Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

މި ވެރިކަން ފެށުނީއްސުރެ ޚާރިޖީ ވަޒީރުގެ ގޮތުގައި ތިއްބެވި ބޭބޭފުޅުންނާއި ދައުލަތުގެ އެހެނިހެން ވަޒީރުންނާއި، ޚުދު ރައީސުލް ޖުމްހޫރިއްޔާވެސް ރާއްޖެއިން ބޭރަށް އެތައް ދަތުރުފުޅެއް ކުރައްވާ އެއްވެސް ޤައުމަކުން ހިލޭ އެހީއެއް، ބަޖެޓް ސަޕޯޓެއް ނުހޯއްދެވުނުކަން އެއީ އެމްޑީޕީގެ މައްސަލައެއްތޯއެވެ. ތިމާމެންގެ ނާގާބިލް ކަމުން ކަންކަން ނުކުރެވި، ތަރައްގީއަށް އެއް ކަމެއް ނުކުރެވި، 55 ބިލިއަންގެ ބަޖެޓެއް ހުސްވެ، ރައްޔިތުން މާޔޫސްވެ، ރައްޔިތުން ސަރުކާރުދެކެ ފޫހިވުން އެއީ އެމްޑީޕީ ދެކެ ޚަލީލް ކޯފާވާންޖެހޭ ސަބަބެއްތޯއެވެ؟

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2025 | ބުދަ 13:54
ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވާހަކަދައްކަވަނީ

ދިވެހި ޖުމްހޫރިއްޔާގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އެ މަގާމަށް ޤާބިލް ނޫންކަމާއި ކުފޫ ހަމަނުވާކަން، އެ މަގާމަށް އޭނާ އައްޔަންކުރެއްވި ފަހުން އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުންވެސް ދިވެހިންނަށް އެނގި ސާފުވެއްޖެއެވެ. އިންޑިޔާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވިއޯން ނޫހަށް އިނގިރޭސި ބަހުން ދެއްވި އިންޓަވިއު ވެގެން ދިޔައީ ދިވެހިންނަށް ޚާރިޖީ ވަޒީރު ވަކަރަށް ޖަހާލަން ލިބުނު ފުރުސަތަކަށެވެ. ޑިޕްލޮމަސީގެ ކަންފުޅެއްވެސް ޚާރިޖީ ވަޒީރުގެ ކިބައިގާ ނެތްކަމާއި، އިނގިރޭސި ބަހުން އިންޓަވިއުއެއް ދެއްވާ ދިވެހިން ތަމްސީލް ކުރަންވެސް ޚާރިޖީ ވަޒީރު ކަމުނުދާ ކަން ޚަލީލް ސާބިތުކޮށްދެއްވީ ކުޅަދާނަ ކަމާއެކުގައެވެ.

އެކަން އެހެން ވެފައި އޮއްވާ ސައުދީ އަރަބިއްޔާ އަށް ރަސްމީ ދަތުރުފުޅެއްގައި ފުރާ ވަޑައިގަންނަވަމުން، އޭނާ އަކީ އެތެރޭގެ ޕޮލިޓިކްސް އަށްވެސް ކަމުދާ ބޭފުޅެއް ނޫންކަން އަމިއްލަފުޅަށް ސާބިތުކޮށްދެއްވައިފިއެވެ. ސައުދީއަށް ފުރާ ވަޑައިގަންނަވަމުން އެއްވެސް ކަމަކާ ނުލާ، މާ ބޮޑު މާނައެއް ނެތި އެކްސްގައި ޕޯސްޓެއް ކުރައްވާ، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީއަށް ދުލަށް އައިހާ އެއްޗެއް ގޮވައިފިއެވެ. އެއާއެކު އޭގެ ރައްދު ރައްޔިތުން ދީފައިވާ ގޮތް ކެރިވަޑައިގަންނަވަންޏާ އެ ޕޯސްޓް ހުޅުވާލުމުން ފެނިވަޑައިގަންނަވާނެއެވެ.

އެމްޑީޕީއަކީ ޤައުމީ ބައެއް ނޫން ކަމަށާއި، ޤައުމުގެ ކުރިއެރުމަށް އެއްވެސް ކަމެއް ކުރި ބައެއް ނޫންކަމަށް ވިދާޅުވެ ބޭކާރު ވާހަކަތަކެއް ދައްކަވައިފިއެވެ. ފަހަރުގައި ވަޒީރުން މަގާމުން ވަކިކުރަމުން ދާތީ އެނބުރި ވަޑައިގަންނަވާއިރު މަގާމު ގެއްލިފައި އޮވެދާނެކަމުގެ ބިރަށް ރައީސް މުއިއްޒު ހިތްޕުޅު ހަމަޖައްސަން ކޮށްލެއްވި ކަމަކަށްވެސް ވެދާނެއެވެ. އެކަމަކު ކުރެއްވީ ބޭރު ޤައުމަކަށް ފުރާ ވަޑައިގަންނަވަމުން ރާއްޖޭގެ އެންމެ އިސް ޑިޕްލޮމެޓްގެ ހައިސިއްޔަތުން ކުރައްވަން ނުޖެހޭ، ތާކުން ތަކު ނުޖެހޭ ބޭކާރު ކަމެކެވެ.

ޚަލީލް އެގޮތަށް އެކްސްގައި ޕޯސްޓް ކުރެއްވިއިރު "އިންޑިއާ އައުޓް" މޭ މަތީގައި ޖައްސަވައިގެން މުޅި ޤައުމުގައި ދުވެ ހިތަށް އެރިހާ ވާހަކައެއް ދައްކަވަމުން، އޭރު އޮތް ސަރުކާރަށް ދުލަށް އައިހާ އެއްޗެއް ގޮވަމުން މިނިވަން ކަމާއެކު ރަށުތެރޭގައި އުޅުއްވީ ކޮން ބައެއްގެ ބުރަ މަސައްކަތުން ހޯދައިދިން ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމެއްގެ ތެރެއިން ތޯ އަމިއްލަފުޅު ނަފްސާ ސުވާލު ކޮށްލެއްވި ނަމަ ރަނގަޅުވީސް ނޫންތޯއެވެ. ރާއްޖޭގެ އެންމެ އަވައްޓެރި އެންމެ އެހީތެރި ގައުމާ މެދު ދިވެހިންގެ ހިތުގައި ނަފްރަތު އުފައްދަވަން ކުރެއްވި މަސައްކަތުންވެސް ޑިޕްލޮމެސީގެ ސިފަ އޭރުވެސް މަނިކުފާނުގެ ކިބައިގައި ނެތްކަން އޮތީ ހާމަވެފައެވެ. ޚަލީލް އެމްޑީޕީ އާ މެދު ނަފްރަތު އުފައްދަވަން ކަމަށް ހިތާ އޭތި މީތި ލިޔުއްވި އިރު، ޚަލީލަށާއި ޚަލީލުގެ އާއިލާގެ އެތައް ބަޔަކަށް ފްލެޓް ހޯއްދަވަން ފުރުސަތު ލިބުނީ ކޮން ބައެއްގެ ވިސްނުމުގެ ތެރެއިން އުފަންވި ސިޔާސަތަކުންކަން ހަނދުމަފުޅު ހުރިނަމަ ރަނގަޅު ނޫންތޯއެވެ. ދުލަށް އައިހާ ވާހަކައެއް ދައްކަވާ އަމިއްލަފުޅު އަގު ދުނިޔޭގެ ކުރިމަތީގައި ވައްޓަވާލެއްވި އިރު، ޕީއެންސީ ކިޔާ ޕާޓީއެއްގެ ތެރެއިން ވަޒީރުކަން ހޯއްދަވަން ފުރުސަތު ލިބުނީ ކޮން ބައެއްގެ މަސައްކަތުން ގެނައި މަލްޓި ޕާޓީ ޑިމޮކްރަސީއަކުން ކަން ހަނދުމަފުޅުގައި ހުރިނަމަ ރަނގަޅު ނޫންތޯއެވެ. ބޭރު ދުނިޔޭގައިވެސް އަދި އެތެރޭގައިވެސް ޚަލީލަކީ ކަމުނުދާ ޑިޕްލޮމެޓެއް ކަން އަމިއްލަފުޅަށް ސާބިތުކޮށްދެއްވަމުން ގެންދަވާއިރު އާއިލާ މީހުން ބޭސް ކުރަމުން ގެންދަނީ ކޮން ބަޔަކު ގެނައި އިޖްތިމާއި ރައްކާތެރިކަމުގެ ސިޔާސަތަކުން ކަން ދެނެވަޑައިގެން ހުންނެވިނަމަ ކިހާ ރަނގަޅުތޯއެވެ. އެތައް ބިލިއަން ރުފިޔާގެ ބަޖެޓެއް ހިތުހުރި ގޮތަކަށް ތިޔަ އުޅުއްވާ ސަރުކާރުން ހުސްކޮށްލި އިރު ރައްޔިތުނަނަށް އޭގެން ފައިދާ އެއް ނުވިއެއް ކަމަކު އެވަރުގެ ތަނަވަސް ކަމެއް ގައުމަށް ލިބުނީ ކޮންބަޔަކު ތައާރުފް ކުރި ޓެކްސް ނިޒާމަކުން ކަން އެނގިވަޑައިނުގަތުމަކީ މަނިކުފާނުގެ ކޮށިކަމެވެ.

މި ވެރިކަން ފެށުނީއްސުރެ ޚާރިޖީ ވަޒީރުގެ ގޮތުގައި ތިއްބެވި ބޭބޭފުޅުންނާއި ދައުލަތުގެ އެހެނިހެން ވަޒީރުންނާއި، ޚުދު ރައީސުލް ޖުމްހޫރިއްޔާވެސް ރާއްޖެއިން ބޭރަށް އެތައް ދަތުރުފުޅެއް ކުރައްވާ، އެއްކަލަ ނަފްރަތް އުފެއްދޭތޯ މަސައްކަތް ކުރެއްވި އިންޑިއާ ފިޔަވާ އެހެން އެއްވެސް ޤައުމަކުން ހިލޭ އެހީއެއް، ބަޖެޓް ސަޕޯޓެއް ނުހޯއްދެވުނުކަން އެއީ އެމްޑީޕީގެ މައްސަލައެއްތޯއެވެ. ތިމާމެންގެ ނާގާބިލް ކަމުން ކަންކަން ނުކުރެވި، ތަރައްގީއަށް އެއް ކަމެއް ނުކުރެވި، 55 ބިލިއަންގެ ބަޖެޓެއް ހުސްވެ، ރައްޔިތުން މާޔޫސްވެ، ރައްޔިތުން ސަރުކާރުދެކެ ފޫހިވުން އެއީ އެމްޑީޕީ ދެކެ ޚަލީލް ކޯފާވާންޖެހޭ ސަބަބެއްތޯއެވެ.

ގަބޫލްފުޅު ކުރައްވާށެވެ. ވެރިކަމުގައި ތިއްބެވީ ތިޔަ ބޭފުޅުންނެވެ. ވެރިކަމުގައި އޮތީ ޚަލީލް ނިސްބަތްވާ ޕާޓީއެވެ. ވެރިކަމުގައި ހުންނެވީ ތިޔަ ޕާޓީން ވަޑައިގެންނެވި ރައީސް އެކެވެ. ވީއިރު ދަރަނި ދައްކަވަން ޖެހޭނީވެސް، ޤައުމު ތަރައްޤީ ކޮށްދޭން ޖެހޭނީވެސް، ހިލޭ އެހީ ހޯއްދަވަން ޖެހޭނީވެސް ހަމަ ތިޔަބޭފުޅުނުންނަށެވެ. މުސާރަ ނަންގަވާ، އިއްޒަތް ތިޔަ ހޯއްދަވަނީ އެކަމުގެ ބަދަލެއްގެ ގޮތުގައެވެ. އެއީ ހިލޭ ކުރައްވާ މަސައްކަތެއް ނޫނެވެ. ރައްޔިތުންގެ ޚަރަދުގައި ދަތުރަކަށް ފަހު ދަތުރެއް އަގު ބޮޑު ކްލާސްތަކުން ކުރެއްވިޔަސް އެކަންކަން، ނާކާމިޔާބު ވުމުން އެކަމުގެ ރުޅި އެހެން މީހުންނަށް ބާލައިގެން ފަރު ޖައްސައެއް ނުލެއްވޭނެއެވެ.

ތިއީ ރާއްޖޭގެ އެންމެ އިސް ޑިޕްލޮމެޓް ކަން ދެއްވާފައި ހުންނެވި ފަރާތެވެ. ޑިޕްލޮމެޓުން އުޅޭހެން އުޅުއްވާށެވެ. ޑިޕްލޮމަސީގެ އާޖުފާޖު ދަސްކުރައްވާށެވެ. ހަވާލު ކުރެވިފައި އޮތް ޒިންމާ އެއްގޮތް ނުވިއްޔާ އަނެއް ގޮތަކުންވެސް އަދާ ކުރެއްވޭތޯ ބައްލަވާށެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލްޚާރިޖީ ވުޒާރާއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު