Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ ޓީވީ

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

2025 އޭޕްރީލް ހަތް ވަނަ ދުވަހު ރާއްޖެ ޓީވީ އިން ބްރޮޑްކޮމް އަށް ފޮނުވި ސިޓީގައި ވަނީ، އެ މައްސަލަ އިތުރަށް ސާފު ކޮށްދިނުމަށް އެދިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2025 | ހޯމަ 08:37
ބްރޯޑްކޮމްގެ ބައްދަލުވުމެއްގެ ތެރެއިން

ބްރޯޑްކޮމްގެ ބައްދަލުވުމެއްގެ ތެރެއިން

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، މޯލްޑިވްސް ބްރޮޑްކާސްޓިމް ކޮމިޝަން (ބްރޮޑްކޮމް) އިން ދީފި އެވެ.

ބޮރޮޑްކޮމް އިން، ރާއްޖެ ޓީވީ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި ވަނީ އެ ކޮމިޝަން އިން ބަލަމުން އަންނަ މައްސަލަތައް އިތުރަށް ސާފުކޮށްދިނުމަށް އެދި ރާއްޖެ ޓީވީ އިން ޖަވާބުދާރީ ވެފައި ވަނިކޮށެވެ. ނަމަވެސް، އެ މައްސަލަ ތަކުގެ އެއްވެސް ކަމެއް ސާފުކޮށްނުދީ، ރާއްޖެ ޓީވީއާ ދެކޮޅަށް ބަލަމުން އައި މައްސަލަތައް ނިންމައި، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ވަނީ ދީފަ އެވެ.

Advertisement - newsAdvertisement

ކުޑަ ކުއްޖެއްގެ ކަރާމާތް ގެއްލޭ ފަދަ ކޮންޓެންޓެއް ބްރޮޑްކާސްޓު ކުރި ކަމަށް ބުނާ މައްސަލައިގައި ރާއްޖެ ޓީވީ އިން ވަނީ ޖަވާބުދާރީވެފަ އެވެ. އެގޮތުން 2025 އޭޕްރީލް 8 ވަނަ ދުވަހު ރާއްޖެ ޓީވީ އިން ބްރޮޑްކޮމް އަށް ފޮނުވި ސިޓީގައި ވަނީ، އެ މައްސަލަ އިތުރަށް ސާފު ކޮށްދިނުމަށް އެދިފަ އެވެ.

ރާއްޖެ ޓީވީ އިން އެދިފައި ވަނީ ބްރޮޑްކާސްޓު ކުރެވިފައިވާ ކޮންޓެންޓުން ގެއްލެނީ ކޮން ފަރާތެއްގެ ކަރާމަތެއްތޯ ސާފު ކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެ ކޮންޓެންޓުން ބަޔަކަށް ނިކަމެތި ކަމެއް ލިބެނީ ކޮން ގޮތަކުންކަން ސާފު ކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.

މީގެ އިތުރުން ބްރޮޑްކޮމްގެ ސިޓީގައި ބަޔާން ކުރެފައިވާ ބްރޮޑްކާސްޓު ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަތަރު ވަނަ ހަމައިގެ (5) އާއި، ބްރޮޑްކާސްޓުކުރުމުގައި ކުޑަ ކުދިން ހިމާޔަތް ކުރުމަށް އަމަލު ކުރަންވީ ގައިޑްލައިންގެ ތިން ވަނަ ހަމައިގެ (ށ) އާއި، ބްރޮޑްކާސްޓުކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމުގައި އަމަލު ކުރަންވީ ގައިޑްލައިންގެ (ނ) ގެ ދަށުން ކުޑަ ކުއްޖެއްގެ ކަރާމާތާއި ހައްގުތަކަށް އުނިކަމެއް އަންނާނެ ފަދަ ކަމެއް އެ ކޮންޓެންޓުގައި އޮތް ނަމަ، އެކަން ސާފު ކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ސަބަބަކީ އެ ކޮންޓެންޓުގައި ވާހަކަ ދެއްކި ފަރާތުގެ ވާހަކައިގައި ފާހަގަ ކުރަނީ ވަކި މީހެއްކަން ނުވަތަ އެއީ އަށާރަ އަހަރުން ދަށުގެ ކުޑަ ކުއްޖެކަން މުޅިން ސާފު ނުވާތީ އާއި، ވާހަކަ ދެއްކި ފަރާތުން ކުޑަ ކުއްޖެއްގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ބުނެފައިވާތީ އާއި، އެ ވާހަކައިގައި އެއްވެސް ފަރާތެއްގެ ނަން ބޭނުން ކޮށްފައި ނުވާތީ އެ ކޮންޓެންޓުގައި ބްރޮޑްކޮމް އިން ފާހަގަ ކޮށްފައިވާ ފަދަ މައްސަލައެއް ހުރިކަން ދެނެގަތުމަށް އުނދަގޫވާތީ ކަމަށް ރާއްޖެ ޓީވީ އިން ބުނެފައިވެ އެވެ.

އެހެންކަމުން ބްރޮޑްކޮމް އަށް ޖަވާބުދާރީ ވަމުން ރާއްޖެ ޓީވީ އިން އެދިފައި ވަނީ، ވާހަކަ ދެއްކި ފަރާތުން ދައްކާފައި ވަނީ ކާކުގެ ވާހަކައެއް ކަމާއި، އެއީ އަށާރަ އަހަރުން ދަށުގެ ކުއްޖެއް ނަމަ ކޮން ކުއްޖެއްކަން ރާއްޖެ ޓީވީ އަށް ސާފު ކޮށްދިނުމަށެވެ. އަދި މީހެއްގެ ނުވަތަ ތަނެއްގެ މައްޗަށް މައްސަލައެއް ތުހުމަތުކޮށް، އެ މައްސަލަ ބެލުމުގެ ކުރިން އެ މައްސަލަ ރައްދުވާ ފަރާތައް މައްސަލަ ސާފު ކޮށްދިނުމަކީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނު އަސާސީގެ ދަށުން ހެދިފައިވާ ވަޟައީ ޤާނޫނުތަކުން ވެސް މައްސަލަ ބަލާ ފަރާތުގެ މައްޗަށް ކުރުން ލާޒިމު ކޮށްފައިވާ ކަމަކަށް ވެފައި، އެކަން ސާފުވުމަކީ މައްސަލަ ރައްދުވާ ފަރާތައް ކަށަވަރު ކޮށްދީފައިވާ ހައްގަކަށްވާތީ ރާއްޖެ ޓީވީ އަށް އެކަން ސާފު ކޮށްދިނުމަށް ވަނީ އެދިފަ އެވެ.

އެހެން ނަމަވެސް، އާދީއްތަ ދުވަހު ބްރޮޑްކޮމް އިން ރާއްޖެ ޓީވީ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ރާއްޖެ ޓީވީ އިން ބްރޮޑްކާސްޓު ކުރުމުގެ އުސޫލާ ޚިޔާލުވެފައިވާ ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ބްރޮޑްކާސްޓު ކުރުމުގެ ހަމަތަކާއި، ޚިޔާލުފާ ގޮތަށް ތަރުކާރުކޮށް ކޮންޓެންޓް ބްރޮޑްކާސްޓު ކުރަމުން ދާ ނަމަ، ނުވަތަ އެ ފަދަ ކަމެއް ދެން ތަރުކާރު ކޮށްފި ނަމަ އެ މައްސަލައިގެ ޒާތާއި، ހައްސާސް ކަމަށް ބެލުމަށް ފަހު، ޤާނޫނާއި ޤާވާއިދުގެ އިމުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރާއްޖެ ޓީވީ އަށް ދިނުމަށް އެ މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.

ދެ ވަނަ މައްސަލައިގައި ބްރޮޑްކޮމް އަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި ރާއްޖެ ޓީވީ އިން 2025 މެއި 20 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައި ވަނީ، އެ ކޮމިޝަން އިން ހަވާލާދީފައިވާ ބްރޮޑްކާސްޓު ކުރުމުގެ ކޯޑު އޮފް ޕްރެކްޓިސްގެ ހަމަތަކާއި، ސިޓީގައި ބަޔާން ކުރާ ކޮންޓެންޓް ޓްރާންސްކްރިޕްޓްއާ ޚިޔާފުވާ ގޮތް ކޮމިޝަންގެ ސިޓީގައި ބަޔާން ކޮށްފައި ނުވާތީ، މައްސަލަ ރާއްޖެ ޓީވީ އަށް ސާފު ނުވާ ކަމަށެވެ.

އެހެންކަމުން މުޅި އެ މައްސަލަ ސާފު ކޮށްދިނުމަށް ފަހު، އެކަމަށް ޖަވާބުދާރީ ވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ރާއްޖެ ޓީވީ އިން ވަނީ އެދިފަ އެވެ. ނަަމަވެސް، އެ މައްސަލަ ވެސް ބަަލައި ނިންމައި، ބްރޮޑްކޮމް އިން ރާއްޖެ ޓީވީ އަށް އިންޒާރު ދީފައި ވަނީ ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ނުދީ އަދި މައްސަލަ ސާފުކޮށް ވެސް ނުދީ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންރާއްޖެޓީވީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި

މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި

02 ސެޕްޓެމްބަރު 2025
"ކާލާ ބައިސާ" ޕްރޮގްރާމްގައި ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި

"ކާލާ ބައިސާ" ޕްރޮގްރާމްގައި ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި

19 އޯގަސްޓު 2025
ގާނޫނުގެ ވެރިކަން ދަމަހައްޓަން ލާޒިމު ކޮށް، ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މީޑިއާ ރެގިއުލޭޓް ކުރާ ބިލު އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި

ގާނޫނުގެ ވެރިކަން ދަމަހައްޓަން ލާޒިމު ކޮށް، ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މީޑިއާ ރެގިއުލޭޓް ކުރާ ބިލު އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި

18 އޯގަސްޓު 2025
ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީ އެއްވުމުގައި ދެއްކި ވާހަކަތަކެއް އަނެއްކާވެސް ބޮރޯޑްކޮމް އިން ބަލަނީ

ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީ އެއްވުމުގައި ދެއްކި ވާހަކަތަކެއް އަނެއްކާވެސް ބޮރޯޑްކޮމް އިން ބަލަނީ

24 ޖޫން 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު