖޯޖް ކައިސާ ފެމިލީގެ ނަމުގައި ފައުންޑޭޝަނެއް ވަނީ އުފައްދާފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ފައުންޑޭޝަނުން އިލްމާއި ސިއްޚީ، ދީނީ، އިޖުތިމާއީ އަދި މުޖުތަމައުގެ ކުރިއެރުމަށް މިހާތަނަށް 3.3 ބިލިއަން ޑޮލަރު އެހީގެ ގޮތުގައި ހޭދަކޮށްފައި ވެއެވެ.

9- އެލީ ބްރޯޑް

ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓުން ޖާގަ ނުލިބުނަސް އެލީ ބްރޯޑްއަކީ ވެސް އެހީ ފޯރުކޮށްދިނުމުގައި ލާމަސީލު މިސާލެކެވެ. ދެ އިންޑަސްޓްރީއެއްގައި 500 ކުންފުނީގެ ވެރިޔާ ދެ ޖަމާއަތެއް މެދުވެރިކޮށް މިހާތަނަށް 3.3 ބިލިއަން ޑޮލަރަށް ވުރެ ގިނަ އެހީ ފޯރުކޮށްދީފައި ވެއެވެ.

8- ކާލޮސް ސްލިމް ހެލޫ

މެކްސިކޯ އަށް އުފަން ސްލިމްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނެވެ. އަދި އޭނާއަކީ އެންމެ ދީލަތި މަހުޖަނުންގެ ތެރޭގައި ވެސް ހިމެނޭ ސަހުސިއްޔަތެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ސްލިމް ވަނީ ތަފާތު އެކި ޖަމާއަތްތައް މެދުވެރިކޮށް މިހާތަނަށް ހަތަރު ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ.

7- ގޯޑަން މޫރީ

އިންޓެލްގެ ފައުންޑަރު ގޯޑަންއަކީ ވެސް ދީލަތިކަމުގެ މިސާލެކެވެ. އޭނާ އާއި އަންހެނުން މިހާރު މަސްއޫލުވެ އުޅެނީ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައެވެ. އޭނާގެ ގޯޑަން އެންޑް ބެޓީ މޫރީ ފައުންޑޭޝަނުން މިހާތަނަށް ފަސް ބިލިއަން ޑޮލަރު ވަނީ އެހީގެ ގޮތުގައި ހޭދަކޮށްފައެވެ. މައިގަނޑު ގޮތެއްގައި އޭނާ އެހީ ފޯރުކޮށްދެނީ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ ކެމްޕެއިންތަކަށާއި، ބޭސްފަރުވާ ފޯރުކޮށްދިނުމަށާއި ސައިންސްގެ ދާއިރާ އަށެވެ.

6- ސުލައިމާން ބިން އަބްދުލް އަޒީޒު އަލް ރާޙީ

އަލް ރާޙީ ބޭންކްގެ ވެރިޔާއަކީ މެދުއިރުމަތީގެ އެންމެ މުއްސަނދި އެއް މަހުޖަނެވެ. އޭނާގެ ތިންބެއިން 1975 ވަނަ އަހަރު ފެށި ވިޔަފާރީގެ ބޮޑު ބައެއް އެހީގެ ގޮތުގައި މިހާރު ވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. މި ބޭންކް ހިމެނެނީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކްތަކުގެ ތެރޭގައެވެ. ސައޫދީގެ ޝާޚީ އާއިލާ އިން ބޭރުން އެންމެ މުއްސަނދި އާއިލާއަކީ އަލް ރާޙީ އާއިލާއެވެ. ސުލައިމާނުގެ މިލްކިއްޔާތުގައި 7.7 ބިލިއަން ޑޮލަރު ހުރި އިރު އެހީގެ ގޮތުގައި 5.7 ބިލިއަން ޑޮލަރު ހޭދަކުރައްވާފައި ވެއެވެ.

5- ޗާލްސް ފްރެންސިސް ފީނޭ

އެހީ ދިނުމުގެ ރޮނގުގައި ޗާލްސް މަޝްހޫރުވެފައި ވަނީ "ޖޭމްސް ބޮންޑް އޮފް ފިލޮންތްރޮފީ"ގެ ނަމުންނެވެ. ޑިއުޓީ ފްރީ ޝޮޕާސް ގްރޫޕާ އެކު މުއްސަނދިވެފައިވާ ޗާލްސްއަކީ އޭނާގެ ހުރިހާ މުދަލެއް ވެސް އެހީގެ ގޮތުގައި ދިނުމަށް ތައްޔާރަށް ހުންނަ މީހެކެވެ. ދީލަތިކަމުގެ އިންތިހާގެ ގޮތުގައި އޭނާ ފާހަގަކުރެވިގެންދާއިރު ލިބޭ އާމްދަނީގެ ބޮޑުބައެއް އޭނާ ހޭދަކުރަނީ އެހީ ފޯރުކޮށްދިނުމަށެވެ. އެހެން ކަމުން މިލްކިއްޔާތުގައި ބަހައްޓަނީ ވެސް މަދު އެއްޗެކެވެ. ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މުއްބާރު ނަމަ އޭނާއަކީ މިހާރު އެންމެ ބޮޑު އެއް މަހުޖަނަށް ވީހެވެ. ނަމަވެސް މި ވަގުތު މިލްކިއްޔާތުގައި ހުރީ 1.5 ބިލިއަން ޑޮލަރެވެ. ސަބަބަކީ ލިބޭ އާމްދަނީގެ ތެރެއިން މިހާތަނަށް އެހީގެ ގޮތުގައި 6.3 ބިލިއަން ޑޮލަރު ހޭދަކޮށްފައި ވުމެވެ. އޭނާގެ ފައުންޑެޝަނުން ތައުލީމާއި ސިއްހަތާއި އިންސާނީ ހައްގުތަ ފޯރުކޮށްދިނުމަށް އެތައް ގައުމެއްގައި ހަރަކާތްތެރިވެއެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ވިއެޓްނާމާއި ބަރުމުޑާ ހިމެނެއެވެ.

4- އާޒިމް ޕްރޭމްޖީ

އިންޑިއާގެ މި މަހުޖަނަކީ މުޅި ތަފާތު ކެރެކްޓާއެކެވެ. އޭނާއަކީ އައިޓީ ކޮންސަލްޓީން ކުންފުންޏެއް ކަމަށްވާ ވިޕްރޯ ލިމިޓެޑްގެ ވެރިޔާއެވެ. އެހީ ފޯރުކޮށްދިނުމަށް ފެށި "ގިވިން ]ޕްލެޖް" ގައި އެންމެ ފުރަތަމަ ސޮއިކުރި އިންޑިއާގެ މަހުޖަނަކީ ވެސް އޭނާއެވެ. އޭނާ ބުނެފައިވާ ގޮތުން އޭނާ ފަދަ ތަނަވަސްކަން ލިބިފައިވާ ފަރާތްތަކުން ދުނިޔޭ މިހާރަށް ވުރެ ރަނގަޅު ތަނަކަށް ހެދުމަށް، ތަނަވަސްކަން ލިބިފައި ނުވާ އެތައް މިލިއަން މީހުންނަށް އެހީވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އޭނާ ވަނީ މިލްކިއްޔާތުން މިހާތަނަށް އަށް ބިލިއަން ޑޮލަރު ހޭދަކުރައްވާފައެވެ.

3- ޖޯޖް ސޯރޮސް

ދީލަތި މަހުޖަނުންގެ ލިސްޓްގެ ތިން ވަނަ ޖޯޖް އަށް ލިބިފައި ވަނީ މިހާތަނަށް އެހީގެ ގޮތުގައި އަށް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްފައި ވާތީއެވެ. ހަންގޭރީ އަށް އުފަން އިންވެސްޓަރު، ލިޔުންތެރިޔާ އައި ފިލޮންތްރޮޕިސްޓް ޖޯޖްއަކީ ސޯރޮސް ފަންޑް މެނޭޖްމަންޓްގެ ޗެއާމަނެވެ. އޭނާ މަޝްހޫރުވެފައި ވަނީ "ދަ މޭން ހޫ ބްރޯކް ދި ބޭންކް އޮފް އިންގްލެންޑް"ގެ ނަމުންނެވެ. އެނަން އޭނާ އަށް ދެވިފައި ވަނީ އިނގިރޭސި ވިލާތަށް 1992 ވަނަ އަހަރު ކުރިމަތިވި ކަރަންސީ ކްރައިސިސް ކަމަށްވާ ބްލެކް ވެނިސްޑޭގައި 10 ބިލިއަން ޑޮލަރުގެ ޕައުންޑް ބާޒާރުގައި ވިއްކާލައި އެއް ބިލިއަން ޑޮަލަރުގެ ފައިދާއެއް ހޯދުމުންނެވެ.

2- ވޮރެން ބުފެޓް

މި ލިސްޓްގެ ދެ ވަނައިގަ އުޅޭ ވޮރެން ބުފެޓްއަކީ 2016 ވަނަ އަހަރު ފޯބްސް އިން ހޮވި އެންމެ މުއްސަނދި ލިސްޓްގެ ދެ ވަނައިގަ އުޅޭ މަހުޖަނެވެ. އުމުރުން 86 އަހަރުގެ ބުފެޓް ވަނީ މިހާތަނަށް 21.5 ބިލިއަން ޑޮަލަރު ހޭދަކުރައްވާފައެވެ. އެ ގޮތުން އޭނާ ވަނީ 2006 ވަނަ އަހަރު ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނާއި އެހެން ޖަމާއަތްތަކަށް އެހީގެ ގޮތުގައި މިލްކިއްޔާތުގެ 85 ޕަސެންޓް ހަދިޔާކުރަން އެއްބަސްވެފައެވެ.

1- ބިލް ގޭޓްސް

މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސްއަކީ ތީލަތިކަމުގެ އިންތިހާއެވެ. އެފްރިކާ އާއި އެ ނޫން ވެސް ބައްރުތަކުން ފަގީރުކަން ނައްތާލުމަށް އޭނާ މަޝްރޫއުތައް ހިންގާ އެތައް އަހަރެއް ވެއްޖެ އެވެ. ދުނިޔޭގެ އެންމެ ބޮޑު ސޮފްޓްވެއާ ކުންފުންޏަކަށް މައިކްރޯސޮފްޓް ވެގެންދިޔައިރު ބިލް ވެސް ވަނީ ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުގެ ގޮތުގައި ހިމެނިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންގެ އެހީގައި ހިންގާ ތަފާތު މަޝްރޫއުތަކާއި ޕްރޮގްރާމްތަކުން މިހާތަނަށް 27 ބިލިއަން ޑޮލަރު އެހީގެ ފޯރުކޮށްދީފައި ވެއެވެ. ވިޔަފާރި ކޮޅަށް ޖެހުމަށް ފަހު ބިލްގެ ވަގުތުތައް މިހާރު ހުސްކޮށްފައި ވަނީ ހިލޭ އެހީގެ މަޝްރޫއުތައް ހިންގުމަށެވެ.

މި ލިސްޓްގައި 10 ފަރާތެއް ފާހަގަކޮށްފައިވީ ނަމަވެސް ދުނިޔޭގެ ވަރަށް ގިނަ މަހުޖަނުން އެމީހުންނަށް ލިބިފައިވާ ތަނަވަސްކަމުން އެތައް އެހީތަކެއް ދަނީ ފޯރުކޮށްދެމުންނެވެ. އެ ގޮތުން ސޯޝަލް މީޑިއާގެ ރަސްގެފާނު މާކް ޒުކަބާގަކީ ވެސް ދީލަތި މަހުޖަނެކެވެ. އޭނާ ވެސް ގެންދަނީ އެތައް ބިލިއަން ޑޮލަރެއް އެހީގެ ގޮތުގައި ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް އިންސާނީ ވަސީލަތްތައް ބިނާކުރުމުގައި އޭނާގެ އެހީތެރިކަން ބޮޑެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ނަސޭހަތަކީ ކޮބާ؟

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ނަސޭހަތަކީ ކޮބާ؟

08 ޑިސެމްބަރު 2017
މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

01 ޑިސެމްބަރު 2017
 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
 "ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

"ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

29 އޮކްޓޯބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު