Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން މަަަސްރަހު

ލުހާންސްކްއަކީ ރަޝިއާގެ ބަޔަކަށް ހެދުމަށް ރިފެރެންޑަމް އަކަށް ހިނގައިދާނެކަމުގެ އިޝާރާތެއް

ލުހާންސްކައި މިހާރު އޮންނަ އަމިއްލަ ސަރުކާރަކީ ރަޝިއާ ސަރުކާރުން ވާގިވެރިވާ ސަރުކާރެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 27 މާރިޗު 2022 | އާދީއްތަ 13:57
ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ރަޝިއާއިން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭހައި ލުހާންސްކާއި ޑޮނެސްކްއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރަޝިއާއިން ވަނީ ހުށަހަޅާފައި

ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ރަޝިއާއިން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭހައި ލުހާންސްކާއި ޑޮނެސްކްއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރަޝިއާއިން ވަނީ ހުށަހަޅާފައި

ލުހާންސްކް އަކީ ރަޝިއާގެ ބަޔަކަށް ހެދުމަށް ރިފަރެންޑަމް އަކަށް ދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށް ލުހާންސްކްގައި އަމިއްލަ ސަރުކާރު ގާއިމުކޮށްގެން އުޅޭ "ލުހާންސްކް ޕީޕަލްސް ރިޕަބްލިކް"ގެ ލީޑަރު ލިއޮނިޑް ޕެސެޝްނިކް ބުނެފިއެވެ.

އާދިއްތަ ދުވަހު ލިއޮނިޑް މިހެން ވިދާޅުވެފައިވާއިރު، ލުހާންސްކްގައި މިހާރު އޮންނަ އަމިއްލަ ސަރުކާރަކީ ރަޝިއާ ސަރުކާރުން ވާގިވެރިވާ ސަރުކާރެކެވެ. އަދި ރަޝިއާ- ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ރަޝިއާއިން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭހައި ލުހާންސްކް އާއި ޑޮނެސްކް އަކީ މިނިވަން ދައުލަތުގެ ގޮތުގައި ބަލައިގަތުމަށް ރަޝިއާއިން ވަނީ ހުށަހަޅާފައެވެ.

މި ދެސަރަހައްދަކީ މިނިވަން ދައުލަތްތަކެއްކަމަށް ރަޝިއާއިން ބަލައިގެންފައި ވަނީ މިދިޔަ މަހުފެށި ހަގުރާމައިގެ 3 ދުވަސް ކުރިންނެވެ.

ލިއޮނިޑް ވަނީ ކުރިއަށް އޮތްތާގައި ރިފަރެންޑަމްއެއް ބޭއްވުމަކީ ވުން އެކަށީގެންވާ ކަމެއް ކަމަށާއި، މިފުރުސަތު ރައްޔިތުންނަށް ދެވިއްޖެ ނަމަ، ރައްޔިތުންނަށް ލިބިގެންވާ ގާނޫނީ ބާރު ބޭނުންކޮށް ރައްޔިތުން ބޭނުންވާ ގޮތަށް މިކަން ނިމޭނެ ކަމަށް ވިދާޅުވެފައެވެ.

ރަޝިއާއިން ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު މިލިޓަރީ އޮޕަރޭޝަންގެ ނަމުގައި ޔޫކްރެއިނަށް ހަމަލާދޭން ފަށާފައެވެ. މި ހަމަލާ ބަދުލުކުރުންތަކަށް މިހާރު މަސް ދުވަހަށްވުރެ ގިނަވެފައިވާއިރު، އެމެރިކާއާއި ހުޅަނގުގެ ގައުމުތަކާއި އެގައުމުތަކަށް ވާގިވެރިވާ ގައުމުތަކުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި ކުންފުނިތަކުން ވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް
15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު