Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާގެ ޚާރިޖީ ވަޒީރު

އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގަންނަވައިފި

ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 26 މާރިޗު 2022 | ހޮނިހިރު 15:28
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. އެސް ޖައިޝަންކަރަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަރުހަބާ ދެންނެވުން

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. އެސް ޖައިޝަންކަރަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަރުހަބާ ދެންނެވުން

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދައުވަތަކަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިރޭ ދިވެހިރާއްޖެ ވަޑައިގެންފިއެވެ.

އައްޑޫ ގަމުގެ އިންޓަނޭޝަނަލް އެއަރޕޯޓުން މިނިސްޓަރ ޖައިޝަންކަރަށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި، އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ އެކި ދާއިރާތަކުގެ މެމްބަރުންނާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއެކު މަޝްވަރާތައް ބާއްވަވައި، އިންޑިއާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާނެއެވެ. އަދި ދެގައުމުން އިސްކަންދޭ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާއި، ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ, ދެގައުމާ ގުޅުންހުރި އެކި ކަންކަމާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާނެއެވެ.

މަޝްވަރާތަކަށްފަހު، ދިވެހިރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ނެޓްވޯރކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯރކާ ދެމެދު ގާއިމްކުރެވޭ އެއްބަސްވުމުގައި ސޮއިކުރެވޭ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ދެ ވަޒީރުން މި ނެޓްވޯރކް ލޯންޗްކޮށްދެއްވާނެއެވެ.

މީގެ އިތުރުން ދެގައުމުގެ ވެކްސިނޭޝަން ސެޓްފިކެޓްތައް އަނެއް ގައުމުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމުގައިވެސް މި ދަތުރުފުޅުގައި ސޮއިކުރައްވާނެއެވެ.

އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި، އިންޑިއާގެ އެހީގައި އައްޑޫގައި ގާއިމްކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯރސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަންނަވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ހުޅުމީދޫގައި އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ އެހީގައި ގާއިމްކޮށްފައިވާ ރީހެބިލިޓޭޝަން ސެންޓަރާއި، ޓޫރިޒަމް ޒޯން ހުޅުވުމުގެ ރަސްމިއްޔާތުގައާއި، އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތާއި، އައްޑުގެ ބިން ހިއްކުމުގެ މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައިވެސް ޑރ ޖައިޝަންކަރު މާދަމާ ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ހަމައެއާއެކު އިންޑިއާގެ އެހީގައި ގާއިމްކޮށްފައިވާ އެކްސްޕޭންޑަޑް ކޯސްޓަލް ރޭޑަރ ސިސްޓަމްވެސް އިފްތިތާހުކޮށްދެއްވާނެއެވެ.

މިއީ ޑރ. ޖައިޝަންކަރު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރުގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ކުރައްވާ 3 ވަނަ ދަތުރުފުޅެވެ. އަދި އައްޑޫއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޑރ ޖައިޝަންކަރު އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ޚާރިޖީ ވުޒާރާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު