Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޙުމަދު މުޙުސިން

މަޝްހޫރު ނޫސްވެރިޔާ އަހުމަދު މުހުސިން ރާއްޖެޓީވީގެ ޓީމާ ގުޅިއްޖެ

ބެލުންތެރިންނަށް އެންމެ ފާހަގަކުރެވޭ އެއް މަސައްކަތަކީ މުހުސިން ލިޔާ "މަގޭ ރިޕޯޓް" ތައް

ނިއުސް ޓީމް
ނިއުސް ޓީމް | 16 ޑިސެމްބަރު 2024 | ހޯމަ 08:45
ނޫސްވެރިއާ އަހުމަދު މުޙުސިން އަދި ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒުމީ ސަޢީދު

ނޫސްވެރިއާ އަހުމަދު މުޙުސިން އަދި ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒުމީ ސަޢީދު

މަޝްހޫރު ނޫސްވެރިޔާ އަހުމަދު މުހުސިން ރާއްޖެޓީވީގެ ޓީމާ އަލުން ގުޅިއްޖެއެވެ.

މުހުސިންއަކީ މީގެ ކުރިންވެސް ރާއްޖެޓީވީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ.

Advertisement - newsAdvertisement

2002 ވަނަ އަހަރު މިއަދު ނޫހުން ނޫސްވެރިކަމުގެ ދާއިރާއަށް ތަޢާރަފްވި މުހުސިން މި ދާއިރާގައި މެދު ނުކެނޑި މަސައްކަތްކުރާތާ 22 އަހަރު ވެއްޖެއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ލިބިގެން އައި އިރު އޭނާ މަސައްކަތްކުރީ އައްޑުވަސް ނޫހުގެ ސީނިއަރ ރިޕޯޓަރެއްގެ ގޮތުގައެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ އިނާމާއި، މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ ރަންގަލަން މުހުސިނަށް ލިބިފައިވެއެވެ.

އޭނާ މީގެ ކުރިން ވެސް ފާހަގަކުރެވިފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައީސް އޮފީހުން ބާއްވާ އެކި އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސަރުކާރު ޖެހިލުންވާ ފަދަ ސުވާލުތައް ކުރާ ނޫސްވެރިއެއްގެ ގޮތުގައެވެ.

ރާއްޖެޓީވީގައި ކުރި މަސައްކަތްތަކުގެ ތެރެއިން ބެލުންތެރިންނަށް އެންމެ ފާހަގަކުރެވޭ އެއް މަސައްކަތަކީ މުހުސިން ލިޔާ "މަގޭ ރިޕޯޓް" ތަކެވެ. އާއްމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ މި ރިޕޯޓްތަށް މުހުސިން ހުށަހަޅައިދޭ ގޮތްވެސް ބެލުންތެރިންނަށް ވަރަށް ކަމުދެއެވެ.

މުހުސިންއަކީ ނޫސްވެރިކަމުގެ ދާއިރާގެ ގިނަ ހުނަރު ލިބިފައިވާ ނޫސްވެރިއެކެވެ. އެގޮތުން ޚަބަރު ލިޔުމާއި، އަޑު އެޅުމާއި، ޚަބަރު ކިޔުމާއި، ޕްރޮގްރާމް ހުށަހެޅުމަކީވެސް މުހުސިން ކުރާ މަސައްކަތްތަކެކެވެ. މީގެ އިތުރުން މި ދާއިރާއިން ކުދިން ބިނާކުރުމަށް ކިޔަވައިދިނުމަކީ ވެސް މުހުސިން ކުރާ މަސައްކަތެކެވެ.

މުހުސިން ފަދަ މި ދާއިރާގެ ތަޖުރިބާކާރު ނޫސްވެރިއެއް ރާއްޖެޓީވީއާއި ގުޅިގެން ދިއުމަކީ، ރާއްޖެޓީވީގެ ޓީމަށް ލިބުނު އިތުރު ހިތްވަރެކެވެ. މުހުސިންއަކީ ނޫސްވެރިކަމުގެ އިތުރުން ސަރުކާރަށްވެސް މީގެ ކުރިން ޚިދުމަތްކޮށްފައިވާ ފަރާތެކެވެ.

އަހުމަދު މުހުސިންރާއްޖެޓީވީ

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2025

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި
06 ސެޕްޓެމްބަރު 2025

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!
15 މެއި 2025

ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

15 މެއި 2025
ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ
04 ފެބުރުއަރީ 2025

ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

04 ފެބުރުއަރީ 2025
ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ
01 ފެބުރުއަރީ 2025

ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

01 ފެބުރުއަރީ 2025
ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު