Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ސިޔާސީ މަސްރަހު

ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން

މަޑުމަޑުން ހުންނަވައިގެން ފާރިސް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2017 | އާދީއްތަ 07:27
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނަކީ 2017 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެހާ ވަރުގަދަ ނަމެއް ނޫނެވެ. ރައްޔިތުންނަށް ފާރިސް ފެންނަން ފެށީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި ހިސާބުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ. ފާޑުކިޔާ މީހުން ބުނާ ގޮތުގައި، ފާރިސް ކުރިއަށް ވަޑައިގެންނެވީ ބައްޕާފުޅުގެ ހިޔަނީގައެވެ. އެހެން ނަމަވެސް، ބައްޕާފުޅުގެ ހިޔަނިން ބޭރަށް ނިކުމެވަޑައިގެން، 2017 ވަނަ އަހަރުގެ ތެރޭގައި އޭނާ މިވަނީ އަމިއްލަ ކުޅަދާނަކަން ސާބިތުކޮށްދީފަ އެވެ. އަހަރު ދުވަހުގެ ތެރޭގައި ފާރިސް ކުރެއްވި މަސައްކަތުގެ ސަބަބުން، އޭނާ މިހާރު ހުންނެވީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ކުރީ ސަފުގައެވެ. މަޑުމަައިތިރި މިޒާޖެއްގެ ފާރިސް "މަޑުމަޑުން" ހުންނަވައިގެން ކުރެއްވި މަސައްކަތް ސަރުކާރަށް ހަޖަމުކުރަން ފަސޭހައެއް ނުވިކަން ހާމަވެގެންދިޔަ އެވެ.

ރާއްޖޭގެ ސިޔާސީ އޮއިވަރު ބަދަލުވެގެން ގޮސް، އިދިކޮޅު އިއްތިހާދެއް އުފެދުމާއެކު، ސަފުތައް ބަދަހިކުރުމުގައި އެންމެ ކުރީ ސަފުން ފެނިގެންދިޔައީ ފާރިސް އެވެ. ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިކުރުވައި، ސަރުކާރާ ދިމާލަށް އެންމެ ވަރުގަދަ "ތީރުތައް" އަމާޒުކުރެއްވި ބޭފުޅުންގެ ތެރޭގައި ފާރިސްގެ ނަން ފާހަގަކޮށްލަން ޖެހެ އެވެ. ފާރިސްގެ އަޑު ވެގެން ދިޔައީ ނާއުއްމީދު ވެފައި ތިބި ރައްޔިތުންތަކަކަށް ލިބުނު އުންމީދަކަށެވެ. ހިތްވަރު އެލިފައި ތިބި ސިޔާސީ ބޭފުޅުން އެކްޓިވޭޓް ކުރި "ކެޓަލިސްޓަށެވެ." ނަތީޖާއަކަށް ވެގެންދިޔައީ، އަހަރު ނިމުނުއިރު ފާރިސްގެ މައްޗަށް ދެ ދައުވާއެއްކޮށް ޝަރީއަތް ހިންގަމުންދާ ކަމެވެ. ސަރުކާރު އެންމެ ޖެހިލުންވާ ސިޔާސީ ލީޑަރުން ގޮޅިއަށް ފައްތަމުންދާ އުސޫލުން، ފާރިސްއަށް ވެސް ޖަލުގެ ތޭރިތަކާ ހަމައަށް ވަޑައިގަންނަވަން ޖެހުމެވެ.

އިދިކޮޅު އިއްތިހާދުގެ އެންމެ ކުރީގައި ހުންނަވައިގެން ސިޔާސީ ވަރުގަދަ ރޭވުންތައް ރާވައި، ތަންފީޒުކުރައްވަމުން ގެންދެވި އެވެ. މިކަން އެންމެ ބޮޑަށް ހާމަވެގެންދަނީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ އޮތް ވަރުގަދަ އަޣްލިބިއްޔަތު ދަމައިގަނެ، ސަރުކާރުގެ ބޮޑުންނަށް "ދެންމެ ދެންމެ ވެއްޓިދާނެ" ކަމުގެ ބިރު ހީވާވަރުގެ މަސައްކަތްތަކެއް އިދިކޮޅު ފަރާތްތަކުން ކުރުމުންނެވެ. ޕީޕީއެމްގައި ތިއްބެވި މެންބަރުން އިިދިކޮޅަށް ގެންގޮސް، މިނިސްޓަރުންނާއި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތަކަށް މެންބަރުންގެ ސޮއި ހޯދުމުގައި އެންމެ ބުރަ މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ފާރިސްއެވެ. ފާރިސްގެ މަޑުމައިތިރިކަމާއި "ޑިޕްލޮމެޓިކް" ފަލްސަފާއަކީ ރައްޔިތުންނާއި ސިޔާސީ ބޭފުޅުންގެ ލޯތްބާއި އިހުތިރާމް ލިބިގެންދިޔަ ސަބަބެކެވެ. މަޑުމައިތިރިކޮށް ހުންނެވިޔަސް، ސިޔާސީ ގޮތުން ވަރުގަދަ އުފެދުނު އާތަރުއެކެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި މިފަހުގެ އަހަރުތަކުގައި އެންމެ ހަރަކާތްތެރި، އެންމެ އަޒުމު ވަރުގަދަ ބޭފުޅަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ، އެއީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ކަމަށް ބުނާނެ މީހުން މަދެއް ނުވާނެ އެވެ. މުޒާހަރާއެއް ކުރަން ޖެހުނަސް، ޕޯޑިއަމްއެއްގައި ވާހަކަ ދައްކަވަން ޖެހުނަސް، އިދާރާއަކަށް މައްސަލައެއް ހުށަހަޅަން ޖެހުނަސް މަހުލޫފް ވަރެއް ނެތްކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ. ސިޔާސީ ވެރިންތައް ޖަލުގައި ބަންދުކުރުމުން، ސިޔާސި މަސްރަހަށް އައި ހުއްޓުން ފިލުވައިދޭން ނިކުމެވަޑައިގަތީ މަހުލޫފެވެ. ޕީޕީއެމްގެ ތެރެއިން ރައީސް ޔާމީނަށް ފާޅުގައި ފާޑުކިޔުއްވަން އެންމެ ފުރަތަމަ ފާޑުވިދާޅުވަން ފެއްޓެވި ބޭފުޅަކަށް މަހްލޫފް ވާނެ އެވެ. މަހުލޫފްގެ ފަރާތުން ސަރުކާރަށް ކުރިމަތިވަމުންދިޔަ "ދުއްތުރާގެ" ސަބަބުން ދެ ދައުވާއެއް އުފުލައި 10 މަހާއި 24 ދުވަހަށް އޭނާ ޖަލަށްލި އެވެ. 2017 ވަނަ އަހަރުގެ އިރު އުދަރެހުން ދައްކާލިއިރު، މަހުލޫފް އޮންނެވީ ޖަލުގަ އެވެ.

އެހެނަސް، މަހުލޫފްގެ އަޑެއް ކަނޑުވައެއް ނުލެވުނެވެ. ޖަލު ތަޖުރިބާ ވެގެންދިޔައީ އިތުރަށް މަހުލޫފް ވަރުގަދަ ކުރުވި ކަމަކަށެވެ. ޖަލުގައި ހުންނަވައިގެން، ޖަލުގައި ހުރި މައްސަލަތައް ބަޔާންތައް ނެރުއްވި އެވެ. ޖަލުގައި ހުންނެވިޔަސް މަހްލޫފުގެ ވާހަކަތައް ފަލަސުރުހީތަކުން ދިޔައީ ޖާގަހޯދަމުންނެވެ. ގައުމުގައި ހިނގަމުންދިޔަ ބޮޑެތި ކަންތައްތަކަށް ޖަލުގައި ހުންނަވައިގެން ބަސް ވިދާޅުވި އެވެ. ދާއިރާގެ ރައްޔިތުންގެ ހައްގުގައި ޖަލުގައި އޮންނަވައިގެން ވެސް މަސައްކަތް ކުރެއްވި އެވެ. ޖަލު ހުކުމް ތަންފީޒު ކުރެއްވުމަށްފަހު މަހުލޫފް ޖަލުން ނެރުމާއެކު ސަރުކާރަށް އިހުސާސް ކުރެވުނީ، "އުނދަގޫ ބޮޑު 10 މީދާ ދޫކޮށްލުމުގެ" އިހުސާސެވެ. ޖަލުން ނިކުތީ "ކޮކަޑި ކޭ މީދާ" ހެންނެވެ. ކުރިއަށް ވުރެ ވަރުގަދަ ވެފައި، މާގިނަ ވާހަކަތައް ވެސް ހިއްޕަވައިގެންނެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަދަ ބޭފުޅުންނާއި ޖަލުން ބައްދަލުވެ ހޯއްދެވި މައުލޫމާތުތައް ވެގެންދިޔައީ ސަރުކާރަށް "ބޮލުގެ ރިހުމަކަށެވެ."

ރައްޔިތުންގެ މަޖިލީހުގައި އެންމެ ހަރަކާތްތެރި ބޭފުޅާގެ ގޮތުގައި ފެނުނީވެސް މަހުލޫފެވެ. އިހުތިޖާޖު ކުރުމާއި، މަޖިލީހުގެ ރައީސް މަސީހް ފަހައި ދުވުމާއި، މަޖިލީހުގެ "ސަކަރާތްގަނޑު" ފޭސްބުކުން ލައިވްކޮށް ގެނެސްދެމުން ދިޔަ އެވެ. މަހުލޫފްގެ މަހްލޫފުގެ މި އަމަލުތަކުގެ ނަތީޖާއަކަށްވީ އޭނާ އަލުން ހައްޔަރުކޮށް ތަހްގީގު ފެށުމެވެ. ޕާސްޕޯޓް ހިފަހެއްޓި އެވެ. އާއިލާ ބޭފުޅުންނަށްވެސް އުނދަގޫތައް ކުރިމަތިކުރުވިއެވެ. އެހެންނަމަވެސް، މަހުލޫފް ފެނުނީ ހުރިހާ ގޮންޖެހުންތަކާއެކުވެސް، 2017 ގައި ސިޔާސީ މަސްރަހުގައި އެންމެ އަލިގަދަ އެއް ތަރީގެ ގޮތުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު