Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުރައިދޫ މަރުކަޒުގެ މަސައްކަތް

ގުރައިދޫ މަރުކަޒު: މިދިޔަ އަހަރު ރަނގަޅުކުރުމަށް ހުށަހެޅި 80 އިންސައްތަ މަސައްކަތް ކުރެވިފައިވޭ

29 މާރިޗު 2022 | އަންގާރަ 07:56

މިހާރު ނުކުރެވި ހުރި މަސައްކަތަކީ ބަޖެޓްގެ ދަތިކަމާއި ގުޅިގެން ނުކުރެވި ހުރި މަސައްކަތް

އަމްނާ އިމާދު
އަމްނާ އިމާދު | 29 މާރިޗު 2022 | އަންގާރަ 07:56
ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ގުރައިދޫ މަރުކަޒު

ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ގުރައިދޫ މަރުކަޒު

ގުރައިދޫ މަރުކަޒާއި ގުޅޭގޮތުން ރަނގަޅު ކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ވަގުތުން ފިޔަވަޅު އަޅާ ކަމަށާއި، މިދިޔަ އަހަރުގެ ތެރޭގައި ރަނގަޅުކުރުމަށް ހުށަހެޅި 80 އިންސައްތަ މަސައްކަތް ކުރެވިފައިވާ ކަމުގައި ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ގުރައިދޫގައި ހުންނަ މަރުކަޒު ބެހެލެއްޓުމާއި ގުޅޭގޮތުން ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒައުފިޝަން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ މިނިވަން މުއައްސަސާތަކުން މަސައްކަތްތައް މޮނިޓަރު ކުރުމަކީ މަސައްކަތް އިތުރަށް ހަރުދަނާ ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. މީހުން ބަލަހައްޓަމުންދާ މަރުކަޒުތަކާއި ގުޅޭގޮތުން ތައްޔާރުކޮށް އާއްމުކުރާ ރިޕޯޓުތަކަށް ވަގުތުން ފިޔަވަޅު އަޅާކަން ފާހަގަކުރައްވާ ޒައުފިޝަން ވިދާޅުވީ 2021 ވަނަ އަހަރުގެ ތެރޭގައި އެޗްއާރްސީއެމުން ތައްޔާރުކުރި ރިޕޯޓުގައި ރަނގަޅުކުރަން ކުރި ކަންކަމުގެ ތެރެއިން 80 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ. މިހާރު ނުކުރެވި ހުރި މަސައްކަތަކީ ބަޖެޓްގެ ދަތިކަމާއި ގުޅިގެން ނުކުރެވި ހުރި މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޒައުފިޝަން ވިދާޅުވީ މިއަހަރުގެ ބަޖެޓް އެކުލަވާލަން ފޮނުވިއިރު އެފަދަ ކަންކަމަށް ރިޔާއަތްކޮށްފައިވާ ކަމަށާއި، 2021 ވަނަ އަހަރުގެ ތެރޭގައި ރަނގަޅުކުރަން އެންގި ކަންކަމަށްވުރެ މިއަހަރުގެ ތެރޭގައި ރަނގަޅުކުރަން އެންގި ކަންކަން މަދުވެފައިވާ ކަމަށެވެ.

2021 ވަނަ އަހަރުގެ ތެރޭގައި ރަނގަޅުކުރުމަށް އެންގި އެންގުންތަކާއި ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކުއަލިޓީ އެޝިއުރަންސް އެންޑް މެނޭޖްމަންޓް އޮފް ސްޓޭޓް ކެއަރ އިންސްޓިޓިއުޝަންސްގެ އައިޝަތު ނާޒް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި އެޗްއާރްސީއެމުން އެކަނި ވެސް 30 ކަމެއް ރަނގަޅު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިއަހަރުގެ މާޗް މަހު ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި ރަނގަޅު ކުރުމަށް ހުށަހަޅާފައިވަނީ 6 ކަމެއް ކަމަށް ނާޒް ވިދާޅުވިއެވެ. މިއީ މަސައްކަތްތަށް ރަނގަޅުކުރުމުގެ ނަތީޖާގެ ގޮތުގައި ނާޒް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނާޒް ވިދާޅުވީ 2022 ގެ ބަޖެޓް އެކުލަވާއިރު ނުކުރެވި ހުރި މަސައްކަތްތައް ކުރުމަށް އެބައި ހިމަނާފައިވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި އެމަސައްކަތްތައް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކ. ގުރައިދޫޖެންޑަރ މިނިސްޓްރީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

21 އަހަރުގެ ފިރިހެން ކުއްޖަކު ކިޑްނެޕް ކޮށް ކޮޓަރިއެއް ގައި ބަންދު ކުރި މައްސަލައެއް، ދޮޅުމަސް ވީއިރު ވެސް މައްސަލަ ނުބެލޭ!

18 ޑިސެމްބަރު 2025
21 އަހަރުގެ ފިރިހެން ކުއްޖަކު ކިޑްނެޕް ކޮށް ކޮޓަރިއެއް ގައި ބަންދު ކުރި މައްސަލައެއް، ދޮޅުމަސް ވީއިރު ވެސް މައްސަލަ ނުބެލޭ!
24 ނޮވެމްބަރު 2025

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''
28 ސެޕްޓެމްބަރު 2025

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ
18 މާރިޗު 2025

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި
05 ފެބުރުއަރީ 2025

ގުރައިދޫގެ ހޭންޑްބޯޅަ ކޯޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢެއް

05 ފެބުރުއަރީ 2025
ގުރައިދޫގެ ހޭންޑްބޯޅަ ކޯޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢެއް
18 ޑިސެމްބަރު 2024

ކ. ގުރަައިދޫ ގައި މަރުވި 4 މަހުގެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިއްޑިއާއަށް ފޮނުވައިފި

18 ޑިސެމްބަރު 2024
ކ. ގުރަައިދޫ ގައި މަރުވި 4 މަހުގެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިއްޑިއާއަށް ފޮނުވައިފި
27 އޮކްޓޯބަރު 2024

ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި

27 އޮކްޓޯބަރު 2024
ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި
25 އޮކްޓޯބަރު 2024

އިމިގްރޭޝަނުން ކ.ގުރައިދޫގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

25 އޮކްޓޯބަރު 2024
އިމިގްރޭޝަނުން ކ.ގުރައިދޫގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި
09 އޮކްޓޯބަރު 2024

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ
04 އޮކްޓޯބަރު 2024

ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

04 އޮކްޓޯބަރު 2024
ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް