Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކ.ގުރައިދޫ

ގުރައިދޫގެ ހޭންޑްބޯޅަ ކޯޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢެއް

5 ފެބުރުއަރީ 2025 | ބުދަ 06:33

އެ ރަށުގައި ހޭންޑުބޯޅަ ކޯޓުގެ މަސައްކަތް ކުރުމަށް އިއުލާނުކޮށް، ހުށަހަޅާ ބިޑުތައް އިވެލިއުއޭޓް ކުރުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމަށް އެރަށުގެ ކައުންސިލާ ހަވާލުކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ފެބުރުއަރީ 2025 | ބުދަ 06:33
ގުރައިދޫ ހޭންޑްބޯޅަ ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ގުރައިދޫ ހޭންޑްބޯޅަ ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މާލެ އަތޮޅު ގުރައިދޫގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ފަށާފައިވާ ހޭންޑްބޯޅަ ކޯޓު މި ސަރުކާރުން ރަސްމީކޮށް ހުޅުވައިފި އެވެ.

ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ގުރައިދޫގެ ހޭންޑްބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފަ އެވެ. އެކަމަށްޓަކައި ގުރައިދޫގައި ޚާއްސަ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވައިފަ އެވެ. އެކަން ހާމަކޮށް ކުޅިވަރު ވުޒާރާ އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ހުއްޓިފައިވާ ކުޅިވަރު މަޝްރޫޢުތައް ފުރިހަމަކުރުމުގެ ޕްރޮގްރާމުގެ ތެރެއިން، ގުރައިދޫ ހޭންޑުބޯޅަ ކޯޓުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ގުރައިދޫގެ ހޭންޑުބޯޅަ ކޯޓުގެ މަސައްކަތަކީ ރައީސް ޞާލިޙުގެ ސަރުކާރުގައި އޭރުގެ ކުޅިވަރު ވުޒާރާ އިން އެ ރަށު ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. އެގޮތުން އެ ރަށުގައި ހޭންޑުބޯޅަ ކޯޓުގެ މަސައްކަތް ކުރުމަށް އިއުލާނުކޮށް، ހުށަހަޅާ ބިޑުތައް އިވެލިއުއޭޓް ކުރުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމަށް އެރަށުގެ ކައުންސިލާ ހަވާލުކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެވެ. އެގޮތުން އެ މަސައްކަތަށް ވަނީ 1،502،440.78 (އެއް މިލިއަން، ފަސް ލައްކަ ދެ ހާސް، ހަތަރު ސަތޭކަ ސާޅީސް ރުފިޔާ، ހަތް ދިހަ އަށް ލާރި)ގެ ބަޖެޓެއް ހަމަޖައްސައިފަ އެވެ.

ކުރީގެ ސަރުކާރުން ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި ފަށާފައިވާ ކުޅިވަރުގެ އުމުރާނީ ވަސީލަތްތަތައް ޤާއިމު ކުރުމުގެ މަޝްރޫޢުތައް، މި ސަރުކާރުން އަންނަނީ ހުޅުވަމުންނެވެ. އެގޮތުން މި ސަރުކާރުން އެކަން ކުރިއަށް ގެންދަނީ، ހުއްޓިފައިވާ ކުޅިވަރު މަޝްރޫޢުތައް ފުރިހަމަ ކުރުމުގެ ޕްރޮގްރާމްގެ ދަށުންނެވެ. ނަމަވެސް ރައީސް ޞާލިޙުގެ ސަރުކާރު ނިމި، ރައީސް މުޢިއްޒުގެ ސަރުކާރު ފެށުނުއިރު އޭގެ ތެރެއިން ގިނަ މަޝްރޫޢުތަކަކީ ނުހުއްޓި ހިނގަ ހިނގާ ހުރި މަޝްރޫޢުތަކެވެ.

މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ރައީސް މުޢިއްޒު އަތޮޅު ތެރޭގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ، ކުރީ ސަރުކާރުގެ ބައެއް މަޝްރޫޢުތައް ހުޅުވައިދެއްވައިފަ އެވެ.

ކ. ގުރައިދޫ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2024

ކ. ގުރަައިދޫ ގައި މަރުވި 4 މަހުގެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިއްޑިއާއަށް ފޮނުވައިފި

18 ޑިސެމްބަރު 2024
ކ. ގުރަައިދޫ ގައި މަރުވި 4 މަހުގެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިއްޑިއާއަށް ފޮނުވައިފި
27 އޮކްޓޯބަރު 2024

ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި

27 އޮކްޓޯބަރު 2024
ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި
25 އޮކްޓޯބަރު 2024

އިމިގްރޭޝަނުން ކ.ގުރައިދޫގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

25 އޮކްޓޯބަރު 2024
އިމިގްރޭޝަނުން ކ.ގުރައިދޫގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި
08 ޖޫން 2024

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

08 ޖޫން 2024
ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
10 މެއި 2023

ވީއޭއާރު ބަލިކޮށް ސިކްސް އެކްސް އަށް މޮޅެއް

10 މެއި 2023
ވީއޭއާރު ބަލިކޮށް ސިކްސް އެކްސް އަށް މޮޅެއް
09 މެއި 2023

ޗެލެންޖާސް އާއި ކަންމަތި ސެމީ ފައިނަލަށް

09 މެއި 2023
ޗެލެންޖާސް އާއި ކަންމަތި ސެމީ ފައިނަލަށް
08 މެއި 2023

ޓިމެލޯ ބަލިކޮށް ގްރޫޕް ބީގެ އެއް ވަނަ އޯލް އެޓޭކަށް

08 މެއި 2023
ޓިމެލޯ ބަލިކޮށް ގްރޫޕް ބީގެ އެއް ވަނަ އޯލް އެޓޭކަށް
03 މާރިޗު 2023

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: އެމްޑީޕީ ޕްރައިމަރީއަށް 4 މީހަކު ކުރިމަތިލައިފި

03 މާރިޗު 2023
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: އެމްޑީޕީ ޕްރައިމަރީއަށް 4 މީހަކު ކުރިމަތިލައިފި
28 ފެބުރުއަރީ 2023

ގުރައިދޫ ދާއިރާގެ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

28 ފެބުރުއަރީ 2023
ގުރައިދޫ ދާއިރާގެ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
26 ފެބުރުއަރީ 2023

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެޕްރީލް 15 ގައި

26 ފެބުރުއަރީ 2023
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެޕްރީލް 15 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް