Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫޓީއެފް ޕްރޮޖެކްޓު

ޔޫޓީއެފްގައި ތަރައްގީކުރާ ޑޮކްޔާޑުކަމަށް ބުނެ ދައުރުކުރަނީ ސައްހަ ކުރެހުންތަކެއް ނޫން

ޔޫޓީއެފް އެއްބަސްވުން ކަމަށް ބުނާ ލިޔުމެއްވެސް މީގެ ކުރިން އާންމުކޮށްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 27 މާރިޗު 2022 | އާދީއްތަ 08:53
މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ

މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ

އުތުރުތިލަފަޅުގައި ތަރައްގީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑްގެ ކުރެހުން ކަމަށް ބުނެ ދައުރުކުރަމުންދަނީ ސައްހަ ކުރެހުންތަކެއް ނޫން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އުތުރު ތިލަފަޅުގައި ތަރައްގީކުރާ އަސްކަރީ މަރުކަޒުގެ ފޮޓޯތަކެއް ލިބިފައިވާ ކަމަށްބުނެ ރާއްޖޭގެ އޮންލައިން ނޫހަކުން ވަނީ ފޮޓޯތަކެއް އާންމުކޮށްފައެވެ. މި ފޮޓޯތަކުން ބަނދަރެއްގެ ކުރެހުމެއް ފެންނައިރު، އެ ކުރެހުމުގައި އެއަރ ފީލްޑަކާއި، ކޯސްޓްގާޑް ހާބަރަކާއި، ޓާމިނަލްއެއްގެ އިރުރުން އަލްޓަރނޭޓިވް މެޑިސިން ސެންޓަރަކާއި، ވޯޓަރ ޕާކެޓެއްގެ އިތުރުން ޔޮޓް ކައިރިކުރުމަށް ޚާއްސަ ބަނދަރެއް ހިމެނެއެވެ.

Advertisement - newsAdvertisement

މި ފޮޓޯތަކާއި ގުޅިގެން ޑިފެންސް މިނިސްޓްރީން ބުނީ ބައެއް މީޑިއާތަކުގައި ދައުރުކުރާ ކުރެހުންތަކަކީ، މިހާރު ސޮއިކޮށްފައިވާ އެގްރީމަންޓްގެ ޕްރޮޖެކްޓްގެ ކުރެހުންތަކެއް ނޫން ކަމަށެވެ.

މި ކުރެހުންތައް އާންމުކޮށްފައިވާއިރު، އުތުރު ތިލަފަޅުގައި އިންޑިޔާ ސިފައިންނަށް ގާއިމުވެ ތިބެވޭ ގޮތަށް ހަދާފައިވާ އެއްބަސްވުމުގެ ކޮޕީއެއް ކަމަށް ބުނާ ލިޔުމެއްވެސް މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައި އާންމުކޮށްފައިވެއެވެ. އެ އެއްބަސްވުމުގެ ކޮޕީއެއް ކަމަށްބުނާ ލިޔުން ބައެއް މީޑިއާތަކުންނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ހާމަކުރައްވާފައެވެ.

އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ބަނގަރެއް ތަރައްގީކުރުމުގެ އެއްބަސްވުމުގެ ދަށުން އިންޑިޔާގެ ސިފައިންގެ އުޅަނދުފަހަރަށް އެ ތަނުގައި ގާއިމުކުރާ ވަސީލަތްތައް އެއްވެސް ހުރަހެއް ނެތި ބޭނުންކުރެވޭނެ ކަމަށާއި ދެ ދައުލަތުގެ އަސްކަރީ މީހުންނާއި، ކަނޑުގެ އަދި ވައިގެ އުޅަނދުތަކަށް އެތަން ބޭނުންކުރެވޭނެ ކަމަށާއި އެތަނުގައި ގާއިމުކުރާ މުވާސަލާތީ ނިޒާމުތައް ވެސް ދެ ގައުމަށް ބޭނުންކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން އެއެއްބަސްވުމުގެ މުއްދަތަކީ 30 އަހަރު ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ އެ ދޮގުލިޔުން ހިއްސާކޮށްފައެވެ.

ރާއްޖޭގެ ކޯސްޓް ގާޑުގެ ކެރިކުޅަދާނަކަން އިތުރުކުރުމަށްޓަކައި މާލެއަތޮޅު އުތުރު ތިލަފަޅުގައި އިންޑިޔާގެ އެހީގައި "ސިފަވަރު" ގެ ނަމުގައި ގާއިމްކުރާ ކޯސްޓްގާޑް ބަނދަރާއި ސާރވިސް ޑޮކްޔާޑުގައި ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެކަމުގެ ޔަގީންކަން ސިފައިން ވެސް ވަނީ ދީފައެވެ. ދިވެހި ސިފައިން ބުނެފައިވަނީ މި ބަނދަރުގައި ތިބޭނީ ދިވެހި ސިފައިންނާއި ދިވެހި މުވައްޒަފުން ކަމުގައެވެ. ބަނދަރަކީ ރާއްޖޭގެ ކޯސްޓްގާޑުގެ އުޅަނދުތައް ބަނދަރުކޮށް މަރާމާތުކުރުމަށް ހަދާ ތަނެއްކަމަށާއި ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ގާއިމުވެގެން ނުތިބޭނެކަން ވެސް ސިފައިން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ 2013 ވަނަ އަހަރުން ފެށިގެން ކުރެވުނު މަސައްކަތަށްފަހު، 2016 ވަނަ އަހަރުގެ އެޕްރީލް މަހު ކުރީގެ ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަނުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. 

މިނިސްޓްރީ އޮފް ޑިފެންސްޔޫ.ޓީ.އެފް ހާބާރ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްސާން ވެސް ވިދާޅުވީ "ކޮންފިޑެންޝިއަލް ކްލޯޒް" ގެ ސަބަބުން އެއްބަސްވުންތައް ހާމަ ނުކުރެވޭ ކަމަށް

ޣައްސާން ވެސް ވިދާޅުވީ "ކޮންފިޑެންޝިއަލް ކްލޯޒް" ގެ ސަބަބުން އެއްބަސްވުންތައް ހާމަ ނުކުރެވޭ ކަމަށް

06 މެއި 2025
މިދިޔަ ސަރުކާރުން އިންޑިޔާ އާއިއެކު ސަތޭކަ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނާ ވާހަކަ، ޣައްސާން ދޮގު ކުރައްވައިފި

މިދިޔަ ސަރުކާރުން އިންޑިޔާ އާއިއެކު ސަތޭކަ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނާ ވާހަކަ، ޣައްސާން ދޮގު ކުރައްވައިފި

06 މެއި 2025
ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް

ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް

11 މެއި 2024
މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ޚާއްޞަ ނިޒާމެއް

މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ޚާއްޞަ ނިޒާމެއް

04 އެޕްރީލު 2024
ސިޔާސީ މަޤުސަދު ހާސިލުކުރުމަށް ސިފައިންގެ އަގުވައްޓާލައި، ސިޔާސީ ނުފޫޒު ވެއްދުމަށް ދަނީ ޕްރޮޕެގެންޑާ ފަތުރަމުން: ޑިފެންސް

ސިޔާސީ މަޤުސަދު ހާސިލުކުރުމަށް ސިފައިންގެ އަގުވައްޓާލައި، ސިޔާސީ ނުފޫޒު ވެއްދުމަށް ދަނީ ޕްރޮޕެގެންޑާ ފަތުރަމުން: ޑިފެންސް

16 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު