Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިރު ދެއްކުމުގެ މައްސަލަ

ރާއްޖެ ޓީވީ އަށް ވަދެ ހަވަރަށް ދިނުމަށް ގޮވާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

ފުލުހުންނަށް ހުށަހަޅަން ޖެހުނީ ރާއްޖެޓީވީއަށް މީގެ ކުރިންވެސް ސިޔާސީ މަގްސަދުގައި ބޮޑެތި ގެއްލުންތަކެއްދީ މުޅި ސްޓޭޝަންގައި އަލިފާން ރޯކޮށް އަންދާލުން ފަދަ ނުރައްކާތެރި ކަންކަން ކުރިމަތިވެފައި ވާތީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ޑިސެމްބަރު 2024 | ބުދަ 09:58
ރާއްޖެޓީވީ ހަވަރަށް ދިނުމަށް ގޮވާލާ ގްރޫޕުގައި ޒަރީހާ ލިޔުނު މެސެޖް

ރާއްޖެޓީވީ ހަވަރަށް ދިނުމަށް ގޮވާލާ ގްރޫޕުގައި ޒަރީހާ ލިޔުނު މެސެޖް

ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ މީޑިއާ ގްރޫޕެއްގައި ރާއްޖެޓީވީ ހަވަރަށް ދިނުމަށް ގޮވާލި މައްސަލަ ބަލައިދިނުމަށް އެދި ރާއްޖެޓީވީ އިން ފުލުހަށް ހުށަހަޅައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއުއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ 2024 ޑިސެންބަރު 10 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން އިންތިޒާމްކޮށްގެން މާލޭގައި ބޭއްވި ބޮޑު ޖަލްސާގެ ލައިވް ކަވަރޭޖް ރާއްޖެޓީވީން ގެނެސްދެމުންދާ ވަގުތު ރާއްޖެޓީވީގެ ސްޓޭޝަން ތެރެއަށް ވަދެގަތުމަށާއި، މުވައްޒަފުން ހަވަރަށް ދިނުމަށް ގޮވާލައި "ޕީއެންސީ – ސައިބަރ ޓްރޫޕްސް"ގެ ނަމުގައި ހިންގަމުންދާ ސޯޝަލް މީޑިއާ ގްރޫޕަކަށް ޑިސެންބަރު 10 ވަނަ ދުވަހުގެ އިރުއޮއްސި 7:36ގައި "ޒައްރަ" ކިޔާ އެކައުންޓަކުން ޕޯސްޓެއްކޮށް ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ މުވައްޒަފުންނަށް ގެއްލުން ދިނުމަށް ގޮވާލާފައިވާތީ މިކަމުގެ ހަގީގަތް ބައްލަވައިދެއްވުމަށާއި، މިހާރުވެސް ރާއްޖެޓީވީއަށް މިފަދަ ތްރެޓެއް އޮތްތޯ ތަހުގީގުކޮށްދެއްވުމަށެވެ.

އަދި މި މައްސަލަ ރާއްޖެޓީވީގެ ފަރާތުން ފުލުހުންނަށް ހުށަހަޅަން ޖެހުނީ ރާއްޖެޓީވީއަށް މީގެ ކުރިންވެސް ސިޔާސީ މަގްސަދުގައި ބޮޑެތި ގެއްލުންތަކެއްދީ މުޅި ސްޓޭޝަންގައި އަލިފާން ރޯކޮށް އަންދާލުން ފަދަ ނުރައްކާތެރި ކަންކަން ކުރިމަތިވެފައި ވާތީ އާއި މިގޮތަށް ދެކެވޭ ވާހަކަތަކަކީ ވަރަށް ސީރިއަސް ވާހަކަތަކެއް ކަމަށް ރާއްޖެޓީވީއަށް ގަބޫލުކުރެވޭތީ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދެއްވުމަށާއި، އަދި މައްސަލައިގެ ތަހުގީގު ނިމި، ރާއްޖެޓީވީއަށް މިފަދަ ތްރެޓެއް ނެތްކަން ފުލުހުންގެ ތަހުގީގަށް ކަށަވަރު ވަންދެން ރާއްޖެޓީވީއަށް ފުލުހުންގެ ސެކިއުރިޓީ ހަމަޖައްސަވައި ދެއްވުމަށްވެސް އެދިފައިވެއެވެ.

ޖަލްސާގެ ލައިވް ކަވަރޭޖް ރާއްޖެޓީވީން ގެނެސްދެމުންދާ ވަގުތު ރާއްޖެޓީވީގެ ސްޓޭޝަން ތެރެއަށް ވަދެގަތުމަށާއި، މުވައްޒަފުން ހަވަރަށް ދިނުމަށް ގޮވާލައި "ޕީއެންސީ – ސައިބަރ ޓްރޫޕްސް"ގެ ނަމުގައި ހިންގަމުންދާ ސޯޝަލް މީޑިއާ ގްރޫޕުގައި ލިޔެފައިވަނީ ޓެކްސްޓްގެ އިމޭޖެއް ސޯޝަލް މީޑިއާ ގައި ވަނީ އާންމު ވެފައެވެ.

"ޕީއެންސީ - ސައިބަރ ޓްރޫޕްސް" ގެ ނަމުގައި ހަދައިގެން ހިންގި ގްރޫއްޕަކީ، އިދިކޮޅު އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާއަށް ހުރަސް އެޅުމަށާއި، ޖަލްސާއާއި ދެކޮޅަށް ސޯޝަލް މީޑިއާގައި އެންޓި ކެމްޕޭން ހިންގުމަށް ރާވައިގެން އުފެއްދި ގްރޫއްޕެއް ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

ރާއްޖެޓީވީމޯލްޑިވްސް ޕޮލިސް ސަރވިސްޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު