Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުން

ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި

މި އޮޕަރޭޝަންގައި 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީން ޗެކްކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2024 | އާދީއްތަ 06:50
ގުރައިދޫއިން ހައްޔަރުކުރި ބިދޭސީންތައް

ގުރައިދޫއިން ހައްޔަރުކުރި ބިދޭސީންތައް | އިމިގްރޭޝަން

ކ.ގުރައިދޫގައި ހިންގި ޚާއްސަ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ގަވާއިދާ ހިލާފަށް ރާއްޖޭގެ އެކި އަތޮޅުތަކުގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް 24 އޮކްޓޫބަރު 2024 ވަނަ ދުވަހު ވަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

ގުރައިދޫގައި ކުރިއަށް ގެންދިޔަ ޚާއްސަ ރެއިޑު އޮޕަރޭޝަންގައި 39 ބިދޭސީން ހައްޔަރުކޮށްފައިވެއެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ 20 އޮފިސަރުން، ފުލުހުންގެ 09 އޮފިސަރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ގުރައިދޫ ކައުންސިލުން ވެސް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީން ޗެކްކޮށްފައިވާ ކަމަށެވެ. އަަދި ވިސާ ފުރިހަމަ ނޫން 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ލިޔުުން ދީ، 05 ދިވެހިން (ވަޒީފާ ދޭ ފަރާތް) ނަށް ލިޔުމުން ނަސޭހަތްދީފައިވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިޔަ 39 ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު، މީގެތެރޭގައި، ބަގްލަދޭޝް، ސްރީލަންކާ، ނޭޕާލް، އިންޑިއާ މީހުންގެ އިތުރުން ނައިޖީރިއާގެ މީހެއް ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ގުރައިދޫގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންއާ ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ މިއީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އޮޕަރޭޝަންތައް ފެށުމާއެކު އަތޮޅުތަކަށް ބައެއް ބިދޭސީން ދިއުމާއި އެކި ރަށްތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވެފައިވާކަމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. މި ޝަކުވާތަކާއި ގުޅިގެން އަތޮޅުތަކަށް މި އޮޕަރޭޝަން ފުޅާކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއީ ފެށުމެއް ކަމަށް ޝަމްއާން ވިދާޅުވިއެވެ.

މި އޮޕަރޭޝަންގެ މަގުސަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެމީހުންނަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އެއިދާރާއިން ބުނެއެވެ.

އިމިގްރޭޝަންބިދޭސީންކ. ގުރައިދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

23 ސެޕްޓެމްބަރު 2025
" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް "  : އިމިގްރޭޝަން

" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް " : އިމިގްރޭޝަން

07 އޯގަސްޓު 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު