Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފުލުހުންގެ އިންޓެލިޖެންސް

އިންޓެލް ރިޕޯޓު ކޯޓުގައި ބެލުމާއި، ދިފާއު އަށް ދޫކުރުން: ތަފާތަކީ ކޮބާ؟

ޤައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ހިމެނޭތީވެސް ސިއްރުކުރަން އެދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 31 މާރިޗު 2022 | ބުރާސްފަތި 12:30
ފުލުހުން ތައްޔާރުކުރާ ބައެއް އިންޓެލިޖެންސް ރިޕޯޓުތައް ސިއްްރު ކުރަން އެދެނީ ކުރިއަށްދާ ތަހުގީގުތަކާ ގުޅޭ މައުލޫމާތު ހިމެނޭތީ

ފުލުހުން ތައްޔާރުކުރާ ބައެއް އިންޓެލިޖެންސް ރިޕޯޓުތައް ސިއްްރު ކުރަން އެދެނީ ކުރިއަށްދާ ތަހުގީގުތަކާ ގުޅޭ މައުލޫމާތު ހިމެނޭތީ

ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަންގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، 23 މާރޗުގައި ވަނީ އެ މައްސަލައިގެ ހެކި ރައްކާތެރި ކުރުމާ ގުޅޭ އަޑުއެހުމެއް ބާއްވާފައެވެ.

އެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ، އެ ރިޕޯޓުތަކުގައި މިހާރުވެސް ކުރިއަށްދާ ތަހުގީގުތަކަކާއި ގުޅޭ މައުލޫމާތުތަކެއް ހިމެނޭތީ އާއި، އެ ފަރާތްތަކަށް އެ މައުލޫމާތުތައް ލިބިއްޖެނަމަ ހެކި ނައްތާލުމުގެ އިހްތިމާލު އޮތުމުން ދިފާއަށް މުޅި ރިޕޯޓު ދޫކުރަން ދެކޮޅު ކަމަށެވެ. އެހެންނަމަވެސް، ކޯޓަށް ހާޒިރުވެ، ދިފާއުން މުޅި ރިޕޯޓު ކިޔައި، އޭގެ މައުލޫމާތު ނޯޓު ކޮށްގެން ދިއުމަށް ދައުލަތުން އިއުތިރާޒެއް ނުކުރެއެވެ.

އެހެންނަމަވެސް، އެ މައްސަލައިގައި ގާޒީ ވިދާޅުވީ، ދިފާއުން ކޯޓަށް އައިސް ރިޕޯޓު ބެލޭނަމަ ދައުލަތުން ރިޕޯޓު ސިއްރުކުރަން އެދުނު މަޤްސަދު ޙާސިލު ނުވާ ކަމަށެވެ. އެކަމަށް ދައުލަތުންވެސް ވާހަކަ ދެއްކިއެވެ. ދައުލަތުން ބުނާ ގޮތުގައި އިންޓެލް ރިޕޯޓު ކޯޓަށް އައިސް ބެލޭނެ ގޮތް ހެދުމަށްވެސް ދައުލަތުން އެދުނީ ދިފާއުވުމުގައި ލިބިދޭން ޖެހޭ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތަށް ވީހާވެސް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދެއްވުމުގެ ގޮތުންކަމަށެވެ.

ދައުލަތުން އެގޮތަށް އެދިފައިވާތީ ދިފާއުން ކޯޓަށް އައިސް މުޅި ރިޕޯޓު ބެލޭގޮތަށް ގާޒީ އެ އަޑުއެހުމުގައި ނިންމެވިއެވެ. އަދި ރިޕޯޓުގައި އުނިކުރަން ޖެހޭ ކަންކަން އުނިކޮށްފައި ރިޕޯޓު ދައުލަތަށް ދޫކުރާ ގޮތަށް ދައުލަތުގެ ހެކި ރައްކާތެރި ކުރުމުގެ އަމުރު ބަދަލުކުރަން ހިޔާލުދެއްވައި އެ އަޑުއެހުން ނިންމަވާލެއްވިއެވެ.

އެހެން އަޑުއެހުމެކެވެ. 2017 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި މާލޭގައި އައިއީޑީއެއް ގޮއްވަން އުޅުނު މައްސަލައިގައި 29 މާރޗު 2022 ގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ މައްސަލައެކެވެ.

އެ މައްސަލައިގައިވެސް ދައުލަތުގެ ސްޓޭންޑް އަކީ އިންޓެލިޖެންސް ރިޕޯޓު ސިއްރުކޮށް، ކޯޓަށް އައިސް ވަކި ޝަރުތުތަކާއެކު ބެލޭގޮތަށް ހެދުމެވެ. ސަބަބަކީ ފުލުހުންގެ އުކުޅުތަކާއި އެފަދަ މައުލޫމާތުތައް އެނގޭނެތީކަން ދައުލަތުން ފާހަގަ ކުރިއެވެ. ވަކިން ޚާއްސަކޮށް ފުލުހުންގެ އިންޓެލިޖެންސްއަކީ ގިނަ އުކުޅުތަކެއްގެ ދަށުން ދެނެގަނެވޭ މައުލޫމާތުތަކަށްވާއިރު، ރިޕޯޓު އާންމުވެއްޖެނަމަ، މުޖުތަމައު އަށް އެ މައުލޫމާތުތައް ލީކުވެގެން ދިއުމުގެ ފުރުސަތު އޮންނާނެކަން ދައުލަތުން ފާހަގަކުރެއެވެ.

އެ މައްސަލަ ބެއްލެވި ގާޒީ ވިދާޅުވި ގޮތުގައި ރިޕޯޓު ސިއްރު ކުރިޔަސް، ކޯޓަށް އައިސް ދިފާއަށް މުޅި އެ ރިޕޯޓު ބެލޭނަމަ ހަމަ އެ އުކުޅުތައް އެބަ އެނގިގެންދެއެވެ. ވީއިރު، ރިޕޯޓު ސިއްރު ކުރުމުން ދައުލަތުގެ މަޤްސަދު ވަކި ޙާސިލު ނުވާނެކަން ބަޔާން ކުރައްވައި ގާޒީ ނިންމެވީ އިންޓެލް ރިޕޯޓު ސިއްރު ނުކުރެއްވުމަށެވެ. އެ ދުވަހުވެސް ދައުލަތުގެ ވަކީލު ވަނީ، ކޯޓަށް އައިސް ބެލުމާއި، ރިޕޯޓު ދިފާއު އަށް ދޫކުރުމުގެ ފަރަޤާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ހަމަ އެހެން މައްސަލައެކެވެ. ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުފަތުރާ، ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުކުރެވޭ މީހުންނަށް ކުރާ ދައުވާއާ ގުޅިގެން 22 މާރޗު 2022 ގައި ބޭއްވި އަޑުއެހުމެވެ.

އެ މައްސަލައިގެ ހެކި ރައްކާތެރި ކުރުމާއި ގުޅޭގޮތުން ދައުލަތުގެ ސްޓޭންޑަށް ބަލާއިރު، އިންޓެލިޖެންސް ރިޕޯޓުތަކަކީ އޭގެ ޒާތުގައި މުޖުތަމައު އަށް ސިއްރުކޮށްފައި އޮންނަ އެއްޗެއް ކަމަށާއި، އެ ނަކަލު ކުރުމަށްފަހު ދޫކޮށްފިނަމަ މުޖުތަމައު އަށް ބޭރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ އެ ރިޕޯޓުތައް ޝަރީއަތަށް އައިސް ބެލޭ ގޮތަށް ހެކި ރައްކާތެރި ކޮށްދޭން ދައުލަތުން އެދުނެވެ.

އެހެންނަމަވެސް އެ ރިޕޯޓުތަކުގައި ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ މައުލޫމާތެއް ނެތްކަމަށް ވިދާޅުވެ، އެ ހެކިވެސް ހާމަ ކުރެއްވުމަށް އެ މައްސަލަ ބެއްލެވި ގާޒީ ނިންމަވާފައިވެއެވެ. ގާޒީ ވަނީ އިންޓެލިޖެންސް ރިޕޯޓު ޝަރީއަތަށް އައިސް ބެލުމާއި، ވަކީލުންގެ އަތަށް ދޫކުރުމާ މެދު ވަކި ތަފާތު ނަތީޖާއެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެ ނިންމުން އިސްތިއުނާފު ކުރުމަށް ނިންމިކަން ދައުލަތުން އެ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

ދައުލަތުން ބުނާ ގޮތުގައި ވަކީލުންނަކީވެސް ހުވައެއް ކޮށްގެން ތިބޭ ބައެކެވެ. ވީއިރު، ކޯޓަށް އައިސް ރިޕޯޓު ބެލުމަށް ދޭ ފުރުސަތަކީ ރިޕޯޓުގައި ހުރި މައުލޫމާތުތައް ނޯޓުކޮށްގެން އެ މައުލޫމާތުތައް ލީކު ކުރުމަށް ބޭނުން ކުރާނެ ފުރުސަތެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެ ފުރުސަތު ދިފާއަށް ދޭން ދައުލަތުން އެދެނީވެސް ދެފަރާތުގެ ހަމަހަމަކަން ޤާއިމު ކުރުމުގެ މަޤްސަދުގައެވެ. އިންޓެލް ރިޕޯޓަކީ އޭގެ ޒާތުގައި މުޖުތަމައު އަށް ސިއްރު ކޮށްފައި އޮންނަންޖެހޭ އެއްޗެއްކަމަށްވާއިރު، މި ޙާލަތުގައި އެންމެ އިންސާފުވެރި ގޮތަކީ ދައުވާލިބޭ މީހާއަށް ދިފާއު ބިނާ ކުރެވޭ މިންވަރަށް، ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ރިޕޯޓު ބެލޭނެ ގޮތްވުމެވެ.

އެއީ ފަހަރުގައިވެސް މުޅި ރިޕޯޓު ދޫކުރުމާއި، ކޯޓަށް އައިސް ބެލުމުގައި ފަރަޤެއް ނެތްކަމަށް ބަޔާންކޮށް، ރިޕޯޓު ދިފާއު އަށް ދޫކުރަންޖެހޭ ސަބަބެއްކަމަށް ދައުލަތުން ނުދެކޭކަން ފާހަގަ ކުރިއެވެ.

ހަމަ އެހެން މައްސަލައެކެވެ. ނަމަވެސް ތަފަތު ނިންމެވުމެކެވެ. ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ތުރުކީ މަގުން ސީރިއާއަށް ދިޔަ މައްސަލައިގައި މއ. މާރަނގަ ޙަސަން ފައިޒަންގެ މައްޗަށް އުފުލާފައިވާ ދައުވާގައި 2 ފެބްރުއަރީ 2022 ގައި ބޭއްވި އަޑުއެހުމެވެ.

އެ މައްސަލައިގެ ހެކި ރައްކާތެރި ކުރުމާއި ގުޅޭގޮތުން ދައުލަތުގެ ސްޓޭންޑް އަށް ބަލާއިރު، އިންޓެލް ރިޕޯޓުގެ ވަކި މިންވަރެއް ސިއްރު ކޮށްދީ، ދިފާއަށް ހިއްސާ ކުރެވޭ މިންވަރަށް ހިއްސާ ކޮށްދެއްވުމަށް އެދި ދައުލަތުން ވަނީ ހުށައަޅުއްވާފައެވެ. އަދި މި ލިޔުން ސީދާ ދައުވާ ލިބޭ ފަރާތަށް ދޫކުރުމުގެ ބަދަލުގައި، ޝަރީއަތުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ރިޕޯޓު ދިރާސާ ކުރުމަށް ދިފާއު އަށް ފުރުސަތު ދެއްވުމަށްވެސް ދައުލަތުން އެދެއެވެ.

ދައުލަތުން ވަނީ މި ރިޕޯޓުގައި ޤައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތުތައްވެސް ހިމެނޭކަން ބަޔާން ކުރައްވާފައެވެ.

އެ މައްސަލައިގައި ގާޒީ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ދައުވާ ލިބޭ ފަރާތަށް ދޫކުރުމުގެ ބަދަލުގައި ޝަރީއަތުން ކަނޑައަޅާ އުސޫލެއްގެ މަތިން ދިރާސާ ކުރެވޭ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދެއްވުމަށެވެ. ދައުލަތުންވެސް އެދުނު ގޮތަށެވެ.

ވުމާއެކު، ތަފާތު އެކި މައްސަލަތަކުގައި އިންޓެލިޖެންސް ރިޕޯޓު ދޫކުރުމާއި ނުކުރުން ނުވަތަ އެ ރިޕޯޓާމެދު ނެރުއްވާ ހެކި ރައްކާތެރި ކުރުމުގެ އަމުރުތައް އެބަ ތަފާތުވެއެވެ. ބައެއް ޤާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޓެލް ރިޕޯޓު ކޯޓަށް އައިސް ބެލުމާއި، ދިފާއު އަށް ދޫކުރުމުގައި އޮންނަ އެންމެ ބޮޑު އެއް ފަރަޤަކީ ރިޕޯޓު ލީކުވެދާނެކަމުގެ އިހްތިމާލެވެ. ކޯޓަށް އައިސް ރިޕޯޓު ބެލުމުގެ ފުރުސަތު ދިނުމުން، އެ ރިޕޯޓު ލީކުނުވާނެކަން ޔަޤީން ކުރެވެއެވެ. ލީކުވިޔަސް ވާނީ އެ ރިޕޯޓާ ގުޅޭގޮތުން ދިފާއީ ވަކީލުން ކޯޓުން ބޭރުގައި ދައްކާ ވާހަކައެކެވެ. އެހިސާބުން އެކަން ބެލުމުގެ ބާރު، ބާރ ކައުންސިލަށްވެސް ލިބިގެންދެއެވެ.

އަނެއްބައި ފަރާތްތަކުން ބުނާ ގޮތުގައި އިންޓެލް ރިޕޯޓުތަކުގައިވެސް އެކި ގިންތިތައް ހުރެއެވެ. ބައެއް ގިންތިތަކުގެ އިންޓެލް ރިޕޯޓުތަކަކީ އެއްވެސް މިންވަރެއްގައި ހާމަވުމަށް ތަހުގީގީ އިދާރާއިން ސީދާ ދެކޮޅުހަދާނެފަދަ ރިޕޯޓުތަކެކެވެ. ވުމާއެކު، ގާޒީންގެ ނިންމެވުން ތަފާތުވުމުގައި، އިންޓެލް ރިޕޯޓުގެ ދަރަޖަވެސް ސަބަބަކަށް ވެދާނެކަމަށް ބައެއް ޤާނޫނީ ބޭފުޅުން ދެކިލައްވައެވެ.

އޭގެ އިތުރުން، އިންޓެލް ރިޕޯޓުގައި އެފަދަ މައުލޫމާތުތައް ފުލުހުން ހޯދި ގޮތް އެނގޭނެ ފަދަ ނުކުތާތައްވެސް ހިމެނޭއިރު، އެއީ ރައްކާތެރި ކުރަންޖެހޭ މައުލޫމާތުތަކެއްކަމަށް ގިނަ ފަރާތްތަކުން އެއްބަސްވެލައްވައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު