Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ އެމެރިކާ ގުޅުން

ރައީސް ކަނޑައެޅުމަކީ ބައިޑަންއަށް ކުރެވޭނެކަމެއް ނޫން، އެއީ ރަޝިޔާ ރައްޔިތުންގެ ނިންމުމެއް: ރަޝިޔާ

ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ އެއީ ބައިޑަންއަށް ނިމެވޭނެ ނިންމެވުމެއް ނޫންކަމަށާއި ރަޝިޔާގެ ރައީސް ކަނޑައަޅާނީ ރަޝިޔާގެ ރައްޔިތުންކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 މާރިޗު 2022 | އާދީއްތަ 02:13
ބައިޑެން އަދި ޕުޓިން

ބައިޑެން އަދި ޕުޓިން

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންއަށް ވެރިކަމުގައި ނުހުންނެވޭނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ވިދާޅުވުމަށް ރަޝިޔާއިން ރައްދުދީފިއެވެ.

ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ އެއީ ބައިޑަންއަށް ނިންމެވޭނެ ނިންމެވުމެއް ނޫންކަމަށާއި ރަޝިޔާގެ ރައީސް ކަނޑައަޅާނީ ރަޝިޔާގެ ރައްޔިތުންކަމަށެވެ.

ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައަށް މަސް ދުވަސްވެފައިވާއިރު ޕޮލެންޑްގައި ހުންނަވާ ދެއްކެވި ވާހަކަފުޅުގައި ބައިޑަންވަނީ ޕުޓިންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. ބައިޑަންގެ ވާހަކަފުޅާއި ގުޅިގެން ވައިޓް ހައުސް އިން ބުނީ ބައިޑަން މާނަކުރައްވަނީ ރަޝިޔާގެ ސަރުކާރު ބަދަލުކުރަން ނޫންކަމަށާއި ނަމަވެސް ރަޝިޔާއިން ކަންކުރަމުން އަންނަގޮތަށް ދުނިޔެ ސަމާލުވުމަށްކަމަށެވެ.

ވައިޓް ހައުސްއިން ބައިޑަންގެ ވާހަކަ މާނަކުރިގޮތާއި ގުޅޭގޮތުން ޕެސްކޮވް އެއްޗެއް ވިދާޅެއްނުވެއެވެ.

ބައިޑަން ގެންދަވަނީ މިފަހުން ވަރަށް ބޮޑަށް ޕުޓިންއަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ޕުޓިން އަކީ ހަނގުރާމައިގެ މުޖުރިމެއްކަމަށާއި މީހުން މަރާ ޑިކްޓޭޓަރެއްކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ކްރެމްލިން އިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި ބައިޑަންގެ ސިކުނޑީގެ ހާލަތާއި ގުޅޭގޮތުން ރަޝިޔާއިން ވަނީ ސުވާލު އުފައްދާފައެވެ.

ރަޝިޔާއިން އަންނަނީ ބައިޑަންގެ ސިއްހީ ހާލުކޮޅާއި ގުޅުވައި ބައިޑަން ދައްކަވާ ވާހަކަފުޅުތަކަށް ރައްދުދެމުންނެވެ. އެގޮތުން ރަޝިޔާގެ ސްޕޭސް އެޖެންސީގެ ހެޑް ޑިމިޓްރީ ރޮގޯޒިން ވަނީ އެންމެފަހުން ބައިޑަން ދެއްކެވި ވާހަކަފުޅު މާނަކުރަންޖެހުނީ ވައިޓް ހައުސްގެ މެޑިކަލް ޔުނިޓުންކަމަށް ވިދާޅުވެ ސޯޝަލް މީޑިޔާގައި ބައިޑަންއަށް މަލާމާތްކުރައްވާފައެވެ.

ރަޝިއާއެމެރިކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު