Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްބަސްވުމެއްގައި ސޮއިކުރުން

އިލްމު ފޯރުކޮށްދިނުމަށް ރާއްޖެޓީވީން އެމްއެންޔޫއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގެ މުއްދަތަކީ ދެއަހަރު ދުވަސް

އަމްނާ އިމާދު
އަމްނާ އިމާދު | 24 މާރިޗު 2022 | ބުރާސްފަތި 15:15
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އާ ރާއްޖެޓީވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ރާއްޖެޓީވީއާއި އެމްއެންޔޫ ގުޅިގެން, ދިރާސާތަކުގެ އަލީގައި މުޖުތަމައުއަށް ބޭނުންތެރި މައުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒްމީ ސައީދު އެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފެވެ.

އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ މައުލޫމާތުތަކުގެ އަސާސަކަށް ބަލާނީ ޔުނިވަރސިޓީން އިސްނަގައިގެން ނުވަތަ ޔުނިވަރސިޓީގެ މުވައްޒަފުން ބައިވެރިވާ ދިރާސާތަކެވެ. މީގެ ތެރޭގައި ޔުނިވަރސިޓީގެ ޖާރނަލްގައި ޝާއިއުކުރާ ދިރާސާތަކާއި އަދި ޔުނިވަރސިޓީން ގަވާއިދުން ހުށަހަޅާ އިލްމީ ފޯވަހި ޕްރޮގްރާމް ހިމެނޭނެއެވެ.

ދެ އަހަރު ދުވަހަށް ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވިދާޅުވީ, އެއްބަސްވުމުގެ ދަށުން ޔުނިވަރސިޓީން ކުރާ ދިރާސާ އާޓިކަލްތައް ޝާއިއުކުރާނީ ރާއްޖެޓީވީގެ ދަށުން ހިންގާ ރާއްޖެ.އެމްވީ ވެބްސައިޓުގައި ކަމަށެވެ. އެގޮތުން ރާއްޖެއެމްވީގައި ޔުނިވަރސިޓީގެ ދިރާސާ އާޓިކަލް ހަފްތާއަކު އެއްފަހަރު ޝާއިއުކުރެވޭނެ ކަމަށް އާމިރު ވިދާޅުވިއެވެ.

މީގެ އިތުރުން އާމިރު ވިދާޅުވީ ޔުނިވަރސިޓީން ދިރާސާގެ އަލީގައި ހުށަހަޅައިދޭ ޕްރޮގްރާމް ރެކޯޑްކޮށް ޓީވީ ޕްރޮގްރާމެއްގެ ގޮތުގައި މަހަކު 2 ފަހަރު ގެނެސްދެވޭނެ ކަމަށާއި، އިލްމީ ފޯވަހި ރެކޯޑްކޮށް ޓީވީ ޕްރޮގްރާމެއްގެ ގޮތުގައި މަހަކު އެއް ފަހަރު ރާއްޖެޓީވީން ގެނެސްދޭނެ ކަމަށެވެ.

އެމްއެންޔޫގެ ފަރާތުން ފޯރުކޮށްދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޕްރޮގްރާމްތަކުގެ ޕްރޮޑަކްޝަންއާ ގުޅުންހުރި އެންމެހާ ކަމެއް ކުރާނީ ރާއްޖެޓީވީގެ ފަރާތުންނެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އެމްއެންޔޫއިން ބުނީ, ތައުލީމީ ޕްރޮގްރާމްތަކެއް ރާއްޖެޓީވީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ލިބުނު ފުރުސަތަކީ ތައުލީމަށް ލިބޭ ކުރިއެރުމެއް ކަަމަށެވެ. މި ޕްރޮގްރާމްތަކުގެ ސަބަބުން ކިޔަވާ ދަރިވަރުންގެ އިތުރުން މުޖުތަމައުއަށް ރަނގަޅު އަސަރު ފޯރާނެ ކަމަށެވެ. އަދި މިއީ އިލްމު ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް ވެވުނު ވަރަށް މުހިންމު އެއްބަސްވުމެއްގެ ގޮތުގައި އެމްއެންޔޫއިން ފާހަގަކޮށްފައިވެއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ރާއްޖެޓީވީ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
15 ސެޕްޓެމްބަރު 2025

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި
06 ސެޕްޓެމްބަރު 2025

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!
15 މެއި 2025

ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

15 މެއި 2025
ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ
04 ފެބުރުއަރީ 2025

ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

04 ފެބުރުއަރީ 2025
ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ
01 ފެބުރުއަރީ 2025

ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

01 ފެބުރުއަރީ 2025
ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް
17 ޑިސެމްބަރު 2024

ރާއްޖެޓީވީ ހުއްޓުނަ ނުދިނުމަށްޓަކައި މަސައްކަތް ކުރަންޖެހޭ - އަސްލަމް

17 ޑިސެމްބަރު 2024
ރާއްޖެޓީވީ ހުއްޓުނަ ނުދިނުމަށްޓަކައި މަސައްކަތް ކުރަންޖެހޭ - އަސްލަމް
16 ޑިސެމްބަރު 2024

މަޝްހޫރު ނޫސްވެރިޔާ އަހުމަދު މުހުސިން ރާއްޖެޓީވީގެ ޓީމާ ގުޅިއްޖެ

16 ޑިސެމްބަރު 2024
މަޝްހޫރު ނޫސްވެރިޔާ އަހުމަދު މުހުސިން ރާއްޖެޓީވީގެ ޓީމާ ގުޅިއްޖެ
11 ޑިސެމްބަރު 2024

އެމްޑީޕީގެ ބޮޑު ޖަލްސާ، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

11 ޑިސެމްބަރު 2024
އެމްޑީޕީގެ ބޮޑު ޖަލްސާ، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް
11 ޑިސެމްބަރު 2024

ރާއްޖެ ޓީވީ އަށް ވަދެ ހަވަރަށް ދިނުމަށް ގޮވާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

11 ޑިސެމްބަރު 2024
ރާއްޖެ ޓީވީ އަށް ވަދެ ހަވަރަށް ދިނުމަށް ގޮވާލި މައްސަލަ ފުލުހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު